ފަހުގެ ޚަބަރު


އިތުރަށް...

ރިޔާސީ އިންތިޚާބް 2013 - ލ. އަތޮޅުގެ ޚާއްޞަ ކަވަރޭޖް

ލިޔުނީ: Unknown - Saturday, November 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,





16:18: ލ. ގަމު އަލަށް އާބާދުވާ ސަރަޙައްދުގައި ބެހެއްޓިފައިވާ ވޯޓް ފޯށި ބަންދުކޮށްފި
ލ. ގަމު އަލަށް އާބާދުވާ ސަރަޙައްދުގެ ވޯޓް ފޮށްޓެއް ބަންދުކޮށްފަ - ފޮޓޯ: ސަންގޯރު

16:07
ނަމަވެސް މަގުނަތީގައި ތިބެގެން ކެމްޕެއިން ކުރާނަމަ އެކަމަށް ފިޔަވަޅު އަޅާނަން: މަނިކު
16:06
ވޯޓް ލުމަށް ފަހުވެސް ބޭރުގައި މަގުމަތީގައިވެސް މީހުން ތިބޭކަމުގެ ޝަކުވާލިބޭ، ނަމަވެސް ވޯޓްލާ ސަރަހައްދުގައި ވޯޓް ލުމަށްފަހު މަޑުކުރާ މީހުން އެތަނުން ނެރެން: މަނިކު
16:05
އައިޑީ ކާޑު ވަގަށް ނަގާ މައްސަލައިގެ ޝަކުވާލިބޭ، އެއީ ޖިނާއީ މައްސަލަޔަކަށް ވުމުން އިލެކްޝަނަށް ހުށައަޅުމުގެ އިތުރުން ފުލުހުންނަށް ހުށައެޅުން ރަނގަޅުވާނެ: މަނިކު
16:03
ލ ވޭވަށާއި މ ނާލާފުއްޓަށް ފޮނުވި ކަރުދާސް އޮޅިގެން އެކަން ރަނގަޅުކޮށް އެ ދެރަށުގައި ވޯޓްލާން ފެށިފައިވަނީ ތަންކޮޅެއް ފަހުން: މަނިކު
16:02
ވޯޓް ކަރުދާސް ޗާޕް ކުރެވިފައި މިވަނީ ސްޕްރީމް ކޯޓްގެ ގައިޑް ލައިނާއި އެއްގޮތަށް، ހުރިހާ ސެކިއުރިޓީ ފީޗާސްތަކެއް ހިމަނައިގެން: ފުޢާދު
15:59
ބޮޑެތި ޝަކުވާތަކަށް އެޑްރެސް ކުރެވި މަދަމާ ހެނދުނު 8:00 އާއި ހަމައަށް ވަގުތީ ނަތީޖަ އިއުލާން ކުރެވޭނެ: އުއާދު
15:58
ލަންޑަނު ފޮށި ފިޔަވާ ހުރިހާ ފޮއްޓެއްގެ ނަތީޖާ 11:00 ހާއި ހަމައަށް ލިބޭނެކަމަށް ލަފާކުރެވޭ: ފުއާދު
15:57
މިފަހަރުވެސް ވޯޓް ކަރުދާސް ދައްކާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ: ފުއާދު
15:56
2008 ގެ އިންތިހާބުގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްގައިވެސް ވޯޓް ލުމަށްފަހު ކަރުދާސް ދެއްކި މީހުންގެ މައްސަލަތައް ތަހުގީގުކުރެވި ކޯޓަށް ފޮނުވި އެމީހުންގެ މައްޗަށް ހުކުމްކުރެވި ބޮޑެތި އަދަދުތަކުންވަނީ ޖޫރިމަނާ ކުރެވިފައި: ފުއާދު
15:52
އެންޓި ކެމްޕެއިން ކުރި ކަމަށް ބެލެވޭ ބައެއް ޓީވީ ސްޓޭޝަންތަކަށާއި ބްރޯޑް ކާސްޓިންގ ކޮމިޝަނަށްވެސް ފުލުހުންނަށްވެސް ވަނީ އެކަން ހުއްޓުވާ ދިނުމަށް އެދިފައި: ފުއާދު
15:50
އެންޓި ކެމްޕެއިން ކުރުމަކީ އެއްވެސް އިރެއްގައި ހުއްދަކެމެއް ނޫން: ފުއާދު
15:50
އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިހުރި ވޯޓު ފޮށްޓަކަށް ވޯޓުލީ މީހަކު ވޯޓު ކަރުދާސް އެންމެނަށް ފެންނަގޮތަށް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި: ޕޮލިސް
15:49
ކަރުދާސް ދައްކާފަ ލާ ވޯޓް ބާތިލެއް ނުވާނެ، އެހެން ކަމަވެސް އެ ފަދަ ކަމެއް ކުރާ މީހަކު ކުށްވެރިވާނެ، އެކަމާއި ގުޅިގެން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ: ދައުލަތުންވެސް އަދި ޕީޖީންވެސް ފިޔަވަޅު އަޅާނެކަމަށް ބެލެވޭ: މަނިކު
15:47
އަންދާޒާ ކުރެވޭ ގޮތުގައި ކުރީ ދެ ފަހަރު ވޯޓްލީ މީހުންނަށްވުރެ މިފަހަރު ވޯޓްލީ މީހުންގެ ނިސްބަތް މަދު ނުވާނެކަމަށް ލަފާކުރެވޭ: ފުޢާދު
15:46
ގުނަން ފެށުމުގެ ކުރިން ވޯޓް ކަރުދާހެއް އޮތް ތޯ ލބަލާނެ، ސެކިއުރިޓީ ފީޗާސް ނެތް ކަރުދާހެއްނަމަ އެ ކަރުދާހެއް ބާތިލްވާނެ، ފުއާދު
15:45
ސެޕްޓެމްބަރު 7 ގައިވެސް އަދި ނޮވެމްބަރު 9 ގައި ވެސް އިލެކްޝަންގެ ކަރުދާސް ނޫން ކަރުދާހެއް ގައި ވޯޓް ލާފައެއް ނުވޭ: މަނިކު
15:44
އެންމެންގެ ކުރިމަތީގައި ވޯޓްލާއިއިރު އަމިއްލައަށް ގެންދާ ކަރުދާހެއް ފޮއްޓަށް ލުމުގެ ފުރުސަތެއް ނޯންނާނެ، ވޯޓް ގުނުމުގެ ކުރިންވެސް ބަލަން ސައްހަނޫން ކަރުދާސްކޮޅެއް އޮތް ތޯ: މަނިކު
15:43
މިފަހަރު ބްލެކް އެންޑް ވައިޓްކޮށް ވޯޓް ކަރުދާސް ޗާޕް ކުރި ނަމަވެސް ސެކިއުރިޓީ ފީޗާސްތައް ވަރުދަގަވާނެ، 9 ގައި ބޭއްވި އިންތިހާބުގައި ޗާޕް ކުރި ގޮތަށް ކުލަކޮށް ޗާޕް ނުކުރެވުނީ ވަގުތު ނެތުމުން: މަނިކު
15:40
އިނގިލީގެ ނިޝާން ފިހެވޭ ކަމުގެ ލިބިފައިވަނީ 3 ޝަކުވާ: މަނިކު
15:39
ރެއާއި މިއަދު އެންޓި ކެމްޕެއިން ކުރި ކަމުގެ 19 ޝަކުވާ ލިބިފައިވޭ، އިލެކްޝަންސް އޮފިޝަލުންނާއި ގުޅޭ ދެ ޝަކުވާއެއް ލިބިފައިވޭ. މަނިކު
15:38
އެންމެ ގިނައިން ލިބިފައިވަނީ ރެޖިސްޓްރީޢާއި ގުޅޭ މައްސަލަތައް، މަނިކު
15:38
އެންމެ އަވަސް ވެގެން ވެސް ވޯޓް ގުނަން ފެށޭނީ 4:30 ގައި:ފުއާދު
15:37
4:00 އަށް ގިނަ އަދަދެއްގެ ފޮށިތައް ބަންދުކުރެވޭނެ، ރިސޯޓްތަކާއި ސިނާއީ ރަށްތަކުގައި ވޯޓް ލުން މިހާރުވަނީ ނިމުމަކަށް އައިސްފައި، ނަމަވެސް 4:00 އާއި ހަމައަށް ފޮށިތައް ބަންދު ނުކުރާނެ: ފުއާދު
15:35
ބައެއް ފަރާތްތަކުން ލަފާދިން ކުލަ ފުޅި ތެރެއަށް އިނގިލި އެއްކޮށްލުމަށް، ނަމަވެސް އެއީ ކުރަން ޖެހިގެން ކުރި ނަމަވެސް ސިއްހީ ގޮތުން ރަނގަޅުކަމެއް ނޫން: ފުއާދު
15:34
ބައެއް ފަރާތްތަކުން އިނގިލީގެ ނިޝާން ފުހޭލާކަމަށް ޝަކުވާލިބޭ، އެހެން ނަމަވެސް ބޭނުންކުރަނީ ކުރިއަށްވުރެ ކޮލެޓީ ރަނގަޅު ބާރުގަދަ ކުލައެއް: ފުއާދު
15:33
މިފަހަރު ބޭނުންކުރާ ވޯޓް ކަރުދާސް ކޮޅުގެ ހުރިހާ ކަރުދާހުގެ ސައިޒް އެއްވަރުވާނެ، ކުރީ ދެ ފަހަރު ބޭނުންކުރި ސައިޒަށް ކަރުދާސް ނުބެހެއްޓީވެސް ސަލާމަތީ ސަބަބަށް ޓަކާ، އަދި ކުރިން ދެފަހަރު ކެންޑިޑޭޓުންގެ އަދަދު ގިނަ ވުމުންވެސް ކުރީގެ ކަރުދާސްތައް ބޮޑެތިވާނެ: ފުއާދު
15:32
ވޯޓް ކަރުދާހުގެ ސެކިއުރިޓީ ފީޗާސް ކުރިއަށް ވުރެ ރަނގަޅުވާނެ، ސެކިއުރިޓީ ފީޗާސް ހާމަ ނުކުރަނީ ސަލާމަތީ ސަބަބުތަކަށް ކަޓާ: ފުއާދު
15:31
ކޮންމެ ފަހަރަކުވެސް ވޯޓް ކަރުދަސް ޗާޕްކުރަނީ 80 ގްރާމްގެ ކަރުދާހުގައި، މިފަހަރުވެސް ކަރުދާސް ޗާޕްކޮށްފައިވަނީ 80 ގްރާމްގެ ކަރުދާހުގައި
15:30
ވޯޓް ކަރުދާސް ޗާޕްކޮށްފައިވާ ކަރުދާހުގެ ފެންވަރު ދައްކަމަށް ދައްކަމުންދާ ވާހަކަޔަކީ ރަނގަޅު ވާހަކައެއްނޫން: ފުއާދު
15:08
ހއ. އިހަވަންދޫ 2 ނަމްބަރު ވޯޓު ފޮށްޓަށް ވޯޓުލީ މީހަކު ވޯޓު ކަރުދާސް އެންމެނަށް ފެންނަގޮތަށް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފި: ޕޮލިސް
15:07
ކ. މާފުށީގެ ވޯޓުލާ މަރުކަޒެއްތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މީހަކާއި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
15:06
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ތ ތިމަރަފުށީގައި ވޯޓު ކަރުދާސް ދެއްކި އިތުރު މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި: ޕޮލިސް
14:31
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި. މިކަން ހިނގާފައިވަނީ ތ. ތިމަރަފުށީގައި 14:00 ހާއިރު: ޕޮލިސް
14:21
އިނގިރޭސި ވިލާތުގައި ވޯޓްލުން ފެށިގެން ކުރިއަށް އެބަދޭ.
13:39
އިންތިހާބުވާ ރައީސްއަކާއި ނައިބު ރައީސްއަކު ހުވާ ކުރުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައި، އެކަން މެމްބަރުންނަށް އަންގައިފި.
13:33
އައިޑީ ކާޑު ތަކެއް ވަގައް ނަގާފައިވާ މައްސަލައެއްގެ ތުމަތުގައި ގދ. ތިނަދޫއިން 3 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
13:29
ދަރިފުޅުގެ އައިޑީކާޑު ފޮރުވި މައްސަލައެއްގައި ލ. ގަމުން 60 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަން ގެނެސްފި: ޕޮލިސް
13:09
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހަކު އައްޑޫ ސިޓީ މީދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
13:04
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހަކު އިރުފުށި އައިލެންޑް ރިސޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
12:50
ރައީސް މައުމޫނުވެސް ވޯޓް ލައްވައިފި. އެމަނިކުފާނު ވޯޓް ލައްވާފައިވަނީ ސީއެޗްއެސްސީގައި ބެހެއްޓިފައިވާ މައްޗަންގޯޅި އުތުރު އެއްނަންބަރު ވޯޓް ފޮއްޓަށް.
12:47
ބައެއް ކިއު ތަކުގައި މީހުން ވަރަށް ގިނައިން ތިބި އިރު، ބައެއް ވޯޓްފޮށިތައް ކައިރީގައި ވޯޓްލާން ގޮސް ތިބީ ވަރަށް މަދު އަދަދެއްގެ ބަޔަކު.
12:39
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި މީހަކު އައްޑޫ ސިޓީ މަރަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
12:27
ޑިމޮކްރަސީގެ އެންމެ އަސާސީ އެއްކަމަކީ ވޯޓްލުންމުގެ ހައްގު ކަމަށާއި، ހުރިހާ ފަރާތްތަކަކުންވެސް ވޯޓް ލުމަށް ނިކުތުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް ތޮލާލް ވިދާޅުވި.
12:22
މިހާތަނަށް ވޯޓްލުން ގޮސްފައިވަނީ އިންސާފުވެރިކަމާއި، ހަމަހަމަ ކަމާއި އެކު ރަނގަޅަށް ކަމަށްވެސް ތޮލާލް ވިދާޅުވި.
12:20
ތޮލާލް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ގަބޫލު ކޮށް ގައުމުގެ ކަންކަމައިގެން ވީހާވެސް އަވަހަކަށް ކުރިއަށް ދިއުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލާ ކަމަށް. އަދި އެއީ މިވަގުތު ގައުމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ވަރަށް މުހިންމު މަރުހަކާއެއް ކަމަށްވެސް ތޮލާލް ވިދާޅުވި.
12:18
އެޗްއާރުސީއެމް އިން ފުލް ކެޕޭސިޓީގައި އިންތިހާބުގެ ކަންކަން ބަލަމުން އަންނަ ކަމަށާއި، އިންތިހާބު މޮނީޓާ ކުރަމުން އަންނަ ކަމަށްވެސް ތޮލާލް ވިދާޅުވި.
12:14
ތޮލާލް ވިދާޅުވީ އައިޑީކާޑު ވިއްކުމުގެ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް. އަދި ހުރިހާ ފަރާތްތަކަކުންވެސް އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ދާއިރު އެއީ ރައްޔިތުންގެ ހައްގެއް ކަމަށް ދެކިގެން ކުރިއަށް ދިއުމަށް ގޮވާލާ ކަމަށްވެސް ތޮލާލު ވިދާޅުވި.
12:12
ވޯޓްގެ ސިއްރުކަން ދެމެހެއްޓުމަށްޓަކައި ވޯޓް ކަރުދާސް ދެއްކުމުގެ މައްސަކަ ގިނަ ކަމަށާއި، އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް އެޗްއާރުސީއެމް އިން ގޮވާލައިފި. އެޗްއާރުސީއެމްގެ މެމްބަރު ތޮލާލު ޓީވީއެމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެފަދަ ކަންކަމުން އިތުރު ނުފޫޒުތައް އައުމުގެ ފުރުސަތު ހުޅުވޭ ކަމަށާއި، ވޯޓްގެ ސިއްރުކަން ދެމެހެއްޓުން މުހިންމު ކަމަށް.
12:04
އައިޑީކާޑު ވިއްކުމުގެ މައްސަލަ ތަކެއްގެ ރިޕޯޓް ރެއާއި މިއަދުވެސް ލިބެމުން އަންނަ ކަމަށާއި، އެކަން ފުލުހުންނާއި އީސީއާ ހިއްސާކުރަމުން މިދަނީ. އެފަދަ ކަންތައްތަކުގައި ބައިވެރި ނުވުމަށް ގޮވާލަން: ޓްރާންސްޕޭރެންސީ
11:58
ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން މިހާތަނަށް 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މިމީހުންގެ ތެރޭގައި ހިމެނެނީ 2 އަންހެނަކާއި 26 ފިރިހެނުން: ޕޮލިސް
11:54
ވޯޓް ކަރުދާސް ދައްކާ ކަމުގެ ރިޕޯޓްތައް ލިބެމުން އާދޭ. އެއީ ވޯޓްލާ މަރުކަޒުތަކުގެ އިންތިޒާމްގެ މައްސަލައެއް ނޫން: ޓްރާންސްޕޭރެންސީ
11:53
މާރާމާރީއެއް ފަދަ އެއްވެސް ހަމަނުޖެހުމެއް މިހާތަނަށް ރިޕޯޓް ކުރެވިފައެއް ނުވޭ. ވޯޓްލާ މީހުންގެ ފާހަގަ ޖަހާ ކުލަ ފިލާ ކަމުގެ ށަކުވާތައް ލިބެމުންދޭ: ޓްރާންސްޕޭރެންސީ
11:51
7.7 އިންސައްތަ ވޯޓް ފޮށި ކައިރީގައި ކެންޑިޑޭޓުންގެ މަންދޫބުން ތިބި. 95.9 އިންސައްތަ ވޯޓްފޮށި ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން އާދޭ: ޓްރާންސްޕޭރެންސީ
11:49
ހެނދުނު 8:00 އާއި ހަމައަށް ހުރިހާ ވޯޓް ފޮއްޓެއް ހުޅުވުނު ކަމަށާއި އަދި ވޯޓްލާން ފަށަން ހަމަޖެހިފައިވާ ގަޑީގެ 10 މިނެޓްގެ ތެރޭގައި 98 އިންސައްތަ ވޯޓްފޮށި ހުޅުވިފައިވޭ: ޓްރާންސްޕޭރެންސީ
11:48
އިންތިހާބު ފެށިގެން ގޮސްފައިވަނީ ވަރަށް ރަނގަޅަށް އަމާންކަމާއި ސުލްހަވެރި ކަމާއި އެކުގައި ކަމަށާއި ހުރިޙާ ވޯޓް ފޮއްޓެއްގައިވެސް ވޯޓްގެ ސިއްރުކަން ކަށަވަރު ވާފަދަ ސަލާމަތީ ފިޔަވަޅުތަކެއް އެޅިފައިވޭ: ޓްރާންސްޕޭރެންސީ
11:43
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ޕްރެސް ކޮންފަރެންސެއް ފެށިއްޖެ.
11:41
ތ. ކިނބިދޫގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓް ކަރުދާސް ދެއްކި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
11:41
04 މީހެއްގެ އައިޑީ ކާޑު ވަގަށް ނެގި ކަމުގެތުހުމަތުގައި 18 އަހަރުގެ ޒުވާނަކު އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި. އޭނާގެ އަތުން 4 އައިޑީ ކާޑުވަނީ ފެނިފައި: ޕޮލިސް
11:33
ވޯޓްކަރުދާހުގެ ސެކިއުރިޓީ ފީޗާސް ދަށް ވުމާއެކު އީސީގެ ސަމާލުކަމަށް އެކަން ގެނެސް އޮބްޒާވަރުންނާއި ރައްޔިތުން އެކަމަށް ސަމާލުވުމަށް ޕީޕީއެމުން އިލްތިމާސްކޮށްފި.
11:32
ވޯޓްކަރުދާހުގެ ސެކިއުރިޓީ ފެންވަރު ދަށް ކަމަށް ބުނެ ޕީޕިއެމުން ކަން ބޮޑުވުން ފާޅުކޮށްފި.
11:04
ތ. ތިމަރަފުށީގައި ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
11:02
ރައީސް ނަޝީދު ވޯޓް ލައްވައިފި. ވޯޓް ލެއްވުމަށް ފަހު އެސަރަހައްދުން ވަޑައިގެންނެވީ މީޑިއާއަށް އެއްވެސް ވާހަކަފުޅެއް ނުދައްކަވާ.
10:59
އދ. ހޮލިޑޭ އައިލެންޑް ރިސޯޓުގައި ވޯޓްލުން މެދު ކެނޑިފައި އޮތުމަށްފަހު އަލުން ވޯޓްލާން ފަށައިފި. އެރަށުން މައުލޫމާތުދިން މީހަކު ބުނީ ވޯޓްލުން 30 މިނެޓަށް މެދުކެނޑުނީ ކިއުގައި ދިމާވި މައްސަލަތަކަކާއި ގުޅިގެން ކަމަށް.
10:51
ފ. ފީއަލީގައި ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓް ކަރުދާސް ދެއްކި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
10:25
ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާގުޅިގެން ޏ. ފުވައްމުލަކުން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
10:10
ރިޔާސީ އިންތިހާބު ކާމިޔަބުކުރައްވާ ކެންޑިޑޭޓަކަށް ރައީސް ކަމުގެ ހުވާ ކުރެއްވޭނީ މާދަމާކަން ހަމަވެއްޖެ. އާ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެވޭނީ މާދަމާކަން ހާމަވީ މިހާރު ކުރިއަށްދާ އިންތިހާބުގެ ދާއިމީ ނަތީޖާ މިރޭ އިއުލާނުނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައިސް ފުއާދު ތައުފީގު ވިދާޅުވުމާ ގުޅިގެން.
09:57
ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާގުޅިގެން ރ. މީދުނއިން 29 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
09:57
ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާގުޅިގެން ލ. މުކުރިމަގުން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
09:56
ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ޔާމީން މިހެން ވިދާޅުވީ ވޯޓް ވޯޓް ލެއްވުމަށްފަހު މީޑިއާއާއި ވާހަކަފުޅު ދައްކަވަމުންނެވެ
09:47
ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާގުޅިގެން ފ. ފީއަލިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
09:45
ލ. އިސްދޫގައި ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ވޯޓުލުން މެދުކެނޑުމަށްފަހު މިހާރު ވޯޓުލުން ފެށިގެން ކުރައަށްދަނީ. އަދިވެސް ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ނުކުރެވޭ ކަމަށް މަޢުލޫމާތު ލިބޭ: ޕޮލިސް
09:39
ލ. އިސްދޫގައި ސިސްޓަމްގެ މައްސަލައެއް ދިމާވުމާގުޅިގެން ވޯޓުލުންވަނީ މެދުކެނޑިފައި: ޕޮލިސް
09:38
ވޯޓުލުމަށްފަހު ވޯޓު ކަރުދާސް ދެއްކުމާގުޅިގެން ތ. ތިމަރަފުށިން 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި: ޕޮލިސް
09:38
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންތިބީ ކޮންމެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިނަމަވެސް އަންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒުކޮށް އެ ސަރުކާރަކާއި އެކު ކުރިއަށް ދިއުމަށް ކަމުގައެވެ.
09:35
ޓީވީ އެމްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ ވޯޓްލުމުގެ ކަންކަން އަމާންކަމާއިއެކު ކުރިއަށް ގެންދިއުން ނޫން ނިޔަތެއް ފުލުހުންގެ ނެތްކަމަށާއި އިންތިހަބުވާ ރަޢީސް އަދި ހުވާ ކުރަންދެން ފުލުހުންގެ އޮޕަރޭޝަން ކުރިއަށް ގެންދާނެކަމުގައެވެ. އަދި އިންތިހާބުގައި ބަލިވާ ފަރާތްތައްވެސް ނުވަތަ އިންތިހާބު ކާމިޔާ ބުކުރާ ފަރާތްތަކުންވެސް އުފާފާޅު ކުރުމުގެ ތެރެއިން ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އިލްތިމާސް ކުރައްވާކަމަށް ސީޕީ ވިދާޅުވި.
09:03
ވޯޓުލިޔަ ނުދިނުމަށްޓަކައި ބައްޕަގެ އަޑީކާޑު ފޮރުވިކަމުގެ ތުހުމަތުގައި ގދ. ތިނަދޫން މީހަކު ހައްޔަރުކޮށްފި
09:02
އައްޑޫ ސިޓީ ހިތަދޫ މެދުވަލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް ވޯޓުލީ މީހަކު ވޯޓް ކަރުދާސް ދެއްކުމާގުޅިގެން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފި
09:00
ޓީވީއެމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ވޯތުލުން ނިމި މިރޭ 12 ޖެހުމުގެ ކުރިން ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް. އަދި ރަސްމީ ނަތީޖާ އިއުލާނު ކުރެވޭނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށް ފުއާދު ވިދާޅުވި.
08:45
ވާތު ކަށިއިނގިލީގައި އެއްކޮށް ފާހަގަ ޖެހުމަށް ނިންމުމަށް ފަހު ފުލިދޫގައި ވޯޓްލުން ފަށައިގެން ކުރިއަށްދަނީ.
08:45

ވިލިމާލޭގައި ވޯޓްލުން ކުރިއަށްދަނީ: ގިނަ ބަޔަކު ދަނީކުޔު ހަދަމުން-- ސީއެންއެމް ފޮޓޯ: ފަރާޒް
08:40
ފުލިދޫގައި ވޯޓްލުން ހުއްޓާލީ އިނގިލީގައި ޖަހާ ދެލި އުފެވޭތީ ކަމަށް ބުނޭ.
08:39
ވ. ފުލިދޫގައި ވޯޓްލުން ހުއްޓާލައިފި.
08:38
ދިއްފުށިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި.
08:38
ފުރަތަމަ ބުރުގައި 208،504 މީހުން ވޯޓްލާފައިވާއިރު އެމްޑީޕީ ކެންޑިޑޭޓް ވަނީ 96764 ވޯޓް ހޯއްދަވާފައި. ޕީޕީއެމުގެ ކެންޑިޑޭޓަށް ވޯޓްލި މީހުންގެ 29 އިންސައްތަ ހޯއްދެވިއިރު، ގާސިމަށް ލިބިވައިގެންނެވީ 49131 ވޯޓް.
08:34
މިއަދު ބާއްވަމުންދާ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 239165 މީހުންނަށް. 239105 މީހުންނަށް ފުރަތަމަ ބުރުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު ވޯޓްލާންފައިވަނީ 87.2 އިންސައްތަ މީހުން.
08:24

ގިޔާސުއްދީން ސުކޫލުގައި ވޯޓުލާން ކިޔު ހަދައިގެން ތިބި ފުލުހުންތަކެއް:ފޮޓޯ:މުހައްމަދު ނިޒާރު
08:22
ވޯޓުލުން ފެށިގެން ކުރިއަށްދާ އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށާއި ޕީޕިއެމްގެ ކެންޑިޑޭޓް އަބުދުﷲ ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ވެސްދަނީ ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަމުން. ބައެއް ފަރާތްތަކުން އެންޓިކެމްޕޭން ކަމަށް ބެލެވޭ ފޮޓޯއާއި ލިޔުން ފަދަ ތަކެތި ވެސް ޕޯސްޓް ކުރަމުންދޭ
08:14

މެލޭޝިޔާގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ:ފޮޓޯ:އެމްޑީޕީމެލޭޝިޔާ--
08:11

ވޯޓުލުމަށް އައްޑޫސިޓީގައި ކިޔު ހަދާފައި--
08:07
ދިއްފުށިން މީހަކުވަނީ ހައްޔަރުކޮށްފައި
08:06
ދިއްފުށީގައި ވޯޓުލުން ލަސްވެފައިވަނީ ކިޔު ތަރުތީބު ކުރުމުގައި ދިމާވި މައްސަލައެއްގައި
08:06
ކ.ދިއްފުށީގައި ޖެހުނު މައްސަލަ ހައްލުކޮށް ވޯޓުލާން ފަށާފައިވަނީ
08:03
ކ. ދިއްފުށީގައި ވޯޓްލާން ނުފެށޭ.
08:00

ރަސްދޫގައި ވޯޓްލުމަށް ކިޔު ހަދައިގެން: ރަސްދޫގައިވެސް ގިނަ ބަޔަކު ތިބީ ކިޔު ހަދައިގެން-- ފޮޓޯ: ހިއްތު 65
07:52
މާލެއާއި އަތޮޅު ތެރެގައި ގާއިމްކޮށްފައިވާ ވޯޓްލާ މަރުކަޒުތަކުގެ ތެރެއިން ގިނަ މަރުކަޒުގައި ވޯޓުލުން ފެށިގެން ކުރިއަށް އެބަދޭ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއް އާއްމު ހާލަތު ރަގަޅު ކަމަށް ފުލުހުން ބުނެފި.
07:44

ނ. މަނަދޫގައި މީހަކު ވޯޓްލަނީ: މަނަދޫގައި ވެސް ގިނަ ބަޔަކު ކިއުގައި އެބަ ތިބި-- ފޮޓޯ: ސީއެންއެމް
07:39
ރަށްރަށުގައިވެސް ވޯޓްލުން ކުރިއަށްދާއިރު ގިނަ ބަޔަކު ކިއު ގައިތިބިކަމަށް ބުނޭ.
07:36

ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކައިރީގައި ކިޔު ހަދައިގެން ތިބި ބަޔަކު: ލަންކާގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ކިޔުގައި ތިބިކަމަށް ވޭ--
07:32
ވޯޓްލުން ފަށައިފި.
07:32
ވޯޓްލުމަށް މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކު ކިއު ހަދައިގެން އެބަތިބި. ގިނަ ފޮށިތައް ކައިރީގައި ވެސް ކިއު ހަދައިގެން އެބަތިބި.
07:31

މޮނިޓަރުންނާއި އޮބްޒާވަރުންގެ ހާޒިރުގައި ވޯޓްކަރުދާސްތައް ކަނޑަނީ-- ފޮޓޯ:އެމްޑީޕީ ހިމަންދޫ
07:27
ވޯޓްލުމަށް ކިއު ނަމްބަރު ދޫކުރަން ފަށައިފި.
07:26
ފޮށިތައް ހުޅުވުމަށް ފަހު އޮފިޝަލުންނަށް ދެއްކުމަށް ފަހު ސީލް ޖަހާ ބަންދުކޮށްފި.

06:54
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓް ލުން ކުރިއަށްދާނީ 7:30 ފެށިގެން 4:00 އަށް ކަމުގައެވެ.
06:54
މިއަދު ވޯޓް ލާން ފަށާނީ ހެނދުނު 7:30 ގައެވެ.
06:53
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓް ލުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވެނިމިފައިވާއިރު ވޯޓްލާ ބައެއް މަގުކަޒުތައް ކައިރީ މިހާރުވެސް މީހުންވަނީ ކިއުހަދާފައެވެ.
ދެ ވަނަ ބުރުގެ ވޯޓް ލުމަށް އެންމެ ފަހުގެ ތައްޔާރީތަށް ވެ ނިމިއްޖެ

01:45: ލ. ފޮނަދޫ 3 ނަންބަރު ވޯޓް ފޮށްޓާއި 2 ނަންބަރު ވޯޓްފޮށި ހިމެނޭ ސަރަޙައްދުގައި އެމްޑީޕީ މެންބަރުން މިރޭ 12:00 އިންފެށިގެން ކިއުގައި ޖެހިގެން އެބަތިބި
ފޮނަދޫ 3 ނަންބަރު ފޮށި ހުންނަ ސަރަޙައްދުގައި ކިއު ހަދައިފައި - ފޮޓޯ: ސަމާ
01:33: ލ. މާވަށުގައި ވޯޓުލުމަށްޓަކައި 15 ވަނަ ދުވަހުގެ ހަވީރުން ފެށިގެން ކިއުގައި ޖެހެންފަށާފައިވޭ
ލ. މާވަށުގައި ވޯޓްލުމަށް ހަވީރުން ފެށިގެން ކިއުހަދައިފި - ފޯޓޯ: އެމްޑީ
01:06: ވޯޓް ގަތުމަށްޓަކައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ބައެއް ފަރާތްތަކުން ބަހަމުން އަންނަ ކަޅު ފައިސާގެ ތެރޭގައި 500 ރުފިޔާގެ ވަގުނޫޓް ހިމެނިފައިވާކަމަށް މަޢުލޫމާތު ލިބެމުން އެބަދޭ. ލ. އަތޮޅުގެ ބައެއް ރަށްރަށުގައިވެސް މިހާރު މިވަގު ފައިސާ ދައުރުވަމުން އަންނަ ކަމަށްވެސް ޚަބަރު ލިބޭ.
ވޯޓް ގަތުމަށް ދައުރުވަމުންދާ ވަގުފައިސާގެ ނޫޓެއް - ފޮޓޯ: ކިޔުންތެރިއެއް
00:58: .ނޮވެމްބަރު 15 ވަނަދުވަހުގެ އިރުއޮއްސި 6 ން 17 ވަނަދުވަހުގެ ހެނދުނު 6 އަށް ކެމްޕޭންކުރުން އިލެކްޝަން ކޮމިޝަނުންވަނީ މަނާކޮށްފައި. ނަމަވެސް ދިޓީވީ، ދިއެފްއެމް ޕްލަސް އަދި ވީޓީގައި ރައީސް މުޙައްމަދު ނަޝީދަށް އެންޓިކެމްޕޭން ކުރުމަށް ކޮންޓެންޓް ފޮނުވަމުންއެބަދޭ
ދިޓީވީ މެދުވެރިކޮށް ދިއެފްއެމް ޕްލަސް އިން ފޮނުވާ އެންޑިކެމްޕޭން ކޮންޓެންޓެއްގެ ސްކްރީން ޝޮޓެއް - ފޮޓޯ: ރިޒްނާ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 7:30 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާ ގަޑި އަވަސްވި ނަމަވެސް މާދަމާގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 7:30 އިން 4:00 އަށް ކަމަށެވެ

އަދި މާދަމާ ކިއު ބަންދުކުރާ ގަޑިއަކީ 4:00 ކަމަށްވާއިރު، އޭގެ ފަހުން ވޯޓުލުމަށް ކިއުގައި މަޑުނުކުރެވޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. ނަމަވެސް ކިއު ބަންދުކުރުމުގެ ކުރިން ކިއު ލައިނުގައި ތިއްބެވި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަނުން ބުންޏެވެ.

އަދި ވޯޓުލާ ނިމުމަށްފަހު ވޯޓުލާ ސަރަހައްދުގައި މަޑުނުކުރެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

 
00:40: ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވޯޓުލުމަށްޓަކައި ލ. އަތޮޅުގެ އަމިއްލަ ވަޒަނަށް އަންނަންބޭނުންވާ މީހުން މަހުޖަނު ޤާސިމް އިބްރާހިމްގެ ވިލާ އެއަރ އިން ކައްދުއަށް 15 އަށްވުރެން ގިނަމީހުން ގެނެސްފި

ވޯޓްލުމަށް އަތޮޅުގެ ބައެއް ރަށްރަށުގައި ކިއު ހަދަން ފަށައިފި
00:00: މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ލ. އަތޮޅުގެ ބައެއް ސަރަޙައްދުތަކުގައި މިރޭ 11 ގެ
ކުރިން ކިއުހަދަން ފަށައިފި. އެގޮތުން ލ. ގަމު އަލަށް އާބާދުވާ ސަރަޙައްދުގައި ހުންނަ އިހައްދޫ ސްކޫލްކައިރީގައި މިހާރުވަނީ ކިއޫ ޖެހެން ފަށާފައި
އިހައްދޫ ސްކޫލް ކައިރީގައި ވޯޓްލުމަށް ކިއޫ ހަދާފައި - ފޮޓޯ: ޓްވިޓަރ
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް