އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ކަންކަންކުރާ ހުނަރު ދަސްކުރަންޖެހޭކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ އެމްބީސީ، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ އިލެކްޝަނަށް ރީރެޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ދިޔައިރު ރެއާއި ދުވާލު މަސައްކަތްކޮށްގެން ޕީޕީއެމްއަށް ފުރިފައިވަނީ 13 ހާސް ނުވަތަ 14 ފޯމް ކަމުގައެވެ. ނަމަވެސް ހަމަ އެމުއްދަތުގެ ތެރޭގައި އެމްޑީޕީން 35 ހާސް ފޯމް ހުށައަޅާފައިވާކަމަށް ޔާމީން ވިދާޅުވިއެވެ.
"މިސާލަކަށް ވިސްނާލައްވާ މިހާރު މިދާ ތިންރޭ، ކެމްޕެއިން މިހާކައިރި މާލޭގައިވެސް އަދި ރަށް ރަށުގައިވެސް އަޅުގަނޑުމެންނަށް ކުރެވޭނެ މާގިނަ މަސައްކަތެއް ނެތް ދެއްތޯ، މޫސުމަށް މި ވިއްސާރަޔާއިހެދި މިރޭވެސް އަޅުގަނޑުމެން ރާވާފަހުރި މަގުމަތީގެ ހުރިހާ އިވެންޓެއް މި ކެންސަލްކުރީ. އިކީ އަޅުގަނޑުމެން އެންމެ ހިތް އެދޭގޮތެއްނޫން އެހެން ނަވެސް ހަމަ މިކަހަލަ ކަންތައް ދިމާވާނެ ދެއްތޯ، އެކަމު އަޅުގަނޑުމެންނަށް އެކަނި ދިމާވާކެއްން ނޫން ދެއްތޯމީ އެމްޑީޕީއަށްވެސް ދިމާވޭ ޖުމްހޫރީ ޕާޓީއަށްވެސް ދިމާވޭ އަޅުގަނޑުމެންނަށްވެސް ދިމާވޭ އެހެންވީމަ މިކަމުގެ އަސަރުހަމަ ހުރިހާ އެންމެންނަށް އެއްވަރަކަށް ކުރާނީ ދެއްތޯ. އެހެން ނަމަވެސް މިކަމުގެ އަސަރުކުރާ މިންވަރަށް ބަލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފަ އޮތް ގޮތުން ވެއްޖެޔާ މި ރީރެޖިސްޓްރޭޝަންގެ މަސައްކަތުގަވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެން ވަރަށް ބުރަކޮށް މިމަސައްކަތްކުރީ، އަޅުގަނޑުމެން މަސައްކަތްކުރަނީ ނަސަންދުރަ ތެރޭގައި ރެޔާއިދުވާލު އެތައްބަޔަކު މިމަސައްކަތްކުރީ އެހެން ނަމަވެސް އަޅުގަނޑުމެންނަށް ތޭރަ ނުވަތަ ސާދަ ހާސް ފޯމް ފުރުރީ ދެން އެކަމަކު އެއްދުވަހުގެ ތެރޭގައި އެމްޑީޕީން ހުށައަޅައިފިކަން ނޭންގެ ތިރީސް ފަސް ހާސް ފޯމް، އެހެންވީމަ އެބޭފުޅުން އެކަންކަން ކުރައްވާ ހުނަރު އަޅުގަނޑުމެން ދަސް ކުރަންވީ އަސްލުގަ" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން މިރޭވަނީ ރައީސް ނަޝީދާއި ދެކޮޅަށް އެއް ކެނޑިޑޭޓަކު ނެރުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބު ވިގޮތާއިމެދު ވާހަކަފުޅު ދައްކަވާފައެވެ. ޔާމީން ވިދާޅުވީ ގާސިމް އިބްރާހިމް އަދިވެސް ޔާމީނާއި އެވާހަކަ ނުދައްކަވާކަމަށާއި ދެއްކެވި ވާހަކައެއް ދެއްކެވީ ރައީސް މައުމޫނާއި ކަމުގައެވެ. އަދި ގާސިމްއާއި ބައްދަލުކުރުމަށްއެދި އަދިވެސް އެފުރުސަތު ލިބިފައި ނުވާކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެއް ކެނޑިޑޭޓަކު ނެރުމަށް ރައީސް ވަހީދަކީ ޗޮއިސްއެއް ނޫންކަމަށާއި ރައީސް ވަހީދުގެ ރަނިންމޭޓްވެސް ރައީސް ވަހީދުގެ ފަހަތް ފުޅުގައި ނެތްކަމުގައެވެ. އަދި ރަނިންމެޓަކުނެތި އިންތިހާބުގައި ވާދަކުރުމަކީ ގާނޫނީ ގޮތުންވެސް ކުރެވޭނެކަމެއް ނޫންކަމަށާއި އެމްޑީޕީ ފިޔަވާ އެންމެ ގިނަ ވޯޓް ލިބުނީ ޕީޕީއެމްއަށް ކަމަށްވާއިރު ޕީޕީއެމްގެ ފަހަތަށް އެހެން ކެނޑިޑޭޓުން ނާންނަންވީ ސަބަބެއް ވިސްނި ވަޑައި ނުގަންނަވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

No comments: