ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ރާއްޖޭގެ ދެ ފަޅުރަށް އެމެރިކާއަށް ދެނީ!!

ލިޔުނީ: Unknown - Sunday, May 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އައްޑޫގައި އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން މިދިޔަ އަހަރު ބޭއްވި ތަމްރީނެއްގެ ތެރެއިން  - ފޮޓޯ:އޭޝިއަން ޓްރިބިއުން
އެމެރިކާ ސިފައިންނަށް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުން، ސްޓޭޓަސް އޮފް ފޯސަސް އެގްރީމަންޓް (ސޯފާ) އެގްރީމަންޓުގެ ދަށުން، ރާއްޖޭގެ ދެ ފަޅުރަށް އެމެރިކާއަށް ދިނުމަށް ހަމަޖައްސާފައިވާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ދިވެހި ސަރުކާރާއި އެމެރިކާއާ ދެމެދުގައި އެސްއޯއެފްއޭ އެއްގައި ސޮއިކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މި އެގްރީމަންޓުގައިސޮއިކުރުމަށް ތައްޔާރުވަމުން އަންނަކަން ޑިފެންސް މިނިސްޓަރ އަހުމަދު ނަޒިމް ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ.

ޑްރާފްޓް ކުރެވިފައިވާ އެއްބަސްވުމުގައި ވާގޮތުން އެމެރިކާއަށް އެމީހުން ބޭނުން އިރަކު ބޭނުން ކަމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު ބޭނުން ކުރެވޭނެއެވެ. އަދި އެމެރިކާއަށް ގިނަގުނަ ފައިދާތަކާއި ހުއްދަތަކެއް ރާއްޖޭގެ ސަރަހައްދުގައި ލިބިއެވެ. އެގޮތުން ވިއެނާ ކޮންވެންޝަންގެ ދަށުން ލިބިގެންވާ ހުރިހާ ބާރެއް ރާއްޖޭގެ ސަރަހައްދުގައި އެމެރިކާއަށްވެސް ލިބިގެން ދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސަރަހައްދުގައި އެމެރިކާ ރައްޔިތަކު ކުރާ ކުށަކަށް ރާއްޖޭގައި ޝަރީއަތެއް ނުހިންގޭނެއެވެ. ކޮންމެ ފަދަ ކުށެއް ކުރިނަމަވެސް އެކަމަށް ޝަރީއަތް ހިންގާނީ އެމެރިކާ ޤާނޫނުގެ ތެރެއިންނެވެ.


މީގެ އިތުރުން ޑިއުޓީގައި ހުންނަވަގުތު ޔުނިފޯމް ގައި ހަތިޔާރާ އެކު އެމެރިކާ ސިފައިންގެ މީހުންނަށް ރާއްޖެއަށް އެތެރެވެވޭނެއެވެ. ޓެކްސްއެއް އެކަހަލަ އެއްވެސް ޗާޖެއް ނެތިއެވެ. ހަމަ މިއާ އެކު ޑިއުޓީގައި ހުންނަ ވަގުތު ޗެކް ކުރުމެއް ނެތި، ބޭނުންވާ ކޮންމެ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ހުއްދަ މި އެއްބަސްވުމުގެ ދަށުން ލިބެއެވެ.

މިފަދަ އެގްރީމެންޓެއް ޑްރާފްޓް ކުރެވިފައިވީ ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީގެ 77 ވަނަ މާއްދާގެ 3ގައި ވަނީ “ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ ބަޔަކަށް މިލިޓަރީ ބޭނުމަކު ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަޔާ އެކު” ކަމަށެވެ.

މި އެގްރީމެންޓެއްގެ ވާހަކަ ފެންމަތިވެފައި މިވަނީ ދާދި ފަހުން އެމެރިކާގެ މަނަވަރެއް ރާއްޖެ އައިސް ސަރުކާރުގެ އިސްފަރާތްތަށް އެމަނަވަރަށް ޒިޔާރަތްކޮށްފައިވަނިކޮށެވެ..

މީގެ އިތުރުން ރައީސް ވަހީދުގެ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުވެސް ވަނީ ސޯފާ އެގްރީމަންޓާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބަނޑާރަ ނައިބުކަމުން އާޒިމާ ޝަކޫރު ދުރުކުރެވުނީވެސް މި އެއްބަސްވުމުގެ މައްސަލައިގައި ހިޔާލުތަފާތު ވެގެންކަމަށް ވަނީ އަޑުފެތުރިފަ އެވެ.
http://asiantribune.com/node/62490
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް