ޒަމާނުއްސުރެން އަޟްޙާ ޢީދުގައި ބާއްވަމުން
އަންނަ މާލި އެރުން (ބޭ އެރުން) އިއްޔެރޭ ފޮނަދޫ ބަރާސިލް އަވަށުގައި
ބާއްވައިފިއެވެ. މިފަހަރު މި ޙަރަކާތް ބާއްވާފައި ވަނީ ޘަޤާފީ ރަހަތައް ޒަމާނީ
ކުލަތަކާއި އެކު ހިމަނައިގެންނެވެ.
މާލި އެރުމުގެ ޙަރަކާތުގެ ތެރެއަށް ދިވެހިންގެ
މަސައްކަތްތެރިކަމާއި މިހާރު ޢާއްމުކޮށް ކޮށް ނޫޅޭ ޒަމާނުއްސުރެން ކުރަމުން އައި
ގަިނަ މަސައްކަތްތައް ކުރާތަން އިއްޔެރޭ ފެނިގެން ދިޔައެވެ. އެގޮތުން ބިންބި
ކެނޑުމާއި އުޑިން ބިންބި މުގުރުމާއި ކަސަބު ވިޔުމާއި ކަނބުރުވެރިކަމުގެ
މަސައްކަތްފަދަ ކަންކަން އަސްލު ތަކެތި ބޭނުން ކޮށްގެން އެ މަސައްކަތްތައް
ޢަމަލީގޮތުން ކުރާތަން ދައްކާލާފައި ވެއެވެ. މީގެ އިތުރުން ކާށިން ތެޔޮ ހޭނުމާއި
ބޮލި ހިލުމާއި މަސްވެރިކަން ކުރުންވެސް ދައްކާލެވުނެވެ.
ވާހަކަ އެއް ގޮތަށް ފެނިގެން ދިޔަ ހުށައެޅުމުގައި
ދިވެހި މަސައްކަތްތައް ދައްކާލުމުގެ ބަޔަށްފަހު ދެން އޮތީ މާލި އެރުމުގެ
ޙަރަކާތެވެ. މި ޙަރަކާތްވެސް އިހު ޒަމާނުގައި ކޮށް އުޅޭގޮތަށް ވާހަކައިގެ ބައެއްގެ
ގޮތުގައި ވަރަށް ރަނގަޅަށް ސިފަކޮށްދީފައި ވެއެވެ.
އިއްޔެރޭގެ ޙަރަކާތާއި މެދު ޢާއްމުންގެ ޚިޔާލު
ހުރިގޮތަށް ބަލާލާއިރު އެންމެންވެސް ފާހަގަ ކޮށްފައިވަނީ މާލި އެރުމުގެ ކުޅިވަރު
މިއަހަރު މާބޮޑަށްވެސް ފުރިހަމަ ވެގެން ދިޔަކަމަށެވެ. ޢުމުރުން ފަންސާސް އަހަރުގެ
އަޙްމަދު ބުނީ މީގެ ކުރިންވެސް ކޮންމެ އަހަރަކު ޢީދުގައި މާލި އެރުން އޮންނަ
ކަމަށާއި ނަމަވެސް މިފަހަރުގެ މި ޙަރަކާތް ފަދަ ފުރިހަމަ ގޮތަކަށް މާލި އެރުން
ގެންގޮސްފައިވާތަން ދުވަހަކުވެސް ދެކެފައި ނުވާ ކަމަށެވެ.
ފޮނަދޫ މެދު އަވަށުގައި ވެސް އަދިވެސް ޢީދު ފާހަގަ ކުރުމުގެ ގޮތުން ފެށި ލަނގިރި ޙަރަކާތް ކުރިއަށް އެބަގެންދެއެވެ. ބަރާސިލް އަވަށުގެ ޢީދު ކުޅިވަރުތައް ނިންމުމަށް ބާއްވާ ޙަފްލާ އާއި ވަދާޢީ ޝޯވް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެރޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން އިއްޔެރޭ ބޭއްވި މާލި އެރުމުގެ ޙަރަކާތުގައި ހިމެނުނު ޘަޤާފީ މަސައްކަތްތައް ދައްކާލުމަށް ޘަޤާފީ ހަވީރެއް ބޭއްވުމަށް ނިންމާފައި ވާކަމުގެ މަޢުލޫމާތެއްވެސް ލިބިފައި ވެއެވެ.

No comments: