ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ކައިވެނި ކޮށްގެން އުޅޭކަން އަންގައިދޭ ކާޑެއް ތައާރަފް ކޮށްފި

ލިޔުނީ: Unknown - Wednesday, May 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައިވެނިކޮށްގެން އުޅޭކަން އަންގައިދިނުމަށް މިހާރު ބޭނުން ކުރަމުން އަންނަ ކައިވެނީގެ ސެޓްފިކެޓްގެ ބަދަލުގައި ފެމިލީ ކޯޓުން މިއަދު ކާޑެއް ތައާރަފް ކޮށްފި އެވެ.

  ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އައްޝައިޚް އަހްމަދު އަބްދުﷲ ވިދާޅުވީ "މެރިޖްކާޑު"ގެ ނަމުގައި ކާޑެއް ތައާރަފް ކުރަން ޖެހުނީ މިހާރު ގެންގުޅޭ ކައިވެނީގެ ސެޓްފިކެޓު ޖީބަށް ލައިގެން ގެންގުޅެވޭ ވަރަށް ވުރެ ސައިޒުން ބޮޑުވާތީ އެކަމާ އުނދަގޫވާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރަމުން ގެންދާތީ ކަމަށެވެ.

އަހްމަދު އަބްދުﷲ ވިދާޅުވީ ކާޑުހެދުމަށް ޚާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު ކާޑުހަދަން ބޭނުންވާ ތާރީޚުގެ ހަތް ދުވަސް ކުރިން ފެމިލީ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އެއިރުން ކާޑު ހެދުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި އެމީހަކާ ހަވާލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަލަށް ކައިވެނި ކުރާ މީހުން ކައިވެނިކުރުމަށް ހުށަހަޅާ ފޯމާއެކު މެރިޖް ކާޑު ހެދުމަށް އެދި ހުށަހަޅަން ޖެހޭ ފޯމް ހުށަހެޅިދާނެ ކަމަށެވެ. އަދި އެ ކާޑު ދޫކުރެވޭނީ ހަމައެކަނި ރާއްޖޭގެ ކޯޓެއްގައި ކައިވެނި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކާޑު ހެއްދުމަށް ހުށަހެޅުމަށް މިއޮންނަ ގޮތަކީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު ކާޑު ހަދަން ބޭނުންވާ ތާރީޚުގެ ހަތް ދުވަސް ކުރިން ހުށަހަޅަންޖެހޭނެ. އޭގެ މާނައަކީ ފޯމް ހުށަހަޅާތާ ހަތް ދުވަސް ފަހުން ކާޑު ހަދައިދެވޭނީ. އަލަށް ކައިވެނި ކުރާ މީހުން ކައިވެނި ފޯމާ އެކު އެމީހުންނަށް އެދެވިދާނެ މެރިޖް ކާޑަކަށް،" އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

އޭނާ މެރިޖްކާޑެއް ހަދައިދެވޭނީ 250ރ. އަށް ކަމަށާއި ކާޑު ގެއްލިގެން އަލުން ހަދާނަމަ 500ރ. ޗާޖް ކުރެވޭނެ ކަމަށެވެ.

ކާޑުހެދުމަށް ފޯމް ހުށަހެޅުމަށްފަހު 37 ދުވަހުގެ ތެރޭގައި ކާޑާއި ހަވާލުވުމަށް ކޯޓަށް ހަޒިރުވާން ޖެހޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކާޑާއި ހަވާލުނުވެއްޖެ ނަމަ އެ ކާޑު ބާތިލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކާޑު ބާތިލް ކުރެވިއްޖެ ނަމަ ދެވަނަ ފަހަރަށް އެ ކާޑު ހެދުމަށް 500ރ. ދައްކަން ޖެހޭނެ ކަމަށް ވެސް އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

އެ ކާޑުގެ މުއްދަތަކީ 10 އަހަރު ކަމަށާއި ނަމަވެސް 10 އަހަރުވުމުގެ ކުރިން ދެ މީހުން ވަރިވެއްޖެ ނަމަ އެ ކާޑު ކެންސަލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ކާޑު ދޫކޮށްފައިވާ މީހަކު މަރުވެއްޖެ ކަމުގައި ވާނަމަ މަރުވިތާ 30 ދުވަހުގެ ތެރޭގައި އެފަރާތުގެ ވާރުތަވެރިން އެ ކާޑު ފެމެލީ ކޯޓާ ހަވާލު ކުރަން ޖެހޭނެ ކަމަށް ވެސް އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

މީގެއިތުރުން ވަރިވުމަށް އެދި ހުށަހަޅާ ފޯމަށް ވެސް ފެމިލީ ކޯޓުން މިއަދު ވަނީ ބަދަލު ގެނެސްފަ އެވެ.

ފެމިލީ ކޯޓުގެ ރަޖިސްޓްރާ ހަސަން ޝަފީއު ވިދާޅުވީ ވަރިކުރުމަށާއި އަމިއްލަ އަށް ވަރިވާން މިހާތަނަށް އެއް ފޯމަކުން ހުށަހެޅި ނަމަވެސް މިއަދުން ފެށިގެން ވަރިކުރުމަށް އެދި ހުށަޅާ ފޯމަކާއި ވަރިވުމަށް އެދި ހުށަހަޅާ ފޯމެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

މިއަދު ތައާރަފު ކުރި ފޯމްގައި ޝަރުތުތަކެއް ކަނޑައަޅާފައި ވާނެ ކަމަށާއި އަދި ފޯމް ފުރުމުގައި ވެސް ކުރިއަށް ވުރެ ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ.

ކުރީގެ ފޯމާއި ޚިލާފަށް މިއަދު ތައާރަފް ކުރި ފޯމުގައި ފޯމު ފުރުމަށް ލިޔުމުގެ ބަދަލުގައި ބޭނުންވާ ގޮޅީގައި ފާހަގަޖަހޭގޮތަށް ބަދަލުގެނެސް ފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް