މިއަހަރުގެ ޖުމްހޫރީ ދުވަސް މި ބައްދަލުކުރީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މަޖިލީހުގެ ރައީސް ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ޖުމްހޫރީ ވެރިކަމެއްގެ އަސާސީ މަފްހޫމަކީ ދައުލަތުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވެފައި އަދި މި ބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށްވާއިރު ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސަތުގެ ދައުރު ނިމި އައު ދައުރު މިއަދު ފެށުނު އިރު ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެއް ނެތްކަން އެއީ އެމަނިކުފާނާއި ރާއްޖޭގެ ކޮންމެ ރައްޔިތަކުމެ ނުހަނު ކަން ބޮޑުވާ ކަމެއް ކަމަށެވެ.
ޤައުމުގެ ޙާލަތު މިފަދަ ފައްތަރަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކާއި މިނިވަންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ކިބައިގައިވާ ދައުލަތުގެ ބާރުތައް ހިމާޔަތްކޮށް ދެމެހެއްޓާއި އަދި ޤާނޫނީ ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ކޮންމެ ދިވެހި ރައްޔިތަކުވެސް އަޒުމް އައުކޮށް ހިތްވަރާއެކު މަސައްކަތްކޮށްދެއްވުމަށް ރާއްޖޭގެ އެންމެހައި ލޮބިވެތި ރައްޔިތުންނަށް މަޖިލިސް ރައީސް އިލްތިމާސް ކުރައްވާފައިވެއެވެ.

ޖުމްހޫރީ ވެރިކަމުގެ އަސާސްތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ހިތްވަރާއި ކެރުން ދިވެހި އެންމެހާ ރައްޔިތުންނަށް މިންވަރުކޮށްދެއްވުމަށް އެދި ﷲ ސުބަޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް މިބަޔާނުގައި ދުޢާ ދަންނަވާފައިވެއެވެ.
No comments: