ލ.
ފޮނަދޫގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ނާންނަތާ އަހަރު ފުރެން
ކައިރިވެފައިވާތީ، މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް މިކަން ސަރުކާރުގެ
އިސްވެރިންގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައި " އޮޕަރޭޝަން ފުޅިބައްތި"
މި ނަމުގައި ފޮނަދޫގައި ސުލްހަވެރި ބޮޑު ހިނގާލުމެއް ބާއްވަން އެރަށު
ރައްޔިތުން ތައްޔާރުވާން ފަށައިފިއެވެ.
'' މި
ހިނގާލުން އޮންނާނީ، ފޮނަދޫގެ ބޮޑެތި މަގު ތަކުގައި މިއަންނަ އަންގާރަ
ދުވަހުގެރޭ ( 23 އޮކްޓޯބަރު 2012 ) ދުވަހުގެރޭ. ރަށުގެ ގިނަބަޔަކު ބައިވެރިވެގެން
ފުޅިބައްތި ހިފައިގެން ރަށުގެ ބޮޑެތި މަގުތަކުގައި ސުލްހަވެރި
ހިނގާލުމެއް ބާއްވަން އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން.'' ހިނގާލުން
އިންތިޒާމްކުރެއްވުމުގައި އިސްކޮށް އުޅުއްވާ ފޮނަދޫ އަލިވާގެ އަޒްމީ ޢަލީ
އެމްއެލް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
އޭނާ
އިތުރަށް ވިދާޅުވީ މި ހިނގާލުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، އެއްވެސް
މީހެއްގެ އިސްތިއުފާއަށް މި ހިނގާލުމުގައި ނުގޮވާނެ ކަމަށާއި މިއީ ފޮނަދޫގެ
ކަރަންޓް ހާލަތު ރަސްމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ބޭނުމުގައި
ކުރަން ނިންމި ކަމެއް ކަމަށެވެ.
ފޮނަދޫގެ
ކަރަންޓްގެ މަސައްކަތް ފެނަކަ ކޯރޕަރޭޝަނާ ހަވާލުކުރިތާވެސް ދެމަސް
ވެގެންދާއިރު، އެރަށު ރައްޔިތުން 1980ގެ ހަނދާންތައް އާކުރާތާ މިހާ ދުވަސްވީއިރުވެސް
ވީކަމެއް ލިބުނު ހައްލެއް ނެތް ކަމަށް ފޮނަދޫ ރައްޔިތުން ބުނެއެވެ.
އަޒްމީ
ވިދާޅުވީ އަދިވެސް ގިނަވަގުތު ތިބެންޖެހެނީ ކަނު އަނދިރީގައި ކަމަށާއި
ދާހިއްލާ ފޯވިޔަސް އޭސީ ނޫނީ ފަންކާގަނޑު ޖައްސާލެވޭކަށް ނެތް ކަމަށެވެ.
''ފާހާނާ
ކުރަން ދާންޖެހެނީ އަތިރި މައްޗަށް. ޅަ ދަރިން ނުނިދިގެން ރޮނީ.
ދަރިވަރުންގެ ކިޔެވުމަށް މިކަމުން ބުރޫއަރަނީ. ފިނި ފެންކޮޅެއް ބޯލެވޭކަށްނެތް.
މަސް ފިނިކުރަން ފުރިޖަށްލެވޭކަށްނެތް. ގައިންތާހިރު ވެވޭކަށްނެތް.
ބޭންކުގަ ހުރި ލާރިކޮޅުވެސް ނެގެން އޮތީ ކަރަންޓް އޮތިއްޔާ.''
ފޮނަދޫގެ ކަރަންޓް ހާލަތު ބަޔާންކޮށްދެއްވަމުން އަޒްމީ ވިދާޅުވިއެވެ.
ރަށް
ރަށުގެ ރައްޔިތުންވެސް ދިގު ދަތުރަކަށްފަހު ފޮނަދުއަށް އައިސް އެނބުރި ދާންޖެހެނީ
މާޔޫސް ކަންމަތީގައެވެ. އިދާރާތަކުގައި ކަރަންޓަ ނެތުމުން
އެވެރީން ކުރަން އަންނަ ކަންތައްވެސް ކުރެވެން ނެތް ކަމަށް އަޒްމީ ވިދާޅުވިއެވެ.
މަނަދޫ
ލައިވް އިން ނަގާފައި

No comments: