ފަހުގެ ޚަބަރު


އިތުރަށް...

ލ. އަތޮޅުގެ ހުރިހާ ދަނޑުބިންތައް ހަލާކުވެއްޖެ

ލިޔުނީ: Unknown - Friday, November 2, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލ. އަތޮޅުގެ ރަށްރަށުގެ ދަނޑުބިންތަކުގެ 90 ޕަސެންޓް މުޅިން ހާލުވެފައި ވާކަމަށް އަތޮޅު ކައުންސިލުން ބުނެފިއެވެ.

އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ދަނޑުވެރިންގެ 80 ޕަސެންޓް މީހުންނަށް ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓިފައިވާ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން ގޭގެ އަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.


"އާންމުކޮށް ދަނޑުވެރިއަކަށް މަހަކު 20،000 އާއި 30،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭނެ. ނަމަވެސް ދަނޑުތައް އެއްކޮށް ހަލާކުވީމާ އެ މީހުންގެ އާމްދަނީ މުޅިން ހުއްޓޭނެ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ 


ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ލ. ގަމު ދަނޑުވެރިއެއް ކަމަށްވާ ޢަބްދުﷲ ޤާސިމް ބުނީ ހުރިހައި ދަނޑުތައް ހަލާކުވެފައި ވާކަމަށެވެ.


އޭނާ ވިދާޅުވީ ލ. އަތޮޅުގައި މީހުން ދިރިއުޅޭ 11 ރަށުގެ ތެރެއިން ތިން ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ގެއްލުންވެފައިވާ ކަމަށާއި އެންމެ ބޮޑަށް ގެއްލުންވި ފޮނަދޫގެ 29 ގެއަކަށް ފެން ވަނުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ


މީގެ އިތުރުން ގަމުގައި އަލަށް އާބާދުވި ސަރަހައްދުގައި ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޕަމްޕު ހަލާކުވުމުގެ ސަބަބުން ދެ ޖަންކްޝަނަކުން ރަށުތެރެއަށް ނަޖިސް ބޭރުވަމުންދާ ކަމަށާއި އެ ޕަމްޕު ހެދޭނެ ގޮތެއް ނެތުމުން އިތުރު ސަރަހައްދުތަކުން ނަޖިސް ބޭރުވެ ބަލިމަޑުކަމެއް ފެތުރުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ


"ޕަމްޕު ބަދަލުކުރަންޖެހޭ ކަމަށް އެ ކަމުގައި އުޅުއްވާ ބޭފުޅުން ވިދާޅުވަނީ. ދެން ހެދޭނެ ގޮތެއް ނެތް ކަމަށް ވަނީ. އަޅުގަނޑުމެން އަތުގައި ވެސް ބަޖެޓެއް ނެތް އެ ކަމަކަށް. އެހެންވެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ގުޅައިގެން އެކަންކުރެވޭތޯ މި އުޅެނީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް