ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މަޢުމޫން ގޮވާލައްވައިފި

ލިޔުނީ: Unknown - Friday, November 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ކޮމަންވެލްތުގައި ދެމި އޮތުމުން ރާއްޖެއަށް ލިބޭ އެއްވެސް ފައިދާއެއް ނެތްކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ގޮވާލައްވައިފިއެވެ.

ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ހުދުމުހުތާރު ވެރިކަމެއް ކުރެއްވިކަމަށް ގިނަ ބަޔަކު އިއްތިފާޤުވާ، ޕީޕީއެމްގެ ރައީސް މައުމޫނު ވިދާޅުވީ ވަހީދު ހަސަން މަނިކާއި މިއަދުގެ ވަގުތެއްގައި ބައްދަލުކުރެއްވިކަމަށާއި، އެ ބައްދަލުކުރެއްވުމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ލަފާ އަރުވައިފައިވާނެކަމަށެވެ.

ނަމަވެސް ވަހީދު ހަސަން މަނިކު ވެރިކަމުގެ ދައުރު ނިމިފައިވުމުން ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ އެއްވެސް ބާރެއް އެމަނިކުފާނަށް ލިބިގެންނުވާކަމަށާއި އެހެންކަމުން ދެން އުފެދިންގެންދާ ސަރުކާރެއްގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް މައުމޫނު ވިދާޅުވި އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވާންޖެހޭ ސަބަބުތައް ފާހަގަކުރައްވާ މައުމޫނު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި ކޮމަންވެލްތުގައި ރާއްޖެ ބާއިވެރިވާން ނިންމީ އެ ޖަމްއިއްޔާ މެދުވެރިކޮށް ރާއްޖެއަށް ގިނަ ގުނަ އެހީތެރިކަން ލިބެމުންދިއުމުންކަމަށެވެ.

ކޮމަންވެލްތުން ރާއްޖެއަށް އެހީތެރިކަން ލިބުނު ނަމަވެސް އެ ޖަމްއިއްޔާއިން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހެމުން ދިއުން ބަލައިނުގަންނާނެކަމަށް މައުމޫނު ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވާ ބޮޑެތި ހުރިހާ މައްސަލަތަކަށް އެންމެ ކައިރިން އެހީތެރިވަމުން އަންނަ ޖަމްއިއްޔާއަކީ ކޮމަންވެލްތައްވާއިރު، ކޮމަންވެލްތުން ވަކިވުމަށް މައުމޫނު ގޮވާލެއްވުމަކީ ބޭރުގެ ފަރާތްތަކަށް ދެވުނު ވަރަށް ގޯސް ސިގްނަލެއްގެ ގޮތުގައި ގިނަ ތަޖްރިބާކާރުން ސިފަކުރެއެވެ.

ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ މިފަދަ ވާހަކަތަކުން ބައިނަލް އަޤުވާމީ ޖަމްއިއްޔާތަކާއި އޮންނަ ގުޅުން ހީނަރުވެ، ރާއްޖެއަށް ލިބެމުން އަންނަ އެހީތައް ހުއްޓިގެން ދާނެކަމަށް ގިނަ ބަޔަކު ބުނެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް