ރާއްޖެޓީވީ ހިންގާ އިމާރާތުގައި ރޯކޮށްލި
ޓެރަރިސްޓުންކަމަށް ތުހުމަތުކުރެވޭ މީހުންގެތެރެއިން ދެ މީހުންގެ ފޮޓޯއާއި
މައުލޫމާތު އިތުބާރު ހުރިގޮތަކަށް ރާއްޖެޓީވީއަށް ލިބިއްޖެކަމަށް އެ ސްޓޭޝަނުން ބުނެފިއެވެ..
ރާއްޖެ ޓީވީން ބުނީ ފުލުހުން ހާމަކޮށްފައިވާގޮތުގައި ރާއްޖެޓީވީ ރޯކޮށްލި ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި މިހާތަނަށް ތިން މީހެއް ހައްޔަރުކޮށްފައިވާކަމަށެވެ. އެފަރާތްތަކުގެ ނަމެއްވެސް އަދި އެއީ ކޮން ބައެއް ކަމެއްވެސް ފުލުހުން މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް، ހައްޔަރު ކުރެވުނު މީހުންގެ އުމުރު ފުލުހުންވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެއްކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވާ 18 އަހަރުގެ މީހަކީ ބަންޑޭރިކޮށި 124 ގައި ދިރިއުޅޭ ވ.ފެލިދޫ ޒަމާނީ ވިލާ ޔޫސުފް އަޒާޒް އިބްރާޙީމެވެ.
އަދި 24 އަހަރުގެ މީހަކީ ބަންޑޭރިކޮށި 152 ގައި ދިރިއުޅޭ ހުޅުމާލެ ދަފްތަރު 10118 އަހްމަދު ޖައުފަރެވެ.
ރާއްޖެޓީވީއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ރާއްޖެޓީވީއާއި ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމައަށް ސިއްރު ކުރާނެކަމަށް މީގެކުރިންވެސް މިސްޓޭޝަނުންވާނީ ބުނެފައެވެ. އަދި އާއްމު ރައްޔިތުންގެ ފަރާތުން މިކަމުގައި ލިބެމުންދާ ގިނަ ގުނަ މައުލޫމާތަށްޓަކައި، ސްޓޭޝަންގެ ފަރާތުން އެފަރާތްތަކަށް ނިހާޔަތަށް ޝުކުރު އަދާކުރެއެވެ.
ރާއްޖެޓީވީގައި ހުޅުޖަހައި ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި އެތަށް ބައެއްގެ ވިޔަފާރިތައް ބިމާ ހަމަވެގެންދިޔައިރު، ސީސީޓީވީ ފުޓޭޖްތަކުން ރާއްޖެޓީވީ އަންދާލުމުގައި މަސައްކަތްކުރާ ބައެއް މީހުންގެ މޫނުވެސް ފެންނަން ހުރެއެވެ. ނަމަވެސް މިހާތަނަށް މިކަމުގައި ތަހުޤީޤީ އިދާރާތަކުން މިމައްސަލަ ކުރިއަށްގެންދާ ސްޕީޑާއި، ލިބެމުންދާ ކުރިއެރުންތަކަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖެޓީވީ ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯކޮށްލި ޓެރަރިސްޓުންނަށް ރާއްޖޭގެ ބައެއް ރިސޯޓުތަކުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށުގައި ހުރި ރަށްރަށުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ރާއްޖެ އެމްވީއަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.
މިކަމުގައި ސިޔާސީ ފަރާތްތަކެއް އަޑީގައި ތިބި ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

No comments: