ލ. އިސްދޫ ސްކޫލްގެ މުވައްޒަފެއްގެ މައްޗަށް މަގާމުގެ ނުފުޒު ބޭނުންކޮށް ނަޖާއިޒު ފައިދާ ނެގުމުގެ ކުށުގެ ދައުވާ ކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފި އެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްފައިވާތީ ދައުވާ ކުރަން އެދުނީ އިސްދޫ ގްލޯރީގޭ، އަހްމަދު ރަޝީދު އަބްދުއްރައްޒާގުގެ މައްޗަށެވެ.
އޭސީސީން ބުނީ އަހުމަދު ރަޝީދުގެ މައްޗަށް ތުހުމަތުވާ މައްސަލަ އެ ކޮމިޝަންގެ ބެލި އިރު ސްކޫލްގެ ފައިސާގެ ހިސާބުތައް ބެލެހެއްޓުން އެ ސުކޫލާ އޮކްޓޯބަރު 5، 2005 ގައި ހަވާލިކުރި އިރު އިސްދޫ އޮފީހުގެ ތިޖޫރީގައި ހުރި އެ ސުކޫލްގެ ފައިސާ ހަވާލުކޮށްފައިވާކަން އެނގޭ ކަމަށާއި އެ ފައިސާ އާއި ހަވާލުވީ އެ ސުކޫލްގެ ޓީޗަރު އަހްމަދު ރަޝީދު އަބްދުއްރައްޒާގު ކަން އެފަރާތުގެ ބަހުންނާއި ތިޖޫރީ ބާކީ ފޮތުން ވެސް އެނގެން އޮންނަ ކަމަށެވެ.
އޭނާގެ އަތުން 82،513.5ރ. ދައުލަތަށް ހޯދަން ވެސް އެދިފައިވެ އެވެ.

No comments: