ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ
ޕާޓީން ތާއިދުކުރާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް( ޕީޕީއެމް)ގެ
ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމަށް ކަމަށް އެޕާޓީގެ
ކައުންސިލުން ނިންމައިފިއެވެ.
ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމާފައިވަނީ މިއަދު ހަވީރު މ. ކުނޫޒް ގައި ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 15 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖުމްހޫރީ ޕާޓީން ކުރިން ނިންމާފައިވަނީ އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާޢީދު ނުކުރެއްވުމަށެވެ
ޖުމްހޫރީ ޕާޓީގެ ކައުންސިލުން ޕީޕީއެމުން ތާއިދުކުރަން ނިންމި ނަމަވެސް އެޕާޓީގެ ބައެއް ކައުންސިލް މެމްބަރުން ވަނީ އެމްޑީޕީއަށް ތާއިދުކުރަން ނިންމާފައެވެ.
އެގޮތުން ޖޭޕީގެ ކައުންސިލް މެމްބަރު އަދި މާލޭ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ހަމީދު (ފްލައި) ތާއިދުކުރައްވަނީ އެމްޑީޕީއަށް ކަމަށް އޭނާ ވަނީ ހާމަކުރައްވާފައެވެ.
އަދި ޖޭޕީގެ ސްޕޯކްސް ޕާސަން އަދި ކައުންސިލް މެމްބަރު މޫސާ ރަމީޒްވެސް ތާއިދުކުރައްވަނީ އެމްޑީޕިއަށް ކަމަށް އޭނާވަނީ ރާއްޖެޓީވީއަށް ކަށަވަރުކޮށްދެއްވާފައެވެ.
ރާއްޖެޓީވީގެ ހޫނުހަބަރަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ކައުންސިލް މެމްބަރު އަދި މާލޭ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ހަމީދު (ފްލައި) ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ޕީޕީއެމަށް ތާއިދުކުރުމަށް ނިންމި ނިންމުމަކީ ޕީޕީއެމުން ނުފޫޒް ފޯރުވާ ރިޝްވަތުދީގެން ކޮށްފައިވާ ކަމެއް ކަމަށެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ ޖޭޕީ ކައުންސިލްގައި ތިއްބެވި މެމްބަރުންނަކީ ޕާޓީއަށް މާބޮޑު ފައިދާއެއް ލިބޭ ބޭފުޅުންނެއް ނޫން ކަމަށާއި، އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ގެމަނަފުށީ ދާއިރާގެ މެމްބަރަށް ލިބުނު ވޯޓުންވެސް އެކަން ސާފުވާކަމަށެވެ.
ޖުމްހޫރީ ޕާޓީން ކުރިން އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާޢީދު ނުކުރަން ނިންމި ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޤާސިމްގެ ތާއިދު ހޯއްދެވުމަށް އެމްޑީޕީންނާއި ޕީޕީއެމުން ޤާސިމް ދިރިއުޅުއްވާ މާފަންނުވިލާއަށް ވަޑައިގެން ދެ ޕާޓީގެ ބޭފުޅުންނާއި ވާހަކަދެއްކެވުމަށްފަހު ޤާސިމް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާޢީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމި ނިންމުމަކީ ބަދަލުކުރެވިދާނެ ނިންމުމެއް ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާޙިދާއި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ބައްދަލު ކުރެއްވުމަށްފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދަށް ތާއީދު ކުރެއްވުމާއި ގުޅޭ ގޮތުން އެވަގުތު އެއްޗެއް ދެންނެވެން ނެތް ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުމާއި ޚިލާފަށް އެއްޗެއް ދެންނެވޭ ހިސާބަށް ގޮސްފައިނުވާ ކަމަށެވެ.
އެހެންނަމަވެސް ކޮންމެ ނިންމުމަކީވެސް ބަދަލުވެދާނޭ ނިންމުމެއް ކަމަށާއި، ގައުމާއި މެދުގައި ވިސްނުމަށްފަހު އެވަގުތަކު އެންމެ ރަނގަޅަށް އެޅެންއޮތް ފިޔަވަޅެއް އެޅުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށް ޤަބޫލުކުރާ ކަމަށް ޤާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މައުމޫނާއިވެސް ޤާސިމް އިބްރާހިމްވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ.

No comments: