ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ލ. އަތޮޅުގެ 3 މެޖިސްޓްރޭޓަކާއި އިތުރު 8 މެޖިސްޓްރޭޓުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ލިޔުނީ: Unknown - Thursday, November 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިއަދު ހުވާކުރެއްވި ލ. އަތޮޅުގެ 3 މެޖިސްޓްރޭޓުން - ކ-ވ: މުޙައްމަދު މުނާޒް، އިސްމާޢީލް މާހިރު، އަޙްމަދު ނިޔާޒް
ނޮވެމްބަރ 7 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން މެޖިސްޓްރޭޓްކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި 11 ބޭފުޅުން ހުވާކުރެއްވުމާ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރެވުނު ނަންބަރު C/1/2013/10195(19 އޯގަސްޓް 2013) އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެގެން އެކަމަށްޓަކައި ކަނޑައަޅާފައިވާ ކޮމެޓީން އިންޓަވިއުކޮށް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމަށް ރިޢާޔަތްކޮށް، އެދިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ހުވާކުރެއްވުމާ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މިއަދު ހުވާކުރެއްވި ބޭފުޅުންގެ ތެރެއިން ލ. އަތޮޅުގެ 3 ބޭފުޅުންނަކީ:- ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް ހަޖައްސާފައިވާ ލ. މާވަށު އެންދެރިމާގޭ އިސްމާޢީލް މާހިރު އާއި، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް ހަމަޖައްސާފައިވާ ލ. އިސްދޫ މުރިނގު މުޙައްމަދު މުނާޒް އާއި ތ.މަޑިފުށި މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް ހަމަޖައްސާފައިވާ ލ. އިސްދޫ ޒުނޯރިޔާ އަޙްމަދު ނިޔާޒް އެވެ.

މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓް ކަމުގެ މަޤަށް އައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމް އެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނާ ދެއްކެވި ވާހަކަ ފުޅުގައި ފަނޑިޔާރުންގެ ޒިންމާއާ މަސްއޫލިއްޔަތަކީ ބޮޑު މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ކޯޓުތަކުގެ ހައިބަތާއި ގަދަރަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބެހެއްޓުމަށް ގޮވާލެއްވިއެވެ. މިރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުންގެ މަސައްކަތަކީ ގޮންޖެހުންތައް ގިނަ މަސައްކަތެއްކަމާއި އެހެންނަމަވެސް އެ ވާޖިބު އަދާކުރަންވަނީ ކެއްތެރިކަމާ އިޚްލާސްތެރިކަމާއެކުގައި ކަމުގައި ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް