ފަހުގެ ޚަބަރު


އިތުރަށް...

ރާއްޖެޓީވީގައި ހުޅެޖެހި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ލިޔުނީ: Unknown - Tuesday, October 15, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރާއްޖެޓީވީ އަންދާލިކަމުގެ ތުހުމަތުގައި ދެވަނަ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
 
ރާއްޖެޓީވީގައި ހުޅުޖަހައި މުޅި އިމާރަތް އަންދާލައި، ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ފުލުހުން ދެވަނަ މީހަކު ހައްކަޔަރުކޮށްފައިވާކަމުގެ މައުލޫމަތު ރާއްޖެޓީވީއަށް ވަނީ އިތުރުބާރު ހުރިގޮތެއްގައި ލިބިފައެވެ. ނަމަވެސް ރާއްޖެޓީވީގައި ހުޅުޖެހި މައްސަލައިގައި މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމެއް ފުލުހުންގެ އިދާރާއިން ކަށަވަރުކޮށްދީފައެއްނުވެ.

މައުލޫމާތު ކަށަވަރުކުރުމަށް ފުލުހުންގެ އިދާރާއަށް ގުޅާލުމުން، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތި މައްސަލައިގައި އެއްވެސް އެއްޗެއް ހާމަކުރަން ބޭނުން ނުވާކަމަށެވެ.

"ފުލުހުންގެ އިދާރާއިން ބުނިންތޯ އެންމެ މީހަކުވެސް ހައްޔަރުކުރިވާހަކަ، ނުބުނަން ދެއްތޯ" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީހަކު ހައްޔަރުކުރިކަން ފުލުހުންގެ އިދާރާއިން ކަށަވަރު ނުކޮށްދިން ނަމަވެސް މީގެކުރިންވެސް ރާއްޖެޓީވީގައި ހުޅުޖަހައި އިމާރަތް އަންދާލި މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ރާއްޖެޓީވީގައި ހުޅުޖަހައި އަންދާލުމުން ކަޑު ސުކުންތުކޮޅެއްގެ ތެރޭގައި އެތަށް ބަޔެއް ވިޔަފާރިތައް ބިމާ ހަމަވެގެންދިޔައިރު، ސީސީޓީވީ ފުޓޭޖްތަކުން ރާއްޖެޓީވީ އަންދާލުމުގައި މަސައްކަތްކުރާ މީހުންގެ މޫނުވެސް ފެންނައިރު، ނަމަވެސް މިހާތަނަށް މިކަމުގައި ތަހުޤީޤީ އިދާރާތަކުން ރަސްމީ ބަހެއް ބުނެފައިނުވާތީ ގިނަ ބަޔަކު ގެންދަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފައްދަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް