ކުރިޔަށް އޮތް ފަސްދުވަހު ކައްދޫގެ މޫސުން
ނިމުތުކުރާގޮތް
|
މީޓީއޮރޮޖިކަލް ޓެކްޓްނީޝަން އަބްދުލްﷲ ހާފިޒް މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަ ކުރާނީ މެދު ރާއްޖެ ތެރެއާއި ދެކުނުގެ ހިސާބުތަކަށް ކަމަށެވެ.
"ބޮޑަށް މާދަމާ ވިއްސާރަ ކުރާނީ މެދު ރާއްޖެ ތެރެއަށް، ހޮނިހިރު އާއްދިތަ ދުވަހު ލަފާކުރެވެނީ ދެކުނަށް ކަމަށް ބޮޑަށް ވިއްސާރަ ކުރާނީ" ހާފިޒް ވިދާޅުވި އެވެ.
ވާރޭ ވެހެމުންދާއިރު ގުގުރުން ވެސް އެކަށީގެންވާ ކަމަށާއި އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެން ދާނެ ކަމަށް ވެސް މެޓުން ބުންޏެވެ. މެޓް އޮފީހުގެ މޫސުން ނިމުތު ކުރުމަށް ބަލާއިރު މާދަމާވެސް ލ. އަތޮޅަށް ގަދަ ވިއްސާރަ ކުރާނެކަމަށް ބެލެވެ އެވެ.
މި ވިއްސާރައިގެ ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލާ ދޭތެރޭގައި ވައިޖެހެމުންދާނެ ކަމަށާއި މޫސުން ގޯސްވެ ކަނޑުގަދަވާ ފަހަރު ދެކުނު ބައެއް ހިސާބުތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓުން މިއަދު ބުންޏެވެ.
ވިއްސާރަ ގަދަކަމުން މިއަދު ކޫއްޑޫން މާލެދާން
ދިޔަ އައިލެންޑް އޭވިއޭޝަންގެ ބޯޓެއް ޑައިވަރޓްކޮށް ކައްދޫ ވައިގެ ބަނދަރަށް
ޖައްސާފައިވެއެވެ. ވޭތުވެދިޔަ ތިން ދުވަހު ދޭތެރެދޭތެރެއިން ވާރޭ ވެހި ގަން-ފޮނަދޫގެ
މަގުތަކާއި އަތޮޅުގެ އެހެން ރަށްރަށުގައިވެސް ފެންބޮޑުވެ މަގުތައް ޗަކަވެ
ދަތިތަކެއް ކުރިމަތިވަމުން ދެއެވެ.
No comments: