ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީއަށް ތާއީދުކުރެއްވުމާއި މެދު ގޮތެއް ނިންމަވާ އިއުލާން ކުރައްވާނެކަމަށް ޤާސިމް ވިދާޅުވެއްޖެ

ލިޔުނީ: ޢަލީ ޔާސިރު - Monday, November 11, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދަށް ތާއީދުކުރެއްވުމާއި ގުޅޭ ގޮތުން ވިސްނަވާ ވަރަށް އަވަހަށް ނިންމަވާ ގޮތެއް އިއުލާން ކުރައްވާނެކަމަށް ޤާސިމް ވިދާޅުވެއްޖެ އެވެ.

ޤާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސާލިޙް، ޖުމްޙޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްގެ ގެކޮޅު މ.މާފަންނު ވިލާގައި މިރޭ ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ތާއީދުކުރައްވާ ވަކި ބަޔަކު މިވަގުތު ނެތް ކަމަށެވެ. މިބައްދަލުކުރެއްވުމަކީ ރިޔަސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއަށް ޤާސިމްގެ ތާއީދު ހޯދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްކަމަށް މީޑިޔާއާއި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވިއެވެ. އަދި މިބައްދަލު ކުރެއްވުމަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ބޭއްވެވި ބައްދަލު ކުރެއްވުމެއްކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޕާޓީން ނިންމާފައިވާ ގޮތަށް ބަދަލެއް ނުގެންނަން. ނަމަވެސް އެންމެ ފަހު ވަގުތު އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ވަކި ބަޔަކަށް ތާއީދުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ނުނިންމަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް ތާއީދު ކުރުމާއި ނުކުރުމާއި މެދު މިވަގުތު އެއްޗެއް ވިދާޅުނުވާނެކަމަށް ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ޤާސިމް ވިދާޅުވިއެވެ.

އަދި އެމަނިކުފާނަކީ އިސްލާޙަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށާއި އެމްޑީޕީގައި ތިބީ އެމަނިކުފާނާއެކު އިސްލާޙަށް މަސައްކަތް ކުރެއްވި ބައެއް ކަމަށް ޤާސިމު ވިދާޅުވިއެވެ. 

ގާސިމް ވިދާޅުވީ އެމްޑީޕީއަކީ އޭނާގެ ހަތުރުނެއް ނޫން ކަމަށެވެ.

ގާސިމް ދެއްކެވި ވާހަކަތަކާ ގުޅިގެން އިބޫ ވިދާޅުވީ ގާސިމް އެމްޑީޕީ އަށް ތާއީދު ކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް