ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

އެމްޑީޕީ އެގްރިވިޔަފާރި ސިޔާސަތު އިފްތިތާޙް ކުރުން އިސްދޫ ކަލައިދޫގައި

ލިޔުނީ: Unknown - Saturday, May 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، މިއަދު ހަވީރު 4ޖަހާއިރު ހދ. ކުޅުދުއްފުށީގައި "އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ" މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު ޤައުމީ ފެންވަރުގައި އިފްތިތާޙް ކޮށްދެއްވާނެއެވެ.

ހދ. ކުޅުދުއްފުށީގައި އެގްރިވިޔަފާރި ސިޔާސަތު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއިއެކުއެކީ، ރާއްޖޭގެ 18 އަތޮޅާއި ދެ ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކުރުން އެއްފަހަރާ ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ހދ. ކުޅުދުއްފުށީގެ އިތުރުން މި ސިޔާސަތު އިފްތިތާޙްކުރެވޭ ރަށްތަކަކީ، ހއ. ކެލާ، ށ. ކަނޑިތީމް، ނ. ލަންދޫ، ރ. ހުޅުދުއްފާރު، ބ. ގޮއިދޫ، ޅ. އޮޅުވެލިފުށި، ކ. ކާށިދޫ، އއ. ތޮއްޑޫ، އދ. އޮމަދޫ، ވ. ރަކީދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. އިސްދޫ ކަލައިދޫ، ގއ. ނިލަންދޫ، ގދ. ހޯޑެއްދޫ، ޏ. ފުވައްމުލައް، އައްޑޫ ސިޓީއިން ހުޅުމީދޫ އަދި މާލެ ސިޓީގައެވެ.

ހދ. ކުޅުދުއްފުށީގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު އިފްތިތާޙް ކޮށްދެއްވުމާއެކު18 އަތޮޅާއި 2 ސިޓީގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ،
ހއ. ކެލާގައި: ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު މުޙައްމަދު ޝިފާޒް،
ށ. ކަނޑިތީމުގައި: ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު ހާމިދު ޢަބްދުލްޣަފޫރު،
ނ. ލަންދޫގައި: ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް)،
ރ. ހުޅުދުއްފާރުގައި: މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ،
ބ. ގޮއިދޫގައި: ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އިލިޔާސް ލަބީބް،
ޅ. އޮޅުވެލިފުށީގައި: އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު އަޙްމަދު ޢަބްދުﷲ،
ކ. ކާށިދޫގައި: މަހިނބަދޫ ދާއިރާގެ ރައްޔިތުންގެ މަޖްލިސް މެމްބަރު ރުޤިއްޔާ މުޙައްމަދު،
އއ. ތޮއްޑޫގައި: ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ވަޙީދު،
އދ. އޮމަދޫގައި: މާފަންދު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު،
ވ. ރަކީދޫގައި: ރައީސް ނަޝީދު ސަރުކާރުގެ ޔޫތު މިނިސްޓަރ އަލްއުސްތާޛް ޙަސަން ލަޠީފް،
މ. މުލީގައި: ތިނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޤަސަމް / ވެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ މުޙައްމަދު،
ފ. ނިލަންދޫގައި: ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރިޔާޒް،
ދ. ކުޑަހުވަދޫގައި: ބިލެތްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޙަމްޒާ / މައްޗަންގޮޅި ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ރަޝީދު (ކުބޭ)،
ތ. ވޭމަންޑޫގައި: ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ނާޒިމް ރަޝާދު،
ލ. އިސްދޫ ކަލައިދޫގައި: ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު އަސްލަމް،
ގއ. ނިލަންދޫގައި: މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ޠާރިޤް،
ގދ. ހޯޑެއްދޫގައި: މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ނާޒިމް،
ޏ. ފުވައްމުލަކުގައި: ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ރަޝީދު،
އައްޑޫސިޓީ ހުޅުމީދޫގައި: މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ރިޒާ،
މާލޭ ސިޓީގައި: ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ ޢަބްދުﷲ އެވެ.

“އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު އިފްތިތާހް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ސިޔާސަތު އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ.


އެގްރިވިޔަފާރި: ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ" މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި ސިޔާސަތު އަތޮޅު ފެންވަރުގައި މިއަދު ހަވީރު 04:15 ގައި އިފްތިތާޙް ކުރުން އޮންނާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ. އަތޮޅުފެންވަރުގައި މިކަން އިފްތިތާޙްކޮށްދެއްވާނީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު އަސްލަމް ކަމަށްވެސް އެޕާޓީން ބުނެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް