ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރާ އޮފީސް
އޮފީހަށް ހިންގުމުގެ ޒަމާނީ އާ ގޮތްތައް
ތަޢާރަފުކުރުމުގެ އިނާމު ލ. ގަމު އިހައްދޫ ސުކޫލުން ހޯދައިފިއެވެ.
އިހައްދޫ ސްކޫލުން
މި އިނާމު ޙާޞިލް ކުރީ ފަސް
މިނިސްޓްރީއަކުން ހުށަހެޅި އަށާރަ މަޝްރޫޢުއަކާއި އަތޮޅުކައުންސިލް ތަކުން އަދި ރަށު ކައުންސިލްތަކުން
ހުށަހެޅި ސޯޅަ މަޝްރޫއުއާ އެކުޖުމްލަ ތިރީސް
ހަތަރު މަޝްރޫޢުގެ ތެރެއިން ނެވެ. "ޕާރފޯމަންސް އެޕްރެއިސަލް އޮންލައިން ނިޒާމު 2011" މި އިނާމު
އިހައްދޫ ސްކޫލުން ހޯދީ އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފީހުގެ މަސައްކަތްތައް ހަލުއިކުރުމުގެ ދާއިރާއިންނެވެ.
އިހައްދޫ ސުކޫލުގެ
އިތުރުން މި އިނާމު ހޯދާފައިވަނީ
ސަރުކާރުގެ
ބޮޑެތި އިދާރާތައްކަމުގައިވާ ގަވަމެންޓް އީ-ލެޓަރ މެނޭޖްމެންޓް ސިސްޓަމ، އިސްލާމިކް މިނިސްޓްރީ ގެ ޒަކާތްނެގުމާއި ބެހުމުގެ ނިޒާމު، ސެންޓަރ ފޮރ ކޮންޓިނުއިންގ
އެޑިއުކޭޝަން ގެ ޕްރޮފެޝަނަލް
ޑިވެލޮޕްމެންޓް
ޕްރޮގްރާމް ގެ އިތުރުން މަތިއުތުރު ސަރަހައްދުގެ އެޑިއުކޭޝަން ޔުނިޓްގެ އޮފިސް އޮޓޮމޭޝަން އިނިޝިއޭޓިވް އެވެ.
އިހައްދޫ ސްކޫލަށް
މި އިނާމު ލިބިފައިވަނީ މިމަހު 21 ވަނަ ދުވަހުގެ ރޭ ސިވިލް ސަރވިސް ކޮމިޝަނުން ބޭއްވި
ކުލަގަދަ ރަސްމިއްޔާތުގައި ނައިބުރައީސް މުޙައްމަދު ވަހީދުއްދީން ގެ
އަތްޕުޅުންނެވެ.
އިހައްދޫ ސުކޫލުގެ ހީވާގި މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި
އެހީތެރިކަމާއިއެކު މި މަސައްކަތްތައް
ކުރިޔަށް ގެންދަވާފައިވަނީ އިހައްދޫ ސުކޫލުގެ ކުރީގެ ޕްރިންސިޕަލް އަޙުމަދު ޒާހިރު އެވެ.

No comments: