ދިވެހިރާއްޖޭގައި މިހާރު މިއޮތް ސަރުކާރުގެ ނައިބް ރައީސް މުޙައްމަދު ވަހީދުއްދީން މަޤާމުން އިސްތިޢުފާ ދެއްވައިކަމަށް ބައެއް މީޑިއާތައް ބުނަން ފަށައިފިއެވެ.
ރާއްޖެ ޓީވީން ބުނީ ވަރަށް އިތުބާރުހުރި ގޮތެއްގައި އެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. ޤާނޫނީ ވަކީލު މުޙައްމަދު ފަރީދު ވިދާޅުވީ ވަހީދުއްދީން އިސްތިޢުފާދެއްވީ އެބޭފުޅާގެ ޓާރމް ހަމަވެއްޖެކަމަށް ވިސްނިވަޑައިގެންކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ނާއިބު ރައީސް އިސްތިއުފާ ދެއްވި އިރު މިހާރުގެ ރިޔާސީ ދައުރު މިރޭ
މެންދަމު ނިމުމަކަށް އަންނާނެ އެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ
ބުރު އަންނަ ހޮނިހިރުދުވަހަށް ފަސްކޮށްފައި ވާއިރު އާ ރައީސް ވަނީ
އިންތިޚާބު ނުކުރެވި އެވެ.
މި ހާލަތުގައި މިހާރުގެ ސަރުކާރު ދެމިއޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ނޮވެމްބަރު 11 އަށް ފަހު މަގާމުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް މުހައްމަދު ވަހީދު ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މަނިކުފާނު ވިދާޅުވެފައި ވަނީ ރައީސްގެ މަގާމު ހުސްވުމުން ދިމާވާ މައްސަލަ ހައްލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުން ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވިގޮތުގައި ޝަރުއީ ހުކުމެއް އައުމަކީ ވެސް ހައްލެއް ކަމަށް ރައީސް ވަހީދު ވަނީ ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނާ އެކު ރައީސް ވަހީދު ބައްދަލުކުރެއްވިއިރު އެ މަނިކުފާނު ވެސް ބޭނުންފުޅުވީ "މިކަހަލަ ބަހެއް ޝަރުއީ ދާއިރާ އިން އަންނަން" ކަމަށެވެ.

No comments: