ރާއްޖެޓީވީ ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯކޮށްލި ޓެރަރިސްޓުންނަށް ރާއްޖޭގެ ބައެއް ރިސޯޓުތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށުގައި ހުރި ރަށްރަށުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ރާއްޖެޓީވީއަށް މަޢުލޫމާތު ލިބިއްޖެއެވެ.
މިހާތަނަށް ދެ ރިސޯޓަކުން ރާއްޖެޓީވީގައި ރޯކޮށްލި ޓެރަރިސްޓުންނަށް ހިމާޔަތްދީފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ވަނީ އެފަދަ މަޢުލޫމާތު ރާއްޖެޓީވީއާއި ހިއްސާކޮށްފައެވެ. އެގޮތުން މި ރިސޯޓުތަކުގައި ޓެރަރިސްޓުން ގެންގުޅެމުންދަނީ ވަރަށް ފޮރުވައިގެން ކަމަށާއި، ރިސޯޓުގެ 'އެރައިވަލް' ލިސްޓުގައި ވެސް އެފަރާތްތައް ހިމަނާފައި ނުވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ޝަރަފުވެރި މުއައްސަސާއެއްގެ ބެލުމުގެ ދަށުގައި އޮންނަ ރަށެއްގައި ވެސް ރާއްޖެޓީވީއަށް ހަމަލާދިން ޓެރަރިސްޓަކު ބަހައްޓައިގެން، ހިމާޔަތްދެމުންދާ ކަމަށާއި، އެރަށުގައި ހުރީ ރާއްޖެޓީވީ ރޯކޮށްލި ދަނޑިވަޅުގައި އަލިފާންގަނޑު ފެތުރިގެން ދިޔައިރު، ފިހުނު މީހާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. މި ރަށުގައި ހުރި ޓެރަރިސްޓުގެ މަޢުލޫމާތު ވެސް އެރަށުގައި މަސައްކަތްކުރަމުންދާ ފަރާތަކުން ރާއްޖެޓީވީއާއި ހިއްސާކޮށްފައިވެއެވެ.
ރާއްޖެޓީވީއަށް ދިން ޓެރަރިޒަމްގެ ހަމަލާގެ ފަހަތުގައި ސަރުކާރުގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަހުމަދު އަދީބުގެ ބޮޑު ހިއްސާއެއް ވާކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ދަނީ ވާހަކަ ދެކެވެމުންނެވެ. މިފަދަ ބޮޑު ތުހުމަތެއް އޭނާއާ މެދު ކުރެވިފައިވާއިރު ފުލުހުން އޭނާއަށް މިހާތަނަށް ސުވާލުކޮށްފައެއް ނުވެއެވެ.
ޓެރަރިސްޓުންނަށް ހިމާޔަތްދެމުންދާ ރިސޯޓުތަކާއި ސަރުކާރުގެ ރަށްރަށުން، އެފަރާތްތައް ކަމާބެހޭ ފަރާތްތަކާއި ހަވާލުނުކޮށްފި ނަމަ، އެތަންތަނުގެ މަޢުލޫމާތު ރާއްޖެޓީވީން އާއްމުކޮށް، ދުނިޔޭގެ ސަމާލުކަމަށް ގެންނާނެ ކަމަށް ރާއްޖެޓީވީން ދަނީ ބުނަމުންނެވެ.
ސަރުކާރުގެ ވަޒީރުންނާއި، ބައެއް މުއައްސަސާތަކުގެ އިތުރުން ސަރުކާރަށް ތާޢީދުކުރައްވާ ފަރާތްތަކުގެ ރިސޯޓުތަކުގެ ހިމާޔަތުގައި ރާއްޖެޓީވީ އަންދާ އަޅިއަށް ހަދާލި ޓެރަރިސްޓުން އުޅެމުންދާއިރު، މިމަހުގެ 7 ވަނަ ދުވަހުގެ ފަތިހު ރާއްޖެޓީވީ ހުންނަ ޢިމާރާތަށް ޓެރަރިސްޓުން ވަދެ ދިން ލާއިންސާނީ ހަމަލާގައި، އެ ޢިމާރާތުގައި ރާއްޖެޓީވީގެ މާސްޓަރ ކޮންޓްރޯލު ރޫމް އެއްކޮށް އަނދާ ހުލިވެ، އެތަނުގައި ހުރި އެހެނިހެން އޮފީސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ޓެރަރިޒަމްގެ ޢަމަލު ހިންގި ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެނެސް، ޙައްޤު އަދަބު ދިނުމުގައި، ސަރުކާރުން ފަސްނުޖެހޭނެ ކަމަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އަރާވަޑައިގެން ހުންނެވި ޑރ. ވަހީދު ހަސަން މަނިކު ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. ވަހީދު ހަސަން މަނިކު މިހެން ވިދާޅުވި ނަމަވެސް، ކެމެރާތަކުންނާއި ފެނިފައިވާ ސާފު މަންޒަރުތަކުންނާއި، މަންޒަރުދުށް އެތައް ބައެއްގެ ވާހަކަތަކުން އެކަންކުރީ ކޮންބައެއްކަން ޔަޤީނާއި ގާތަށް އެނގެން އޮތްއިރު، ފުލުހުންނަށް މިހާތަނަށްވެސް އެކަން ކުރި ބަޔަކު ހޯދިފައެއްނުވެއެވެ. އަދި މި ޓެރަރިޒަމްގެ ހަމަލާގެ ތުހުމަތުގައި މިހާތަނަށް އެންމެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބޭއިރު، އެއިން އެއްވެސް މީހެއްގެ މަޢުލޫމާތެއް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ.
މިނުރައްކާތެރި ޖަރީމާގެ ތަހްގީގް ގެންދާ ސްޕީޑާމެދު ހިންހަމަ ނުޖެހިގެން ވަރަށް ގިނަ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

No comments: