ފަހުގެ ޚަބަރު


އިތުރަށް...

ކަނޑިއަކުން ހަމަލާދީ މީހެއްގެ އަތްބުރުކޮށްލި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

ލިޔުނީ: Unknown - Thursday, October 25, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

5 މެއި 2011 ވަނަ ދުވަހުގެެރޭ  ލ.ގަމުގަ ހުންނަ މޮރާޑޯ ފިހާރައިގެ ސޭޓަކަށް އިން ގަމު މުކުރިމަގު ގޯލްޑަން ކްރޯން އަފުޒަލް އަލީ 20، އަށް ތޫނު ހަތިޔާރުން ހަމަލާދީ އޭނާގެ ވައަތް ކިރިޔާ ވަކިނުވާވަރަށް ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.


ދައުލަތުން މި މައްސަަލައިގަ ދައުވާކޮށްފަވަނީ ލ. ގަން، މަތިމަރަދޫ އަވަށު މާހަލް، މުހައްމަދު ހަލީމާއި ،މަތިމަރަދޫ އަވަށު ބޭސްގެ އަހުމަދު ވަޖީހާއި. މަތިމަރަދޫ އަވަށު ހުސެއިން ރިޒާ އަދި ހަސަން ރިޒާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓްގެ ހުކުމްގަ ބުނެފަވަނީ ، ” ދައުލަތުން ކުރެއްވި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހެެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ކުށުގެ މި ދައުވާއަށް މި ހަތަރު މީހުން ވެސް އިންކާރުކޮށްފައިވާތީ އާއި، މި ހަތަރު މީހުންގެ މައްޗަށް ދައުލަތުން ކުރެއްވި ދައުވާ ސާބިތުވާވަރުގެ ހެކި ލިބިފައި ނުވާތީ ދައުލަތުން މި ހަތަރު މީހުންގެ މައްޗަށް ކުރެއްވި ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށް މައްސަލަ ނިންމީމެވެ،” ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.

ހަމަލާގައި ޒަހަމްވި އަފްޒަލް އަލީގެ  ކަނާތުއަތުގެ ކުޑަހުޅުން 10 އިންޗިއެއްހާތަން ކަފާލައިފަވާއިރު ، އޭނާގެ ދެ ކަންފަތްވެސް ވަރަށް ބޮޑަށް ޒަހަމްކޮށްލާއި އަދި ދެ އަތުގެވެސް ބަދަތައްވެސް ވަނީ ވަރަށް ބޮޑަށް ކަފާލާފަ އެވެ.

އަފްޒަލަށް ހަމަލާދީފައިވަނީ ކާކުކަން ނޭނގޭވަރަށް މޫނު ނިވާކޮށްގެން ތިބިގެންނެވެ.

ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް