ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ރިޔާސީ ދައުރު ހަމަވެއްޖެކަން ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ޝާހިދު އަންގަވައިފި

ލިޔުނީ: Unknown - Monday, November 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,

ރޭ 12:00 އާ ހަމައަށް ރިޔާސީ ދައުރު ހަމަވެއްޖެ ކަމަށް އަންގާ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައީސް މުހައްމަދު ވަހީދާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް މިރޭ ސިޓީއެއް ފޮނުއްވައިފި އެވެ.

ރައްޔިތުން މަޖިލީހުން ނެރުނު ބަޔާނެއްގައި، ޝާހިދުގެ އެ ސިޓީއާ ހަވާލާދީ ބުނެފައި ވަނީ، ރައީސްގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނު އަސާސީގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިރު ރައީސްގެ ދައުރު އެއަށް ވުރެ ދިގު ކުރެވޭނީ ގާނޫނު އަސާސީ އަށް އިސްލާހުތަކެއް ގެނެސްގެން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ދަށުން ގާނޫނު އަސާސީ އަށް އެފަދަ ބަދަލެއް ގެނެވޭނީ ވެސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކޮށް އެކަމާ މެދު ރައްޔިތުންގެ ތެރޭގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްކޮށްގެން ކަމަށް ވެސް ސިޓީގައިވެ އެވެ.

"އެނޫން ގޮތަކަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރުގެ މުއްދަތު އިތުރެއް ނުކުރެވެ އެވެ. އެހެންކަމުން، 2008 ނޮވެމްބަރ 11 ވަނަ ދުވަހުގައި ފެށުނު ރިޔާސީ ދައުރު، 2013 ނޮވެމްބަރ 10 ވަނަ ދުވަހުގެ ނިޔަލަށް ނިމުމަކަށް އައިސްފައިވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ. އަދި ދައުރުގެ މުއްދަތު، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މެނުވީ އިތުރުނުކުރެވޭނެކަމުގައި ވެސް އެ ސިޓީގައި ބަޔާންކުރައްވާފައިވެ އެވެ،" މަޖިލީހުގެ ބަޔާނުގައިވެ އެވެ.

ރިޔާސީ ދައުރު ހަމަވާން ގަޑިއިރަކަށް ވެފައި ވަނިކޮށް ޓީވީއެމް މެދުވެރިކުރައްވާ ރައީސް ދެއްވި ކުރު ބަޔާނުގައި ވިދާޅުވެފައި ވަނީ ނޮވެމްބަރު 16 އާ ހަމައަށް ވެރިކަމުގައި ހުންނަވާނެ ކަމަށެވެ. އެމަނިކުފާނު އެގޮތަށް ނިންމެވީ އާ ވެރިއަކު ހޮވެންދެން މި ސަރުކާރު ދެމިއޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ގާނޫނީ ނިންމުމެއް ނިންމާފައިވާތީ ކަމަށާއި މަގާމުގައި ދެމިހުންނަވާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ ސިޓީގައި ވަނީ ގާނޫނު އަސާސީގައި ވަކި ގޮތަކަށް ކަމެއް ބަޔާން ކޮށްފައިވާ އިރު އެކަމަށް ފުރިހަމައަށް އަމަލު ކުރުމަކީ ދައުލަތުގެ ތިން ބާރުގެ މައްޗަށާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކާއި އަދި އާންމުންގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަމާ ހިލާފަށް ކުރާ ކޮންމެ ކަމެއް ބާތިލްވާނެ ކަމަށް ގާނޫނު އަސާސީގައި 268 ވަނަ މާއްދާއިން އެނގޭ ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވަހީދުގެ އިތުރުން ޝާހިދު އެ ސިޓީ ފޮނުއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމާއި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤަށާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ އަށާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙަންމަދު ލަޠީފް އަށާއި ޕީޖީ އަޙްމަދު މުޢިއްޒަށާއި އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ އަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް