ފަހުގެ ޚަބަރު


އިތުރަށް...

ދޮންދޫނި ހިފަން އުޅެނިކޮށް ކުއްޖެއްގެ ކޮލަށް ދަގަނޑެއްހެރި ސީރިއަސް ޙާލަތުގައި

ލިޔުނީ: Unknown - Sunday, November 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މިމަހުގެ 2 ވަނަ ދުވަހު ދޮންދޫނި ހިފަން އުޅެނިކޮށް ކުއްޖެއްގެ ކޮލަށް ދަގަނޑެއްހެރި ސީރިއަސް ވެ، ތ. ވޭމަންޑޫ ހޮސްޕިޓަލާއި ލ. އަތޮޅުން ފަރުވާދިނުމަށްފަހު މިވަގުތު ލަންކާގެ އެޕޯލޯ ހޮސްޕިޓަލުގައި ފަރުވާދެމުން އެބަދެއެވެ.

މި ޙާދިސާ ހިނގާފައިވަނީ ތ. ވޭމަންޑޫގެ ބޮކަރުމާގޭ ޒިދާން (13 އަހަރު) ދޮންދޫންޏެއް ހިފަން އުޅުމުގެ ތެރޭގައި ބިންމަތީ އޮތް ގައު ކޮޅެއްގައި ފައި އަޅައިގަނެ، ކައްސާލައިގެން ވެއްޓި އެތާނގެ ކައިރީގައި 3 ފޫޓު އުހަށް ޖަހާފައި ހުރި ރިންގު ދަގަނޑު ޒިދާންގެ ކަނާތްފަރާތު ކޮލަށް ހެރިގެންނެވެ.

ޙަދިސާ ހިނގުމާއިއެކު ވަގުތުން ތ. ވޭމަންޑޫ ހޮސްޕިޓަލަށް ޒިދާން ގެންދެވުނެވެ. އިތުރު ފަރުވާ ބޭނުންވެފައިވާ ޒިދާންއަށް ހޮސްޕިޓަލުން މާބޮޑު ކަމެއް ކުރެވެން ނެތުމުން، ދެން ގެންދެވުނީ ލ. އަތޮޅަށް އިތުރު ފަރުވާ ލިބޭތޯއެވެ. 

ޒިދާންއަށް ލ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެވުނެވެ. ލ. އަތޮޅު ހޮސްޕިޓަލުންބެލުމަށްފަހު ޙާލަތު ސީރިއަސް ކަމުން ވަގުތުން މާލެ ގެންދިއުމަށް ލަފާދެވުނެވެ. ލ. އަތޮޅު ހޮސްޕިޓަލުގައި އެއް ދުވަސްވެސް ނުވަނީސް ނޮވެމްބަރު 4 ވަނަ ދުވަހު ޒިދާން  މާލެގެންގޮސް އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވުނެވެ. ނަމަވެސް، ޒިދާންއަށް ލިބިފައިވާ ޒަޚަމްއަކީ އެއަށްވުރެ ސީރިއަސް ޒަޚަމްތަކެއްކަމަށް ޑޮކްޓަރުން ބުންޏެވެ. ސީޓީ ސްކޭން ހެއްދުމުން ޒިދާންގެ ސިކުނޑިން ލޭ ފައިބާފައިވާކަން އެނގުނެވެ. އެހެންކަމުން، އެންމެފަހުން ޖެހުނީ ޒިދާން ލަންކާއަށް ގެންދާށެވެ.

މިހާރު ޒިދާން އޮތީ ލަންކާގެ ލަންކާ ހޮސްޕީޓަލް (އެޕޯލޯ ހޮސްޕިޓަލް) ގައެވެ. ޒިދާން ނޭވާލަމުން ގެންދަނީ ވެންޓިލޭޓަރއެއްގެ އެހީގައެވެ. ކޮލަށް ހެރުނު ދަގަނޑުގަނޑުން ސިކުނޑިއަށް އަސަރުކޮށްފައިވާތީ، ޒިދާންގެ ޙާލާމެދު ޑޮކްޓަރުންވެސް ތިއްބެވީ ސީރިއަސްވެފައެވެ. މިއަދާ ހަމައަށް ޒިދާންގެ ސިއްޙީ ހުރިހާ ޚަރަދެއް ކުރަމުން އައިސްފައިވަނީ އާސަންދާގެ އެހީގައެވެ. ނަމަވެސް މިއަދު އާސަންދައިން ލިބޭ ފައިސާ ހުސްވާނެކަމަށް އެންސްޕާއިން މިހާރުވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް