އަންނަ ނޮވެމްބަރު 11ގެ ފަހުން ރާއްޖޭގެ ވެރިކަމުގައި އިންތިހާބު ނުވާ
ވެރިއަކު ހުރުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށް ޤާސިމް އިބްރާހިމް
ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް މިހެން
ވިދާޅުވެފައިވަނީ އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވާހަކަފުޅު ދައްކަވަމުންނެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، ނޮވެމްބަރު 11ގެ
ފަހުން އިންތިހާބު ނުވާ ވެރިޔަކު ވެރިކަމުގައި ހުރުމަކީ ޤާނޫނު އަސާސީއިން
ތަންދޭކަމެއް ނޫންކަމަށެވެ.
ޤާސިމް މިހެން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގެ
ފުރަތަމަ ބުރު ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން
އެކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ރައްޔިތުން އިންތިހާބުކުރާ ވެރިއަކު
ވެރިކަމާއި ހަވާލުވަންދެން މިހާރުގެ ރައީސް ޑރ،މުހަންމަދު ވަހީދު ހަސަން
މަނިކަށް 11 ނޮވެމްބަރުގެ ފަހުންވެސް ވެރިކަމުގައި ހުރެވޭނެކަމަށެވެ.
No comments: