ޢީދު
ކައިރިވަމުން އަންނަ އިރު މޯލްޑީވިއަންގެ ދަތުރު ތަކަށް އެންމެ ބާރުބޯޑުވެފައިވަނީ
ލާމަށާއި އައްޑުއަށް ކަމަށް އައިއޭއެސް އިން ބުނެފިއެވެ.
އީދަށް
ދަތުރުކުރާ މީހުންނާ އެކު މޯލްޑިވިއަންގެ އެތެރޭގެ ބައެއް ފްލައިޓްތަކުގެ ޖާގަތައް
މިހާރު ފުލްވެފައި ވާކަމަށް އައިއޭއެސް އިން ބުނެއެވެ.
އައިލެންޑް
އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން
އަލީ ނަޝާތު ހަމީދު ވިދާޅުވީ ޢީދާއި ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާތީ
މިވަގުތު ފްލައިޓްތަކަށް ވަރަށް ބާރު ބޮޑު ކަމަށެވެ.
"މިހާރު
ބައެއް މަންޒިލްތަކަށް ވަރަށް ބާރު ބޮޑު. އެންމެ ބާރު ބޮޑުކޮށް
އުޅެނީ ފުވައްމުލަކާއި އައްޑޫ އަދި ލާމަށް،" ނަޝާތު ވިދާޅުވި އެވެ.
މިމަހުގެ 25 ވަނަ ދުވަހު ފުވައްމުލަކަށް
ބާއްވާ އެއްވެސް ފްލައިޓަކުން މިހާރު ޖާގަ ލިބެން ނެތްކަމަށްވެސް މަޢުލޫމާތު
ލިބެއެވެ.
ނަޝާތު
ވިދާޅުވީ އާބާދީ ބޮޑު ސަރަހައްދުތަކުގެ އިތުރުން އެ ކުންފުނިން
އަލަށް ދަތުރުތައް ފަށާފައިވާ މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ
އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށެވެ.
No comments: