ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދުއަށް ގެނައި ދެ އިންޖީނުގެ ޔޯލަ ވަހަކަ

ލިޔުނީ: Unknown - Tuesday, September 11, 2012 ކޮމެންޓް 1
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖޭގައި ފުރަތަމަ އުފެދުނު ޑިމޮކްރެޓިކް ވެރިކަން އާދަޔާ ޚިލާފު ގޮތަކަށް ބަދަލުވިތާ އަށް މަސް ފުރޭއިރު ފޮނަދޫ ރައްޔިތުން އުޅެން ޖެހިފައި މިވަނީ ވަރަށް ދަތި ޙާލުގައެވެ. މިހާ ތަރައްޤީ ޒަމާނެއްގައި ކަރަންޓްގެ ޚިދުމަތާއި ނުލައި މިހާ ގިނަދުވަސް ހޭދަކުރަން ޖެހުމުން ދަތިވާނެ މިންވަރު ވަޒަން ކޮށްލައްވާށެވެ.
ފޮނަދޫ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ލައްކަ ގިނަ މަސައްކަތް ބަޔަކުމީހުން ކޮށްފިއެވެ. އެހެނަސް ވީ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ކަމެއް ފެންނާން ނެތް އިރު ނަޝީދުގެ ސަރުކާރުން އުފެއްދި ޔޫޓިލިޓީސް ކުންފުނިތައް އުވާލައި ހަމަ އެކަނި ނަން ބަދަލުކޮށް މިހާރު މިއޮތް ސަރުކާރުން އުފެއްދި 'ފެނަކަ' ކުންފުނިންވެސް ދާދިފަހުން ވަނީ ފޮނަދޫ ކަރަންޓްގެ ޙާލަތު ހައްލުކުރުމަށް ވަރަށް ވަރުގަދަ މަސައްކަތެއް ކޮށްފައެވެ. މަސައްކަތުގެ ވަރުގަދަ ކަމާއި މުހިންމުކަން އެނގިގެން ދިޔައީ ބީލަމަށް ނުލައި 500 ކިލޯވޮޓް ގެ ދެ ޖަނަރޭޓަރު ނަގައިގެން އުފުލިއެއްގައި މާލެއިން ފޮނަދުއަށް، ސައުވީހަކަށް ގަޑިއިރު ތެރޭގައި ގެނެސްފައި ވާތީއެވެ.
މިދެންނެވި ދެ ޖަނަރޭޓަރު ގެނައި ހިސާބުން ފެށިގެން ކަރަންޓް މައްސަލަ ހައްލުވީކަމަށް ހީކޮށް އެމްޑީޕީ މެންބަރުންނަށް، ޕީޕީއެމްގެ ފިޔާތޮށި ބުރުގާ އެޅި ކަނބަލުންގެ ތެރެއިން ބަޔަކު ލައްކަ މަލާމާތްކޮށް ހަޖޫޖަހައި "ދެން ލަލަލާ" އަށް ގޮވާވެސް ހެދިއެވެ. އެހެނަސް ދެ ޖަނަރޭޓަރު ގެނައުމަށްފަހު އަވަސް އަރުވާލައިގެން ކަރަންޓް ދިނުމަށް އޭގެތެރެއިން އެއް ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓް ދިންތާ ސައުވީސް ގަޑިއިރު ހަމަ ނުވަނީސް އެ ޖަނަރޭޓަރު ބަޑިޖަހައި "ދެން ލަލަލާ" އަށް ގޮވި މީހުންގެ އަތަށް ގޮވި ފަދައެވެ. އެއަށްފަހު ދެން ހުރި ޖަނަރޭޓަރުންވެސް ކަރަންޓް ދިނުމަށް ކުރަމުން އަންނަ މަސައްކަތް ނާކާމިޔާބު ވަމުން އެދަނީ ރޭޑިއޭޓަރ ބަޑިޖަހައިގެން ނުވަތަ ޓެމްޕަރޭޗަރު މައްޗަށް އަރައިގެން ގޮހެވެ.

ކަރަންޓްގެ ޙާލަތު މިހާހިސާބަށް ދިޔައިރު 'ފެނަކަ' އިން ގެނައި ބައުދަގަނޑުގެ ދެ ޖަނަރޭޓަރާއި ބެހޭގޮތުން ލައްކަ ގިނަ ޔޯލަ ވާހަކަވެސް މިހާރު އަންނަނީ ފެތުރެމުންނެވެ. އެގޮތުން މި ލިޔުމުގެ އަސްލު މަޢުޞޫއަށް އެނބުރިލާއިރު އެންމެ ފުރަތަމަވެސް ދައްކަން އޮތީ ވަރަށް އެހެންކަހަލަ ޔޯލަވާހަކައެކެވެ. އިސްލާމްދީން ދެކެ މާ ބޮޑަށް ލޯބިވާ ޕީޕީއެމްއަށް ނިސްބަތްވާ ފޮނަދޫ މެންބަރުންގެ ތެރެއިން ބަޔަކު، ފޮނަދުއަށް ގެނައި ޖަނަރޭޓަރުގައި މާފަތި އެޅުވިޔޯލައެވެ. މާއްދީ ތަކެތީގައި މާފަތި އެޅުވުމާއި، އެފަދަ ތަކެތި ބޭނުންކުރަން ފެށުމުގެ ކުރިން ކާށިޖެހުން ފަދަ ކަންކަމީ ބުދު ދީނުގެ އަހުލުވެރިން ކޮށްއުޅޭ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ. ފަހަރުގައި 'ކާލީ މާ" ނުވަތަ ހިންދީ ދީނުގެ އަހުލުވެރިން އަޅުކަން ކުރާ ކަޅު ބުދަށް އަޅުކަންކުރާ ދަރިއެއް ޤައުމުގެ ވެރިމީހާގެ ހުންނަކަމަށް ކިޔާތީ އެފަދަ ކަމެއް ކުރުން އައިބުކަމަކަށް ނޫވީކަމަށްވެސް ވެދާނެ ތޯއްޗެކެވެ.

ކޮންމެއަކަސް އެވެސް ޔޯލަ ވަހަކައެކޯލައެވެ. އެހެނަސް ބުނާތީ، ކިޔާތީ އިވެނީ ފޮނަދުއަށް ގެނައި ދެ ޖަނަރޭޓަރަކީ ބައު ދަގަނޑުގެ ދެ ޖަނަރޭޓަރޯލައެވެ. ނުވަތަ ކުރިން ބޭނުން ކޮށްފައިވާ ދެ ޖަނަރޭޓަރޯލައެވެ. އެހެނަސް މާލޭގައިހުރި މީހަކު ބުނިކަމަށްވަނީ އެ ދެ ޖަނަރޭޓަރަކީ ވޯޓަރ ސަޕްލައިގައި ކުރިން ބޭނުންކޮށްފައިވާ ދެ ޖަނަރޭޓަރެވެ. އެތަނުން ބޭނުން ނުކުރެވޭވަރު ވެގެން ނީލަމުގައި ވިއްކާލުމުން، ގަތް މީހަކު ގަނެގެން އެކި ތަންތަނަށް ވިއްކަމުންގޮސް އޭގެ ހަ އަހަރުފަހުން މިހާރު އެހުރީ ފޮނަދޫގައެވެ.

ފޮނަދުއަށް ޖަނަރޭޓަރު ގެނައުމަށްފަހު ފުރަތަމަރޭ ޖަނަރޭޓަރު ހިންގާފައިވަނީވެސް އާދަޔަ ޚިލާފު ގޮތަކަށޯލައެވެ. ދެ ނަރުކޮޅު ޝޯޓްކޮށް ބަހައްޓައިގެންނޯލައެވެ. އިންޖީނުތަކުގައި އަތްލުމަށް ހަމައެކަނި ހުއްދަ އޮންނަ އިންޖިނޭރު މާ މޮޅއިްޔޯލައެވެ. އެކަމަކު އިންޖީނުތައް ނުހިންގި ހަލާކުވާން ފެށުމުން "ދެން ލަލަލާ" ގޮވި ބައިގަނޑުން މިހާރު ދައްކަނީ އެހެން ވާހަކައެކެވެ. ފޮނަދޫގައި ނަންހިނގާ، ރީނދޫހުން ޖެހިފައިތިބި ތިން މީހަކު ބުނެގެން އިންޖީނުގޭ ފޯރިއަށްތިބޭ ފޯރިމާނުންގެ ތެރޭގައި ރީނދޫހުން ޖެހިފައިތިބި ތިންމީހަކު އިންޖީނުތަކަށް ހަކުރު އަޅަނިއްޔޯލައެވެ. އަދި އޭގެ ތެރެއިން އެކަކު ފަންޑިތަވެސް ހަދަނިއްޔޯލައެވެ. ތަވީދެއްވެސް ފެނިއްޖެޔޯލައެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. ގެނެސްފައިވަނީ ބައު ދަގަނޑުގެ ދެ އިންޖީނުކަމަށް މީހަކު ބުންޏަސް އެމީހާ އެސްފީނާ ޖައްސަނިއްޔޯލައެވެ. އިންޖީނުގެ ކަންކަން ދަންނަ މީހަކު އެ އެއްޗެހި ނުހިނގާނޭ ބުންޏަސް އެސްފީނާ ޖައްސަނިއްޔޯލައެވެ.

ފޮނަދުއަށް މިގެނައި ދެ އިންޖީނާއިމެދު ލައްކަ ގިނަ ޔޯލަވާހަކަ އަދިވެސް ދެކެވޭނެއެވެ. ރަށަށް ކަރަންޓް ނުލިބި ހަތް މަސް ހޭދަވާއިރުވެސް އަނގަބެދިފައި ތިބެން ޖެހިގެން އެއްބަޔަކު އަދިވެސް ތިބީއެވެ. އަނެއްބަޔަކު ގޮތްދޫނުކުރުމަށް ތިބީއެވެ. އަނެއްބަޔަކު ޢިއްޒަރްތެރި މެންބަރާއި، ޢިއްޒަތްތެރި ކައުންސިލަރުންގެ އަގު ހިފެހެއްޓުމަށް ހަނު ތިބިއްޔޯލައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

1 ޚިޔާލު: for ފޮނަދުއަށް ގެނައި ދެ އިންޖީނުގެ ޔޯލަ ވަހަކަ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް