ފަހުގެ ޚަބަރު


އިތުރަށް...

އިންތިޚާބަށް އެދި އެމްޑީޕީން މަގުމަތީ ހަރަކާތައް ނިކުމެއްޖެ

ލިޔުނީ: Unknown - Saturday, October 19, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
21:25
ކައުންސިލް ބައްދަލުވުމަށް ފަހު ތަސްމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
21:23 ތަސްމީން: ނޮވެމްބަރު 11 ގެ ކުރިން ރައީސަކު އިންތިހާބު ކުރަން ސަރުކާރުން މަސައްކަތެއް ނުކުރޭ. ޑިއާރުޕީގެ ކައުންސިލުން ނިންމާފައިވާ ނިންމުމަށް މެމްބަރުން ތަބާވާން ޖެހޭނެ.
21:20 ތަސްމީން: އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުކުތް ހިސާބުން ވަހީދުގެ ސަރުކާރުން އަމަލު ކުރި ގޮތުން މައްސަލަތައް އުފެދުނީ. ކައުންސިލުން ނިންމާފައި ވަނީ ސަރުކާރުގައި ތިބި ޑީއާރުޕީގެ މީހުން އިސްތިއުފާ ދޭން އެދުން.
21:14
21:11 ސަރުކާރުގައި ތިއްބެވި ޑީއާރުޕީގެ އެއްވެސް މިނިސްޓަރަކު ކައުންސިލް ބައްދަލުވުމަކަށް ވަޑައެއްނުގަންނަވާ. ކައުންސިލްގެ ބައްދަލުވުމުގައި 13 ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކާއި ރިޔާސަތުގައި އިންނެވި ތަސްމީން ފިޔަވައި އެހެން ބޭފުޅުން ވަނީ ސަރުކާރުން ވަކިވާން ވޯޓު ދެއްވާފައި.
21:09 ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ކޯލިޝަނުން ޑީއާރުޕީ ވަކިވީ އިންތިހާބުގެ ކަންތައްތަކުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތްތަކާ ހުރެ ކަމަށް. ޑީއާރުޕީ އަކީ، މިހާރު އޮތް ޑރ. މުހަންމަދު ވަހީދުގެ ސަރުކާރުގައި ހިމެނޭ އެއް ބައިވެރިޔާ. ޑީއާރުޕީގެ ބައެއް މެމްބަރުން މިނިސްޓަރު ކަމާއި ސަރުކާރުގެ އިސް ބައެއް އެހެނިހެން މަގާމުތަކުގައި އެބަތިއްބެވި.
21:00 ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޑީއާރުޕީން ނިންމައިފި
19:34 އެމްޑީޕީން މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރަނީ ރަނގަޅަށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެގޮތަށް އިހުތިޖާޖު ކުރަމުންދާ ނަމަ، މާލޭގައި ދޭން ޖެހޭ ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ދެންމެ ބުނެފި.
އެ ކައުންސިލްގެ 11 މެމްބަރުންގެ ތެރެއިން އަށް މެމްބަރަކު ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި، މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވިދާޅުވީ ވޯޓުލުން މިއަދު ކެންސަލް ކުރުމާ އެކު ރައްޔިތުންގެ ވަރަށް ބޮޑު ހައްގެއް ގެއްލިގެން ހިނގައިދާނެ ކަމަށް. އަދި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ދެމުން އަންނަ ވަރަށް ގިަ ހިދުމަތްތަކަށް އޭގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރަން ވަރަށް އުނދަގޫ ވާނެ ކަމަށް. އަލިބެ ވިދާޅުވީ ނޮވެމްބަރު 11 ގައި އާ ރައީސަކު އިންތިހާބު ވުމުގެ ކުރިން މާލޭ ސިޓީ ކައުންސިލް ފުރިހަމަ ގޮތުގައި ނުހިންގޭނެ ކަމަށް.


18:29
 
މުޒާހަރާގެ ބައިވެރިން މަޖީދީމަގުގައި މަޣްރިބް ނަމާދުކުރަނީ
18:21 ޝަރުތުތަކާ އެކު ހޮނިހިރުދުވަހު އިންތިޚާބު ބާއްވަން ޖުމްހޫރީ ޕާޓީން ހުށަހަޅައިފި. ދެންމެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ ފުރަތަމަ ބުރު އަންނަ ހޮނިހިރުދުވަހު ބާއްވައި ދެވަނަ ބުރު ނޮވެމްބަރު 2 ގައި ބާއްވައި ނޮވެމްބަރު 11 ގެ ކުރިން އާ ރައީސަކު ހޮވުމަށް އިލެކްޝަންސް ކޮމިޝަނަށް ވާނީ ހުށަހަޅުއްވާފައި ކަމަށް. އެއާއެކު ހަތަރު ޝަރުތެއް ގާސިމް ހުށަހެޅުއްވި. އެއީ: ވޯޓާސް ލިސްޓަކީ ޑީއެންއާރުގެ ޑޭޓާބޭސްކަން ކަށަވަރުކުރުން، އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ސިސްޓަމްތައް އިންތިޚާބު ބޭއްވެންދެން އެންސީއައިޓީން މޮނިޓަކުރުން، ރީ ރެޖިސްޓްރީކުރި މީހުންގެ ފަސް ޕަސެންޓް މީހުންގެ ފިންގަޕްރިންޓް ފުލުހުން ލައްވާ ވެރިފައި ކުރުވުން އަދި ފައިނަލް ވޯޓާސް ލިސްޓުގައިވާ މައްސަލަތައް ޕާޓީތަކުން ތިންދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅައި ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ކެންޑިޑޭޓުން ލިސްޓުގައި ސޮއިކުރުން.
18:11 ފެރީގެ ޚިދުމަތް ވެސް ހުއްޓާލަން ޖެހިދާނެ ކަމަށް އެމްޓީސީސީން ބުނެފި. އެ ކުންފުނީގެ ޓްރާންސްޕޯޓް ޑިރެކްޓަރު އިސްމާއީލް ފާރިގު ވިދާޅުވީ އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް. އިތުރު ތަފްސީލެއް އޭނާ ނުދެއްވާ.
18:05

މުޒާހަރާގެ ބައިވެރިން މަގުމަތީގައި ބާބެކިއު ހަދަނީ

18:01 މުޒާހަރާއާ ގުޅިގެން މަގުތައް ބަންދުވެފައި ވާތީ ހުޅުމާލޭ ބަހުގެ ޚިދުމަތް ހުއްޓާލައިފި. އެނގިފައިވާ ގޮތުގައި ހަވީރު 4:00 އިން ފެށިގެން އެމްޓީސީސީގެ ބަހުގެ ޚިދުމަތް ވަނީ މެދުކެނޑިފައި.
17:59 ގަލޮޅު ދަނޑު ކައިރީގައި ހުންނަ މިސްކިތުގެ ގޯޅިން ނުކުތް އަމިއްލަ ކާރަކަށް ނުދެވިގެން މައްސަލަ ހޫނުވެއްޖެ. މީހަކު ގޮވައިގެން ހޮސްޕިޓަލަށް ދާން އުޅުނު އެ ކާރު މަޖީދީމަގަށް ނުކުތުމުން ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި. ދުއްވަން އިން މީހާ ރުޅިގަދަވެގެން މަގުމަތީގައި ހުރި އެއްޗެހި ނަގާ އުކާލާފައި މިހާރު ހިނގައްޖެ.
17:45 ނަޝީދުގެ ވާހަކަ ނިންމަވާލައްވައިފި
17:43 ރައީސް ވަހީދު ވެރިކަމުން ވަކިކޮށް، ހިފާ ހައްޔަރުކޮށް ޖަލަށް ލުމަށް ނަޝީދު ގޮވާލައްވައިފި.

17:42  ލ. ފޮނަދޫ އެމްޑީޕީ މެންބަރުންވެސް އެމްޑީޕީ ހަރުގެ ހިމެނޭ ސަރަޙައްދުގައި މަގުމަތީގައި އިހްތިޖާޖް ފަށައިފި

17:42 ރައީސް ވަހީދާއި ޕޮލިސް ކޮމިޝަނަރު ރިޔާޒް އާއި ޑިފެންސް މިނިސްޓަރު ނާޒިމް ހައްޔަރުކުރަން ނަޝީދު ގޮވާލައްވައިފި.
17:41 ނަޝީދު: އަޅުގަނޑުމެން ދެކޭގޮތުގައި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގެން ޖެހޭނެ. މިހާރު ފެންނަމުން މިދަނީ ބަޣާވާތް ދެމެހެއްޓުމުގެ މަސައްކަތް. ރައްޔިތުން ތިބީ އެކަން ވަރިހަމަކޮށްގެނެއް ނޫން. މިއަދުގެ އިހުތިޖާޖުތައް ކުރިއަށްދަނީ "ދެޓް މޭން، ދެޓް މޭން" އުސޫލުން
17:36 މަޖީދީމަގު - ސޯސަންމަގު ޖަންކްޝަންގައި ނަޝީދު ވާހަކަދައްކަވަނީ
17:24 އެމްޑީޕީގެ އިހުތިޖާޖުގައި ބައިވެރިވާ ބައެއް މީހުން ސޯސަންމަގުގައި ވެސް އެބަތިިބި
17:20 ނާޒިމް: އިންތިޚާބު ބާއްވާނެ ތާރީޚަކާ މެދު ދެންމެ އެއްބަސްވެވިއްޖެ. އެކަމާ މެދު ގޮތެއް ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުން. ކޮމިޝަނުން މިރޭ ތާރީޚް އިއުލާންކުރާނެ. ސަރުކާރުގެ ފަރާތުން އިންތިޚާބުގެ ކަންކަމަށް އަޅުގަނޑު ވަނީ އެޕޮއިންޓްކޮށްފައި. އެހެންކަމުން ވަކި ޕާޓީއަކަށް ތާއީދުކުރުން މިހާރުން ފެށިގެން ހުއްޓާލައިފިން. ރިޔާސީ ކެންޑިޑޭޓުން މިރޭ 8-10 އަށް އަޅުގަނޑާ ބައްދަލުކުރެއްވުމަށް ދައުވަތު އަރުވާނަން.
17:18 ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު ޑިފެންސް މިނިސްޓަރު ނާޒިމް ނޫސްވެރިންނާ ވާހަކަދައްކަވައިފި. 

17:16 ގދ. ތިނަދޫގައި ވެސް ދަނީ މުޒާހަރާކުރަމުން. ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމް އާއި މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާ. ތިނަދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ކުރިއަށްދާ މުޒާހަރާގެ ބައިވެރިން ތިބީ ސަތަރި އަޅައިގެން މަގުމަތީގައި އިށީނދެގެން. ގިނަ އަދަދަކަށް ފުލުހުން އެބަތިބި. މަގު ވަނީ ދެކޮޅުން ބަންދުކޮށްފައި.
17:09 ރައީސް ވަހީދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުން ނިންމަވާލައްވައިފި. ފުއާދާއި ފަޔާޒު ދެންމެ ވަނީ ރައީސް އޮފީހުން ވަޑައިގެންފައި. ނުކުންނެވީ ވަލުދޮރާށިން. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުދެއްވި.

17:08  ލ. ގަމުގައިވެސް އަވަސް އިންތިޚާބަކަށް އެދި މިއަދު ހަވީރު މުޒާހަރާ ކޮށްފި

17:08 ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިވަން އިންސާފުވެރި އަދި އިތުބާރު ހިފޭ އިންތިޚާބެއް ވީ އެންމެ އަވަހަކަށް ބާއްވަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓްވިޓާގައި ވިދާޅުވެއްޖެ.
17:07
ފުލުހުންގެ ވެހިކަލެއް މަޖީދީމަގަށް ނުކުތަ ނުދީ ހިފަހައްޓާފައި.
17:04 ޕޮލިސް ވެހިކަލް ފަހަތަށް ޖައްސައިފި
17:02 ޕޮލިސް ވެހިކަލެއް އޮލިމްޕަސް ކައިރިން މަޖީދީމަގަށް ނުކުތަ ނުދީ ހިފަހައްޓައިފި

16:47 މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުން ހިނގަމުން އެބަދޭ

16:43 ރިޔާސީ ކެންޑިޑޭޓުންނާ ރައީސް ވަހީދު މިއަދު ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ ކަން "ހަވީރަ"ށް އެނގިއްޖެ. ރައީސް މިހާރު ބާއްވަވަމުން ގެންދަވާ ބައްދަލުވުމުގައި މަޝްވަރާކުރައްވަމުން ގެންދަވަނީ ކެންޑިޑޭޓުންނާ ބެހޭގޮތުން.

16:23 ގަލޮޅު ދަނޑުން ފެށިގެން ޗާނދަނީމަގު ހަަތަރުއަނގޮޅިއާ ހަމައަށް މަޖީދީމަގު ވަނީ ބަންދުވެފައި

16:22 މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ: ފުލުހުން ނެރޭ ގާނޫނާ ހިލާފް އަމުރަށް ތަބައެއް ނުވާނަން. އަޅުގަނޑުމެންނަށް ދެން އުފާވެރިކަން އޮތީ ކަންތޮޅު ވެސް އެޅިގެން. ފުރަތަމަ މީހަކަށް ޖަލަށް ދާން އަޅުގަނޑު ތައްޔާރު. މި ގައުމުގައި މިހާރު މިނިވަންކަމެއް ނެތް. މިއީ ހަމައެކަނި ވަކި ބައެއްގެ ގައުމެއް ނޫން. މިއީ އަޅުގަނޑުމެންގެ ވެސް ގައުމުކަން މިވަނީ ސާބިތުކުރަން ޖެހިފައި.
16:17 މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅުނު ހަތަރުއަނގޮޅީގައި ސަތަރި އަޅައިގެން އިށީނދެގެން މީހުން އެބަތިބި. އެކި ބޭފުޅުން ގެންދަވަނީ ވާހަކަދައްކަވަމުން.  

16.15
ބާޣީ ޑރ. ވަހީދާއި ވާހަކަ ދައްކައިގެން ރާއްޖޭގެ އެއްވެސް ކަމެއް ހައްލު ކުރެވިދާނެ ކަމަށް އަޅުގަނޑު ނުދެކެން – ނަޝީދު

16:09 ހުޅުމާލޭގައި ވެސް ދަނީ މަގުބަންދުކޮށްގެން މުޒާހަރާކުރަމުން 

16.05
311
16.04

16:03 ރައީސް ވަހީދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާ އެކު ބާއްވަވާ ބައްދަލުވުން ރައީސް އޮފީހުގައި ފަށައިފި. ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަހުމަދު ފަޔާޒް ބައިވެރިވެވަޑައިގަންނަވާ.
15:59
ނަޝީދާއި ޝާހިދު ސައި ބައްލަވަނީ.
15:56
މަޖީދީމަގު މެދުގައި މޭޒުތަކާއި ގޮނޑިތައް ބަހައްޓައިގެން ސައި ބޮނީ
15:46
ނަޝީދާއި ޝާހިދު ޖޯލީގައި
15:45 މަޖީދީމަގު މެދުގައި ޖޯއްޔެއް ބަހައްޓަވައިގެން ނަޝީދާއި ޝާހިދު އިށީނދެވަޑައިގެންފި

15.45
މި އޮކްޓޫބަރު މަހުގެ 26 ވާ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ.
15.30
ސިވިލް ސާވިސް މުވައްޒަވުން މާދަމާ ވަޒީފާއަށް ނުނިކުތުމަށް އެމްޑީޕީން ގޮވާލައިފި
15.27
ސިޓީ ހޯލް ކުރިމަތީގައި އިހުތިޖާޖު ކުރަމުންދާ އެމްޑީޕީގެ ބައެއް ފަރާތްތަކުން ދަނީ ތާސްކުޅެމުން
haas
15.22
ބުރުނީ ރަށުކައުންސިލްގެ މެމްބަރު ހައްޔަރުކޮށްފި. އޭނާ ހައްޔަރުކޮށްފައިވަނީ މަޖިލިސް މެމްބަރު ރިޔާޒު ރަޝީދު މިއަދު ބުރުނިއަށް ދިއުމާ ގުޅިގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ކަމަށް މައުލޫމާތު ލިބޭ
15.20
އިންތިހާބު ބާތިލް ކުރީ ހިނގާފާނެ ހަމަނުޖެހުމަކަށް ބަލާފައިކަމަށް ފުލުހުން ބުނެފައިވާއިރު، އިންތިހާބު ބާތިލް ކުރުމާއި ގުޅިގެން އެތައް ހާސް ބަޔަކު މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަން ފަށައިފި
15.16
އެމްޑީޕީގެ ބައެއް މީހުން ސިޓީ ހޯލް ކުރިމަތި މަގުމަތީގައި އޮށޯވެއްޖެ
ddddd
15.11
ޤައުމީ ސިފައިންނާއި ފުލުހުން ނިކުންނަން ޖެހޭ ވަގުތު މިއޮތީ ޖެހިފައި – ހަސީން
15.09
އެމްޑީޕީގެ ޤައުމީ ހަރަކާތުގައި ރައީސް ނަޝީދާއި، މަޖިލިސް ރައީސް ވެސް ބައިވެރިވެ ވަޑައިގަންނަވާ
nas
15.08
ރައްޔިތުންނާއި އެކު ފުލުހުންނާއި ސިފައިންވެސް ތެދުވާން ޖެހޭ – ހަސީން
15.08
ފުލުހުންނާއި ސިފައިން ހުވަޔަށް ތަބާވާން ޖެހޭ. ފުލުހުން ދަނީ ޣައިރުޤާނޫނީ އަމުރަށް ތަބާވަމުން
wq
15.06
“ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެންމެހައި ކަމެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައި ވީހިނދު ރައްޔިތުންގެ މިފަދަ ބޮޑު ޙައްޤަކަށް އަރައިގަތުމަކީ ދިވެހިރާއްޖޭގައި އަށަގަންނަމުން އަންނަ ޑިމޮކްރަސީއަށް ލިބުނު ހިތާމަވެރި ދުވަހެކެވެ. އިންތިޚާބަކީ ޤާނޫނު .އަސާސީން ރައްޔިތުންނަށް ލިބިދޭ އެންމެ އަސާސީ ޙައްޤެވެ. މިއަދު އެ ޙައްޤުން ދިވެހި މަހުރޫމުވެފައިވީ ހިނދު ދިވެހި ހުރިހާ ރައްޔިތުން އިންތިޚާބު ހޯދުމަށް އިހުތިޖާޖު ކުރުމަށް ގޮވާލަމެވެ” އެމްޑީޕީން ނެރުނު ނޫސްބަޔާން
15.05
ފުލުހުން އިންތިހާބު ހުއްޓުވި މައްސަލަ ތަހުޤީޤުކުރަން ފަށާފައިވާކަމަށް ޕޮލިސް އިންޓަގިރިޓީ ކޮމިޝަނުން ހާމަކޮށްފި
15.03
ހުރިހާ ރައްޔިތުން ނިކުމެ ވެރިކަން ވައްޓާލުމަށް ސެންކޯ ޝަރީފުވެސް ގޮވާލައިފި
seck
15.02
ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ބައްދަލުކުރައްވަނީ، ޤާނޫނުގައި ރައްޔިތުންނަށް ލިބިފައިވާ އަސާސީ ހައްގަށް ފުލުހުން އަރައިގަތުމުން އެކަމާ ބެހޭގޮތުން ރިޔާޒާއި ބައްދަލުކޮށް ވާހަކަ ދައްކަން – މޫސާ މަނިކު
14.59
މިހާރު ރާއްޖޭގައި ޤާނޫނީ ވެރިކަމެއް ނެތް – އައިމިނަތު ޖަމީލް
21321
14.58
ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ބައްދަލުކުރައްވަން މޫސާ މަނިކާއި އަލީ ވަހީދު ފުލުހުންގެ އޮފީހުގައި
14.57
ސިޓީ ހޯލް ކުރިމަތީގައި ތިބި އިހުތިޖާޖުގެ ބައިވެރިން ތިބީ އެކި ޕޯސްޓަރު ހިފައިގެން
4444
14.56
1212
14.52
މުޅި މާލެ ތޮއްޖެހެންވީ މި ވެރިކަން ނިމުމަކަށް ގެންދިއުމަށް – އިންތި
14.51
މިހާރު އޮތް ބަޣާވާތުގެ ވެރިކަން ވައްޓާލުމަށް މަގުމައްޗަށް ނިކުތުމަށް ދިވެހި ރައްޔިތުންނަށް މިޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ގޮވާލައިފި
14.50
ބަގާވާތެއްގެ މަތީގައި ތިބެ އިންސާފުވެރި އިންތިހާބެއް ނުލިބޭނެ – އިންތި
14.49
އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުހިނގާ މަގުމަތީގެ ހަރަކާތް އެމްޑީޕީން ސިޓީ ހޯލް ކުރިމަތީގައި ކުރިޔަށް އެބަދޭ
14.44
އެމްޑީޕީގެ މަގުމަތީ ހަރަކާތުގައި ރައީސް ނަޝީދާއި އެޕާޓީއަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުން އެބަދޭ
1212
14.35
ޤައުމީ މަޖިލީހުގެ ބައްދަލުވުން ކެންސަލް ކުރުމަށްފަހު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންވެސް މަގުމަތީ ހަރަކާތަށް ނިކުމެވަޑައިގެންފި
14.32
އެމްޑީޕީން ސިޓީ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ޤައުމީ މަޖިލިސްގެ ބައްދަލުވުން ފަށަން ވަގުތު ކުޑަތަންވާއިރު، ގިނަ އަދަދެއްގެ ބަޔަކު ސިޓީ ހޯލް ކުރިމައްޗަށް އެއްވެއްޖެ
767678
މަސްދަރު: ހަވީރު އޮންލައިން އަދި ޓައިމްސް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް