ފަހުގެ ޚަބަރު


އިތުރަށް...

އަތޮޅު ކައުންސިލް ރައީސަކަށް ގަމު ދާއިރާގެ މުޙައްމަދު ރަޝީދު އިންތިޚާބް ކޮށްފި

ލިޔުނީ: Unknown - Monday, October 22, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަތޮޅު ކައުންސިލްގެ ހުސްވެފައިވާ ރައީސް ކަމުގެ މަޤާމަށް ގަމު ދާއިރާގެ އަތޮޅު ކައުންސިލް މެންބަރު މުޙައްމަދު ރަޝީދު މިއަދު އިންތިޚާބް ކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވުނު ކައުންސިލް ބައްދަލުވުމަށް އެޖެންޑާކޮށް ރައީސަކު ހޮވުން ކުރިއަށް ގެންދިޔައިރު އެކަމަށް ދެ ބޭފުޅުން ކުރިމަތި ލައްވާފައިވެއެވެ. މިގޮތުން ކުރިމަތި ލެއްވީ ކައުންސިލް ރައީސްކަން މިއަދު ލިބިލެއްވި މުހައްމަދު ރަޝީދާއި މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަޙުމީ އެވެ. މުޙައްމަދު ރަޝީދު ހޮވިވަޑައިގަތީ ޖަލްސާއަށް ހާޒިރުވި އަށް މެމްބަރުންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ.

މިއީ އަތޮޅު ކައުންސިލަ އިންތިޚާބް ކުރެވުނު ތިންވަން ރައީސެވެ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްގެ މަޤާމު ފުރުއްފި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ވަނީ މިމަހުގެ އަށްވަނަ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މަޤާމުން ދުރުކޮށްފައެވެ.

ޑީއާރްޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ މެމްބަރު އާސިފްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައިވަނީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އާސިފް ކައުންސިލްގެ ނިންމުންތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެއްވުމަށް މަސައްކަތް ނުކުރައްވާއިރު، އޭނާ މަސައްކަތް ކުރައްވަނީ ކައުންސިލް އުފެއްދި މަގްސަދާ ހިލާފަށް ކަމަށް ވެސް އެމްޑީޕީ މެމްބަރު ހުށަހެޅުއްވި މައްސަލާގައިވެ އެވެ. އޭގެ އިތުރުން ވެސް އާސިފް ރަށުން ބޭރުގައި ގިނަ ވަގުތު ހޭދަކުރެއްވުމުން ކައުންސިލަށް އެންމެ އެކަށީގެންވާ ވަގުތު ނުދެއްވުން ފަދަ ސަބަބުތަކެއް ވެސް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ކައުންސިލްގެ ފުރަތަމަ ރައީސްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އިބްރާހިމް އަނީސް ގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީ އެބޭފުޅާވަނީ އެ މަޤާމުން އިސްތިއުފާ ދީފައެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ މަގާމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރެއްވޭ ކަމަށް މެމްބަރުންތަކެއް ތުހުމަތުކޮށް، އިސްތިއުފާ ދެއްވުމަށް އެދި ޕެޓިޝަނެއް ހުށަހެޅުމުންނެވެ.

އަނީސް މަޤާމުން ވަކިކުރުމަށް މެންބަރުން މަސައްކަތް ކުރެއްވީވެސް ކައުންސިލުން ނިންމާ ގިނަ ނިންމުންތަކެއް ރައީސްގެ އިހުމާލުން ތަންފީޒުނުވެ، ފުނި ޖެހިފައި ހުރުމާއި މި ސަރަހައްދުގެ ގައުމީ އިދާރާ ވެސް އުވާލުމާ އެކު، ކައުންސިލްގެ ޒިންމާ އިތުރުވެގެންދާނެތީ، ކައުންސިލްގެ ނިންމުންތައް އަވަހަށް ތަންފީޒުކުރުމަށް މެމްބަރުން ބޭނުންވާ މިންވަރަށް އަނީސަށް މަސައްކަތް ނުކުރެއްވޭތީ ކަމަށް ކައުންސިލް މެންބަރުން ވިދާޅުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް