މިދިޔަ ހޯމަ ދުވަހު ހަތަރު މީހުންނާއެކު ގެއްލުނު
“ރަންކުރި” ދޯނި ހޯދުމުގެ މަސައްކަތް
ކޯސްޓްގާޑުން ކުރަމުން ދަނިކޮށް އެދޯނި މިއަދު ހަވީރުގެ ވަގުތެއްގައި ފެނިއްޖެއެވެ.
މިދޯނި ފެނިފައިވަނީ ގއ.ވިލިގިލީގެ އިރު އުތުރުން ގާތްގަނޑަކަށް 50 މޭލު ބޭރުގައި ވަނިކޮށް އެދޯނި ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑާއެކު މިއަދު ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ މަނަވަރަށެވެ.
ކޯސްޓްގާޑުން މަޢުލޫމާތު ދޭގޮތުގައި މިދޯނީގައި ތިބި ހަތަރު މީހުންވެސް ތިބީ ގަދަވެ ހެޔޮހާލުގައެވެ. އަދި މިހާރު ދޯނި ލ.އަތޮޅަށް ވަނުމަށްޓަކައި ދަތުރުކުރަމުންދާ ކަމަށް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.
ރަންކުރި ދޯނި ފެނިފައިވަނީ، ފަޅުވެރިންގެ މަސައްކަތުން އެދޯނީގެ އިންޖީނު ރަނގަޅުކޮށް، އެތެރެވަރިއަށް ދަތުރުކުރަމުންދަނިކޮށް ކަމަށާއި، އެހެންނަމަވެސް ކޯސްޓްގާޑަށް އެދޯނި ފެނުނުއިރު ދޯނީގައި އަތޮޅަށް ފޯރާވަރަށް ތެޔޮ ނެތުމުން އިންޑިއާގެ މަނަވަރުން އެދޯންޏަށް މިހާރު ތެޔޮ ފޯރުކޮށްދީފައިވާކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއެވެ.
އެދޯންޏާއެކު އިންޑިއާގެ މަނަވަރުވެސް މިހާރު ދަނީ ދަތުރުކުރަމުންނެވެ. މިދޯންޏަކީ ގއ.ނިލަންދޫގައި ރަޖިސްޓްރީ ކޮށްފައިވާ ދޯންޏެކެވެ.

No comments: