ޓޫރިޒަމް އިތުރަށް
ފުޅާ ކުރުމަށް ރިޒޯޓުގެ ގޮތުގައި ތަރައްޤީކުރަން
ދިރާސާކުރި ސާދަ ރަށުގެ ތެރޭގައި ލ. އަތޮޅުގެ ތިން ފަޅުރަށް ހިމެނިއްޖެއެވެ. މި
ތިން ރަށަކީ ހުޅިޔަންދޫ އާއި އޮޅުތޮޅާއި އުވަދެވިފުށި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ރިޒޯޓުގެ ގޮތުގައި ތަރައްޤީކުރާނެ
އިތުރު 14 ރަށް ހަމަޖައްސަން ނިންމަވާފައިވާތީ، ތަރައްޤީ ކުރާނެ ރަށްތައް ދިރާސާ ކުރުމަށް ފަހު ޓޫރިޒަމް
މިނިސްޓްރީން އެރަށްތަކުގެ ލިސްޓު
ވަޒީރުންގެ މަޖިލީހަށް މިހާރު ހުށައަޅައިފައި ވާކަމަށްވެސް މަޢުލޫމާތު ދެއެވެ.
އަލަށް ރިސޯޓް ތަރައްގީ ކުރަން ޓޫރިޒަމުން ދިރާސާކޮށް ހުށަހެޅި ރަށްތަކަކީ ރ. ފަސްމަންދު އާއި ޅ. އޫކޮޅު ފިނޮޅާއި، ވ. ބޮޑުމޮހަރާއާއި، މ. ދިއްތުނޑިއާއި، މި އަތޮޅުގެ ތިން ރަށް ކަމަށްވާ ހުޅިޔަންދޫ އާއި އޮޅުތޮޅާއި އުވަދެވިފުށްޓާއި، ގއ. އަތޮޅުގެ ފަސް ރަށް ކަމަށްވާ ބިހުރެހާއާއި ބޮޑުބޮނޑެއްޔާ އާއި ފަޅުވެއްރެހާ އާއި މާމުޓާ އާއި ޅޮއްސާ އާއި ގދ. ދެރަށް ކަމަށްވާ ކަންނިގިއްލާ އާއި ރަހަދުވާއެވެ.
ލ. އަތޮޅުގައި
މިވަގުތު އޮޕަރޭޓް ކުރަމުން ގެންދަނީ އެންމެ ރިޒޯޓެކެވެ. މީގެ އިތުރުން ގަމާއި
ބޮޑުފިނޮޅުގައިވެސް މި ސިނާޢަތް ފެށުމަށް މިހާރު މަސައްކަތްކުރެވެމުން އެބަދެއެވެ.
No comments: