މިއަހަރުގެ ރިޔާސީ އިންތިހާބްގައި އިންތިހާބްވާ ވެރިއަކަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ވެރިކަން ހަވާލުކުރަން ޖެހޭނެކަމަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަޟްހާ އީދުގެ މުނާސަބަތުގައި ޤައުމާއި މުހާތަބް ކުރައްވާ މިއަދު ދެއްވި ހިތާބުގައެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވީ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއި އެކު ގެންދެވުމާއި އިންތިހާބުވާ ރައީސްއަކަށް ވެރިކަން ހަވާލުކުރުމަށް ހުރިހާ ފަރާތަކުން އެއްބާރުލުން ދޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
"ކުރިއަށް އޮތް ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއިއެކު އިންސާފުވެރިކަމާއިއެކު ސުލްހަވެރިކަމާއިއެމު ކުރިއަށް ގެންގޮސް ނިންމަވަމާ ހިންގަވާ، އެކަމުގައި ހުރިހާ ފަރާތްތަކަކުންވެސް އެއްބާރުލުން ދެއްވުމަށްއެދެން. ދެވަނަ ކަމަކަށް އިންތިހާބްވާ ރައީސް އަކަށް އެގާރަ ނޮވެމްބަރުގައި ވެރިކަން ހަވާލުކުރަން ޖެހޭނެ، އެކަމުގައި އެއްވެސް ފަރާތަކުން ފަސް ނުޖެހޭނެކަމަށް އަޅުގަނޑު ޔަގީން ކުރަން، މިދެކަންތައް ކުރެވޭނީ މިހާރު ތިއްބެވި ކެންޑިޑޭޓުން މިމަހުގެ ނަވާރަ ވަނަ ދުވަހު އިންތިހާބާއި ބެހޭގޮތުން ދޫދެއްވެން އޮތް އެންމެ ބޮޑަށް ދޫދެއްވައިގެން" ރައީސް ވިދާޅުވިއެވެ.
އަދި މި ފަހު ވަގުތުގައި އެއްވެސް ކެންޑިޑޭޓެއް އިންތިހާބުން ބޭރުކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި އިލްކެޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއި އެކު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަދި ޤައުމުގެ ހާލަތަކީ ސިޔާސީގޮތުން ނުރައްކާތެރިވެދާނެ ހާލަތެއްކަމަށާއި އިޤްތިޞާދީގޮތުން ރައްޔިތުން ނިކަމެތިވެދާނެ ހާލަތެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަހީދު އިތުރަށް ވިދާޅުވީ ވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ މަޞްލަޙަތާއޮ ޤައުމުގެ މަތިން މިވަނީ ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައިކަމަށާއި ރައްޔިތުންނަކީ، ހަމައެކަނި ވެރިކަމަށް އައުމަށްޓަކައި ބޭނުންކުރެވޭ ހަތިޔާރަކަށްވަނީ ވެފައިކަމުގައެވެ.
"އެއްބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ އަނެއްބަޔަކު ނެތިހިނގައިދާނެކަމުގެ ބިރު ހީވެފައި. ވީމާ، ދޫ ދިނުމަކީ، ބަލި ޤަބޫލުކުރުމަކީ، ދިރިތިބުމާ މަރުވުމާ ދޭތެރޭގައި އޮތް ކަމަކަށްވަނީ ވެފައި. މި ދަރަޖައަށް ސިޔާސީ ކަންކަން ގެންދެވިފައިވާއިރު މި ޤައުމުގެ ގިނަ ރައްޔިތުންނަކީ ސުލްހަވެރި، އުފާވެރި، ހަމަޖެހޭ ދުވަސްތަކަކަށް އިންތިޒާރު ކޮށްގެން ތިބި ބައެއް" ރައީސް ވިދާޅުވިއެވެ.

No comments: