ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ތަސްމީނާއި ވިސާމް އެމްޑީޕީ އަށް ސޮއިިކުރައްވައިފި

ލިޔުނީ: Unknown - Thursday, November 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ތަސްމީނާއި ވިސާމް އެމްޑީޕީ އަށް ސޮއިކުރެއްވުމަށް އެ ޕާޓީގެ އޮފީހުގައި  ބޭއްވި ރަސްމިއްޔާތުގައި
ޑީއާރުޕީގެ  ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި އޭނާގެ އަނބިކަނަބަލުން މަޑުއްވަރީ ދާއިރާގެ މެމްބަރު ވިސާމް އަލީ އެމްޑީޕީއާ އިއްޔެ ގުޅިވަޑައިގެންފި އެވެ.

ކުރިން ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ ކުރީގެ ލީޑަރާއި ޕާލިމެންޓްރީ ގްރޫޕް މެމްބަރު ވިސާމް ސޮއިކުރެއްވުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ތަސްމީން ވިދާޅުވީ ޑީއާރުޕީ ދޫކޮށްލެއްވުމަށް ފަހު އެމްޑީީއާ ގުޅިވަޑައިގެންނެވީ މިއަދުގެ ސިޔާސީ ހަގީގަތްތަކަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ.

މިއަދު ފެންނަން އޮތް ހަގީގަތަކީ ރާއްޖެ ހަމަހަމައަށް ދެބައިވެފައި އޮތްއިރު އެއް ބަޔަކީ 30 އަހަރުގެ އުސޫލްތަކަށް ތާއީދުކުރާ ބައެއް ކަމަށާއި އަނެއް ބަޔަކީ ރާއްޖެ އަށް ޑިމޮކްރެޓިކް އުސޫލްތައް ބޭނުންވާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކީ ޒަމާނީ ޑިމޮކްރެޓިކް އުސޫލްތައް ރާއްޖޭގައި ތަންފީޒުކުރެވޭނެ އުސޫލްތައް ގަބޫލުކޮށްގެން މަސައްކަތްކުރަމުން އައި މީހެއް. މިއަދުގެ ސިޔާސީ ހަގީގަތަށް ބަލާއިރު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ޑިމޮކްރެޓިކް ގޮތްތައް ރާއްޖޭގައި ތަންފީޒުކޮށް ތަރައްގީ އާއި ކުރިއެރުން ގެނެސްދެވެން އޮތީ އެމްޑީޕީއަށް ކަމަށް ގަބޫލުކުރެވޭތީ އަޅުގަނޑު މި ނިންމުން މި ނިންމީ،" ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަކުރެއްވި ތަސްމީން ވިދާޅުވި އެވެ.

އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ މީހުން ފުރުސަތު ދީފިނަމަ ކުރިއަށް އޮތް ތަނުގައި ވެސް މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.

ވިސާމް ވިދާޅުވި ގޮތުގައި އެއް ޕާޓީއަކުން ހުށަހެޅި މެނިފެސްޓޯއަށް ބަލާއިރު ގިނަ ރައްޔިތުން ތާއީދުކުރަނީ އެމްޑީޕީގެ މެނިފެސްޓޯ އަށެވެ. އެހެންކަމުން ސަރުކާރު ޒިންމާދާރުކުރުވާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަސްމީނާއި ވިސާމް އެމްޑީޕީއާ ގުޅިވަޑައިގަތުމުން މަޖިލީހުގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު 35 އަށް އެރީ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ތަސްމީނާއި ވިސާމް އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ސަރުކާރު ޒިންމާދާރުކުރުވަން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.

ތަސްމީނާއި ވިސާމް އެމްޑީޕީއާ ގުޅިވަޑައިގަތްއިރު ޑީއާރުޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިތުރު މެމްބަރުންތަކެއް ވެސް ވަރަށް އަވަހަށް އެމްޑީޕީ އަށް ސޮއިކުރައްވާނެ އެވެ.

ތަސްމީނާ އެކު އެ ޕާޓީގެ ތިން ޑެޕިއުޓީ ލީޑަރުން ކަމަށްވާ ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ވިލިނގިލި ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒް އިސްތިއުފާ ދެއްވުމުން ޕާޓީގައި އިންތިހާބީ އެއްވެސް މަގާމެއް މިހާރު ނެތެވެ. ވަގުތީ ގޮތުން ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ނަޝީދު ވިދާޅުވީ ވަރަށް އަވަހަށް ޕާޓީގެ ކޮންގްރެސްއެއް ބާއްވައި އަލުން އަނބުރާ ކުރީގެ ޑީއާރުޕީގެ ގޮތުގައި އެ ޕާޓީ ފެންނާނެ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް