ކާބަފައި ޒަމާނުންސުރެން ފޮނަދޫ ބަރާސިލް
އަވަށުގައި ޢީދަށް ތައްޔާރުވުމަށް އަޅަމުން އައި ޢީދު ކޮށި އެޅުން ގާތް ގަނޑަކަށް
ފަނަރަ ވަރަކަށް އަހަރު ނުކޮށް ތިބުމަށްފަހު މި އަހަރުގެ ޢީދަށް، ޢީދު ކޮށި
އަޅައިފިއެވެ.
އިއްޔެ ހެނދުނުން ފެށިގެން މަސައްކަތްކޮށް މިހާރު
ވަނީ ޢީދުކޮށި އަޅައިން ނިންމާލެވިފައި ކަމަށް ޢީދު ކޮމެޓީން މަޢުލޫމާތު ދެއެވެ.
ޢީދު ކޮށި އެޅުމުގެ މަސައްކަތުގައި
ޙަރަކާތްތެރިވި ޢީދު ކޮމެޓީގެ މެންބަރަކު އެލް.އޭ ނިއުސް އަށް މަޢުލޫމާތު ދެމުން
ބުނީ މި ފަދަ ގޮތަކަށް އަނެއްކާވެސް ޢީދު ކޮށި އެޅުމަށް ނިންމީ މިކަން މިހާރުގެ
ޖީލާއި އަންނަން އޮތް ޖީލުތަކާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ޢީދު ކޮށި އެޅުމުގެ މަސައްކަތް ޒަމާން
ތަކަކަށްފަހު މިފަހަރުވެސް ކޮށްފައިވަނީ އިހު ޒަމާނުވެސް ބޭނުން ކުރަމުން އައި ކަނދުގަހުގެ
ލަކުޑިން ހަދާފައިވާ ކަނދު ބޭނުން ކޮށްގެންނެވެ. މި ފަދަ ކަނދަކީ ކަނދުފޮތި
އެޅުމަށް ބޭނުންކުރާ ކަނދެވެ.
މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް އަތޮޅުގެ
ރަށްރަށުން ވަރަށް ފޯރިއާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް މަޢުލޫމާތު
ލިބެއެވެ.
No comments: