ފަހުގެ ޚަބަރު


އިތުރަށް...

ފޮނަދޫ ކަރަންޓްގެ މައްސަލަ – ފުޅި ބައްތީގެ ހިނގާލުމެއް ބާއްވައިފި

ލިޔުނީ: Unknown - Thursday, October 25, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ.ފޮނަދޫގެ ކަރަންޓް މައްސަލަ ހައްލުނުވެ 9 މަސްވެފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުންނާއި މިކަން ކަމާބެހޭ އިސްފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި “އޮޕަރޭޝަން ފުޅިބައްތި” ނަމުގައި ފުޅިބައްތި ހިފައިގެން ހިނގާލުމެއް ފޮނަދޫގެ މަގުތަކުގައި  މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ބާއްވައިފި އެވެ.

މި ހިނގާލުމުގައި 250  މީހުންވަރު ބައިވެރިވެފަވާއިރު  ހިނގާލުން ފެށުނީ 20:00  ގައި ފޮނަދޫ އިންޖީނުގޭ ކައިރިންނެވެ. އަދި ހިނގާލުން ނިންމާލީ ވެސް  އިންޖީނުގެ ކައިރިއަށެވެ.


ހިނގާލުމުގެ ބައިވެރިން ކަރަންޓް މައްސަލަ މިހާރުން މިހާރަށް ހައްލުކޮށްދިނުމަށާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ދޭންފެށުމަށް ގޮވާލާފައިވެއެވެ. ހިނގާލުމުގެ ބައިވެރިންގެ އަޑު އެހުމަށް ސަރުކާރާއި ފެނަކައިން ވެސް އެއްވެސް ބޭފުޅަކު އިންޖީނުގޭ ސަރަޙައްދަށް ގޮސްފައެއް ނުވެއެވެ.


ހިނގާލުމުގެ ބައިވެރިން ފޮނަދޫ  ކައުންސިލްގެ ރައީސަށް ގުޅުއްވުމުން  ވިދާޅުވީ ކަރަންޓްގެ މައްސަލައަކީ  މިހާރު ފެނަކަ ކޯރޕަރޭޝަންގެ ކަމެއް ކަމަށެވެ. އަދި ފެނަކަ ކޯރޕަރޭޝަން އަށް ގުޅުމުން  ބުނެފަވަނީ ބަޔަކު އެއްވިޔަސް ޖަވާބުދާރީ ވާން ނުޖެހޭނެކަމަށް ބުނިކަމަށް ހިނގާލުމުގެ ބައިވެރިޔަކު ބުންނެވެ.  ނަމަވެސް ގުޅާފަވަނީ ފެނަކައިގެ ކޮން ބޭފުޅަކާއި ކަމެއް އެފަރާތުން ނުބުނެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް