ފަހުގެ ޚަބަރު


އިތުރަށް...

ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސީރިއަސް ސުވާލުތަކެއް ވަނީ އުފެދިފަ: ކެނެޑާ

ލިޔުނީ: Unknown - Tuesday, November 12, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ ރިޔާސީ ދައުރު ހަމަވެފައިވާ ކަމަށާއި، ރައީސް ވަހީދު މަގާމުގައި ދެމިހުންނަވަން ނިންމެވުމާއި ގުޅިގެން ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާއި މެދު ސީރިއަސް ސުވާލުތަކެއް އުފެދިފައިވާ ކަމަށް ކެނެޑާއިން ބުނެފިއެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއާޑް ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ ދައުރު ހަމަވެފައިވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވި ނަމަވެސް ރައީސްއަކު އިންތިހާބު ނުކުރެވި ކަމަށެވެ. އިންތިހާބުގެ ދެވަނަ ބުރު ލަސްކުރަން ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ގާނޫނު އަސާސީ އާއި ފުށުއަރާ އަދި ރައްޔިތުންގެ މެދުގައި އިންތިހާބާއި މެދު އޮތް އިތުބާރު ގެއްލޭނެ ކަމެއް ކަމަށްވެސް ބެއާޑްގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ސަރުކާރުގެ ރިޔާސީ ދައުރު ވަނީ އާ ރައީސްއަކު އިންތިހާބު ނުވަނީސް ހަމަވެފައި. ދައުރު ހަމަވެފައިވާއިރު ފާއިތުވި ދެ މަސްތެރޭގައި މިނިވަން އިންސާފުވެރި ދެ އިންތިހާބެއް ވަނީ ބޭއްވިފައި. ހަތެއް ސެޕްޓެމްބަރުގެ އިންތިހާބުގައި ފަސް އިންސައްތަ ވޯޓް ލިބިލެއްވި މުހަންމަދު ވަހީދު ހަސަން މަނިކު ވެރިކަމުގައި ހުންނެވުމަށް ނިންމުމާއި ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލްގެ ހާއްސަ މަންދޫބު ފާޅުކުރެއްވި ކަންބޮޑުވުންތައް ކެނެޑާއިންވެސް ހިއްސާކުރަން،" ބޭއާޑް ވިދާޅުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމް ވަރުގަދަ ކުރުމަށް މުހިންމު ކަމެއް ކަމަށްވެސް ބެއާޑް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަހީދުގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާއި މެދު ކެނެޑާއިން ސުވާލު އުފެއްދި އިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ވަހީދުގެ ރިޔާސީ ދައުރު ހަމަވެފައިވާ ކަމަށެވެ. އަދި މިހާރު ރައީސް ވަހީދު ހުންނެވީ ގާނޫނޫގެ މެންޑޭޓުން ބޭރުން ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް