ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ
ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ގްރީންޕީސް ލ. އަތޮޅުގައި ހޭދަކުރާ ދުވަސްތަކުގައި ކަޅުބިލަމަހުގެ މަސްވެރިކަމާ ބެހޭ
ސެމިނާއެއް ބޭއްވުމަށް ނިންމާފައި
ވާކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.
ގްރީންޕީސް އިން މިހާރު ރާއްޖެއައިސް އުޅޭ އެ
ޖަމިއްޔާގެ ދިރާސާ ބޯޓު ކަމަށްވާ "ރެއިންބޯ ވޮރިއާ" އިންގެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި (އީއީޒެޑް)ގެ ތެރޭގައި ވަގަށް މަސްވެރިކަން ކުރާ މިންވަރު ބެލުމަށް ރާއްޖޭގެ ކޯސްޓްގާޑާ
ގުޅިގެން މިހާރު ވަނީ
ޕްރޮގްރާމެއް ފަށާފައެވެ.
ލ. އަތޮޅުގައި މި މަހުގެ 5 ވަނަ ދުވަހު ބާއްވާ މި ސެމިނާގައި އިންޑަސްޓްރީގެ ފަރާތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކާއި ކަމާ ބެހޭ ތަޖުރިބާކާރުން
ބައިވެރިވާނެ އެވެ. ސެމިނާ ކުރިއަށްދާ
އިރު ލ. އަތޮޅު ސްކޫލު ކުދިންނަށް "ރެއިންބޯ ވޮރިއާ" ބަލާލުމުގެ
ފުރުސަތު ހުޅުވާލާނެ ކަމަށް ގްރީންޕީސް ޖަމާޢަތުން ބުނެއެވެ.
ގްރީންޕީސްގެ މި ދަތުރުގައި އައްޑޫގައި
މަސްވެރިކަމާ ބެހޭ ޑޮކިއުމެންޓްރީއެއް
ތައްޔާރުކުރާނެ އެވެ.

No comments: