ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ކެމްޕޭން - 2 (ހ)

ލިޔުނީ: ޑރ. މުސްޠަފާ ލުޠުފީ - Monday, October 21, 2013 ކޮމެންޓް 0
ޑރ. މުސްޠަފާ ލުޠުފީ
ސޭވްކޮށްފައިވާ ކެޓަގަރީ:
ސަމާލުކަމަށް:
މި ވާހަކައިގެ ބައެއް ނުވަތަ މުޅި ވާހަކަ ފޮޓޯކޮޕީ ހަދައިގެން، ޗާޕްކޮށްގެން، އިލެކްޓްރޯނިކު ގޮތުން ނުވަތަ އެނޫން ގޮތެއްގައިވެސް، ލިއުނު ފަރާތުގެ (ޑރ. މުޞްޠަފާ ލުޠުފީގެ) ހުއްދައަކާ ނުލައި ވިޔަފާރީގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ.


ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ރައީސަކަށް ހުންނަވާނެ ބޭފުޅަކު ހޮވުމަށްޓަކައި ކެމްޕޭން ކުރިޔަށް ދަނީ އެވެ. މިއީ ތަފާތު ޕާޓީތައް ބައިވެރިވެގެން ރާއްޖޭގައި ބޭއްވޭ އިންތިޚާބެކެވެ. ހަތް ޕާޓީއަކުންނާއި އަމިއްލަ ހަތަރުފަރާތަކުން އެގާރަ ކެންޑިޑޭޓުން މި އިންތިޚާބުގައި ވާދަކުރެއެވެ. މީގެ ކުރީން އެއްނަމަށްވުރެން ގިނަ ނަމަެއް ރައްޔިތުންނާ ހަމައަކަށް ނާދެއެވެ. ވެރިކަމުގައި ހުންނަ ފަރާތަކަށް ތާއދީދު ލިބޭގޮތަށް ހަމަޖެހިފައި އޮންނަ ރައްޔިތުންގެ މަޖިލިސެއްގެ ސިއްރު ވޯޓަކުން ހޮވަމުން ގެންގޮސްފައިވަނީ ރައީސަކަށް ހުންނެވި ބޭފުޅެކެވެ. ރައްޔިތުން ވޯޓުލާން ޖެހެނީ އޭނާ ރައީސަކަށް ހުންނަން ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށެވެ. އަބަދުވެސް ނަތީޖާއަކީ ރައްޔިތުންނަށް ފެނުމެވެ. އެހެން ކަމުން ރައީސްކަންކޮށްކޮށް ވަރުބަލިވާހައި ދުވަހުވެސް އެކަކަށް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުރެވެއެވެ. މިއީ 1968 ގައި ދިވެހިރާއްޖެ ދެވަނަފަހަރަކަށް ޖުމުހޫރިއްޔާއެއް އުފައްދައިގެން ސަރުކާރު ހިންގަންފެށިއްސުރެ މިއަދާ ހަމައަށް މިކަން އޮތްގޮތެވެ. މިއީ 2008 އެވެ. މި ސާޅީސް އަހަރުގެ ތެރޭގައި ސިލޯނުގައި ހަ ބޭފުޅުން ރައީސުކަން ކުރައްވައިފި އެވެ. އިންޑިޔާގައި ތޭރަ ބޮޑުވަޒީރަކު ވެރިކަން ކުރައްވައިފި އެވެ. އެމެރިކާގައި އެހުންނެވީ އަށް ވަނަ ރައީސެވެ. ޖަޕާނުގައި އަށާވީސް ބޮޑުވަޒީރުން ވެރިކަން ކުރައްވާފައި ވެއެވެ. މި މުއްދަތުގައި ދިވެހި ޖުމުހޫރިއްޔާއަށް ދިވެހިން ހޮވާފައިވާނީ އެންމެ ދެ ރައީސެކެވެ.

މިފަހަރު އިންތިޚާބު މިއޮތީ މުޅީން އެހެން ގޮތަކަށެވެ. ރައީސަކަށް ކުރިމަތިލާފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖްލިހަކަށް ނުދެއެވެ. ދިޔައީ ސީދާ ރައްޔިތުންނާ ހަމައަށެވެ. މިފަހަރު ރައީސްކަމަށް ކުރިމަތިލައިފައިވާ އެގާރަ މީހުންގެ ތެރޭގައި ގިނައީ މީހުން ނުދަންނަ އަދި ދުވަހަކުވެސް ނުވެސް ދެކޭ މީހުންނެވެ. އެންމެނަށް އެނގޭ އޮތީ ދެތިން ނަމެކެވެ. ކެންޑިޑޭޓުން ކުރިމަތިލާފައިވާ ޕާޓީތަކުން މަސައްކަތްކުރަނީ އެ ޕާޓީއަކުން ކުރިމަތިލައިފައިވާ ކެންޑިޑޭޓް އިޝްތިހާރުކުރުމަށެވެ. އެމީހެއްގެ ރަނގަޅުވާހަކައާއި މޮޅުވާހަކަ ދެއްކުމަށެވެ. އެމީހަކަށް ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް ހޯދައިދޭނެ މަންފާގެ ވާހަކަ ކިޔައިދިނުމަށެވެ. އަމިއްލައަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓުން ހާމަކުރަމުންދަނީ އެމީހުންގެ މިނިވަންކަމުގެ ވާހަކައެވެ. ޕާޓީއެއްގެ ނުފޫޒެއް އެމީހުންނަކަށް ނުފޯރާނެވާހަކައެވެ. އެމީހުން ބުނަމުންދަނީ އެމީހުންނަކީ ސީދާ ރައްޔިތުންގެ މީހުންކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި އެމީހުން ފަހަށްނުޖެހޭނެ ކަމަށެވެ.

ވަސީމު ކުޅުދުއްފުށީގައި މި އުޅެނީ އޭނާގެ ޕާޓީން ކުރިމަތިލައިފައިވާ ކެންޑިޑޭޓު ޢަބުދުއްރަޙުމާނު އިދުރީސަށް ތާއީދު ހޯދުމަށެވެ. ޢަބުދުއްރަޙުމާނު އިދުރީސަކީ ރައްޔިތުންގެ ތެރެއިން ހަގު ޢުމުރުގެ މީހުންގެ ތާއދީދު އޮތް ޒުވާނެކެވެ. އޭނާއަކީ ރާއްޖެއިން ސްކޫލު ނިންމުމަށްފަހު އެމެރިކާއިން ލިބުނު ސްކޮލަރޝިޕެއްގައި ކިޔަވަން ދިޔައިރުވެސް ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ވެރިކަން ކުރާނަމޭ ހިތުލައިގެން ހުރި މީހެކެވެ. އޭނާ ގަބޫލުކުރާގޮތުގައި އެއީ އޭނާ މަތިވެރިކަމެއް ބޭނުންވެގެންނެއް ނޫނެވެ. އޭނާގެ ގައުމަށް ރަނގަޅު ޚިދުމަތެއް ކުރުމަށެވެ. އެހައިތަނުން ފެށިގެން އޭނާ އައީ ސަތޭކަ ޕަސެންޓް މުސްލިމު ގައުމެއްގެ ވެރިއެއްގައި ހުންނަންވާނެ ސިފަތައް ދަސްކޮށް އެ ސިފަތައް ލިބިގަތުމަށްޓަކައި މަސައްކަތް ކުރަމުންނެވެ. އޭނާ ދެކޭގޮތުގައި އެންމެ ފުރަތަމަ ކަމަކީ އިސްލާމީ އެންމެ ރިވެތި ސިފަތަކުން ސިފަލިބިގަތުމެވެ. ދެން ފުރިހަމަ މާނައިގައި ރައްޔިތުންދެކެ ލޯބި ވުމެވެ. އެހެން ވެއްޖެނަމަ އެމީހުންނަށް ދޮގެއް، މަކަރެއް، ހީލަތެއް ހަދާކަށް ނުކެރޭނެ އެވެ. އެމީހުން ބަނޑަށް ތިބޭނަމަ ތިމާ ބަނޑުފުރާލައިގެން ހުންނާކަށް ހިތަކަށް ކެތެއް ނުކުރެވޭނެ އެވެ. ހުރިހާ ރަނގަޅެއް އެމީހުންނަށް ހޯދައިދެވޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރަން ބޭނުންވާނެއެވެ.

ނަމަވެސް ދިވެހިންދެކެ ޢަބުދުއްރަޙުމާނު ލޯބިވުމުގެ ސިފަ އޭނާގެ ކިބާގައި އަށަގަންނުވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަކީ މާލޭގެ ރަނގަޅު ޢާއިލާއެއްގެ ކުއްޖެކެވެ. ކުޑައިރުއްސުރެން އުޅުނީ މާލޭގަ އެވެ. ސްކޫލުގައި އުޅުނީ އެންމެ މަތިން ފާސްވާ ކުދިން ތިބޭ ކުލާހުގަ އެވެ. އެންމެ މަތިން ފާސްވަނީ އެންމެ އެހީތެރިކަން ލިބޭ ކުދިންނެވެ. މިފަދަ ކުދިންނަކީ ފުދުންތެރި ޢާއިލާތަކުން އަންނަ ކުދީންނެވެ. އޭނާ އުޅުނީ ސްކޫލުގެ ޕްރިފެކްޓުންގެ ތެރޭގަ އެވެ. ޕްރިފެކްޓުންގެ ބޯޑުގެ ރައީސަކީ އޭނާ އެވެ. ސްކޫލުގައި ކިޔެވީ ލަންޑަން ޖީސީއީ އޯ ލެވެލް އާއި އޭ ލެވެލްގެ މުގައްރަރު ތަކެވެ. އެއީ ރާއްޖޭގެ މާހައުލަށް ތައްޔާރުކޮށްފައި އޮތް މުގައްރަރެއް ނޫނެވެ. އެ އެއްޗެތި ކިޔަވައިދިނި ބޭރުގެ ޓީޗަރުންނެވެ. ސްކޫލް ލައިބުރަރީގައި ދިވެހިބަހުން ލިޔެފައިވާ ފޮތްތައް ގިނައެއްކޮށް ނުހުރެއެވެ. ހުއްޓަސް ހުންނަ ހުރިހާ ލިއުމަކީ ސައްހަ ކަމުގައި ސަރުކާރުގެ ތައްގަނޑު ޖެހިގެން ނެރެފައިވާ ލިޔުމެވެ. ޗުއްޓީއެއް ލިބުނަސް ޗުއްޓީ ހޭދަކުރަން ދަނީ އިންޑިޔާ އަށެވެ. ނޫނީ ސިންގަޕޫރަށެވެ. ނޫނީ އިނގިރޭސިވިލާތް ފަދަ ޤައުމަކަށެވެ. އޭނާއަށް ފެންނަނީ މާލޭގެ ބޮޑތެި ބޮޑެތި އުސް ޢިމާރާތްތަކެވެ. ރީތި އޮފީސްތަކެވެ. މަގުތަކުގައި ތޮއްޖެހިފައިވާ ކާރުތަކެވެ. ބޭރުގެ ބޮޑެތި ޝޯރޫމުތަކުގައި ދައްކަން އަތުރާފައި ހުންނަ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގެ ކައިރީގައި މުޅިން އައު ސައިކަލްތައް އަތުރާފައި ހުންނަ ތަނެވެ. އޭނާގެ ގެއަށް އައިސްއުޅެނީ މާލޭގެ މެދުފަންތީގެ މީހުންނާއި މަތީ ދަރަޖައިގެ މީހުންނެވެ. އޭނާއަށް އަޑު އިވެމުންދިޔަ ވާހަކަތަކަކީ ރިސޯޓު ތަރައްޤީކުރާ ވާހަކައާއި ޔޫރަޕްގެ ޤައުމުތަކަށާއި ޖަޕާނަށް މަސްބޭރުކުރާ ވާހަކަ އެވެ. ރައްޖެއިން ބޭރުގައި ވިޔަފާރި ހިންގާވަހަކަ އެވެ. ކުންފުނި ކުންފުނީގެ ހިއްސާ ގަނެ ވިއްކާ ވާހަކަ އެވެ. އެވެނި މީހަކު މިވެނި ގޮތަކަށް މުއްސަނދިވި ވާހަކަ އެވެ. ނުވަތަ ބަނގުރޫޓުވީ ވާހަކަ އެވެ. ޢާއްމުކޮށް ދައްކާއުޅެނީ މުއްސަނދިވި ވާހަކަ އެވެ. މުދާ އިތުރުކުރާ ވާޙަކައެވެ. މިސާލު ޖެހުމުގައި ބޭނުންކުރަނީ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަގައުމުތަކެވެ. އަތޮޅު އަތޮޅުގެ ވާހަކައެއް، ރާއްޖޭގެ ޢާއްމު ދިރިއުޅުމުގެ ޙާލަތުގެ ވާޙަކައެއް، އަދި އިޖުތިމާޢީ އަދާލަތު އޮތްގޮތުގެ ވާހަކައެއްގެ އަޑު އެންމެ ފަހަރަކުވެސް ނީވެއެވެ. ބުނެ އުޅޭގޮތުގައި މީހާގެ ޝަޚްސިއްޔަތު އުފެދުމުގައި އެމީހަކު ކުޑައިރު އުޅޭ މާހައުލެއްގެ އަސަރު ވަރަށް ބޮޑެވެ. އެހެންކަމަށްވާނަމަ ޢަބުދުއްރަޙުމާނަށް އޭނާގެ މާހައުލު ފޯރުވީ ކޮން އަސަރެއް ހެއްޔެވެ؟

އެމެރިކާގައި ޢަބުދުއްރަޙުމާނާއެކުގައި އުޅޭ އެހެނިހެން ގައުމުތަކުގެ ކުދިންތަކުގެ ތެރޭގައި އެގައުމުގެ ވެރިޔަކަށް ވުމަށް ބޭނުންވާ އެކަކުވެސް ނެތެވެ. އެމީހުން ބޭނުންވަނީ ޑޮކްޓަރުންނަށާއި އިންޖިނޭރުންނަށާއި ވިޔަފާރި ވެރިންނަށް ވާށެވެ. އެކަމަކު ޢަބުދުއްރަޙުމާނަށް އޭނާގެ ގައުމާބެހޭގޮތުން އެނގޭ ވަރަށްވުރެން ބޮޑަށް އެމީހުންނަށް، އެމީހުންގެ ގައުމާބެހޭގޮތުން އެނގެއެވެ. އެމީހުންގެ އާދަކާދައާއި ސަގާފަތު އެނގެއެވެ. އަދި އެއާ އެއްގޮތަށް އުޅުމަށް ލޯބިކުރެއެވެ. އެމީހުންގެ ގައުމުތަކާ ބެހޭގޮތުން ޢަބުދުއްރަޙުމާނަށް އެނގޭވަރު އޭނާއަށް އެނގުނީ އެމީހުންނާއެކު އުޅެން ފެށުމުންނެވެ. އަމިއްލަ ގައުމާ ބެހޭގޮތުން މަޢުލޫމާތު ނެތްނަމަވެސް އެހެން ގައުމުތަކާ ބެހޭ މަޢުލޫމާތު އެނގެއެވެ. ޢަބުދުއްރަޙުމާނު އަމިއްލަ ނަފުސަށް ލަދުގަތެވެ. މަލާމާތްކުރި އެވެ. ތިމާ އުފެދި ބޮޑުވި ވަޒަން ތިމާއަށް ނޭނގޭތީ އެވެ. އެކަމަކު މިއުޅެނީ އެތަނުގެ ވެރިއަކަށްވާށެވެ.

ދިވެހިރާއްޖެއާ ބެހޭގޮތުން ޢަބުދުއްރަޙުމާނު  އުނގެނެންފެށި އެވެ. ރާއްޖެއާ ބެހޭގޮތުން އެތައް އެތައް ލިއުމެއް ލިބެން ހުއްޓެވެ. އިބުނި މަޠާޔާގެ ފޮތް، އެޗްސީޕީ ބެލްގެ މޮނޮގްރާފު، ޕިރާޑް ޑި ލާވެލްގެ ދަތުރުނާމާ އަދި މެލޯނީގެ ޕީޕަލް އޮފްދަ މޯލްޑިވްސް (ދިވެހިރާއްޖޭގެ މީހުން) ކިޔައިފި އެވެ. ކުރީގެ ދިވެހި އާދަކާދަތައް ދަނެގަތުމަށްޓަކައި އަޙުމަދު ކާމިލުދީދީގެ "ރިވާޔަތު މޫސާ ވަޒުލައިޚާ" އާއި "ކަނބުލޮ" އާއި ޙުސައިން ޞަލާޙުއްދީނުގެ "ނުޢުމާނު ވަ މަރިޔަމު" އާއި "ދޮނބީފާނު ވާހަކަ" އެވެ. ބޮޑުފެންވަޅުގޭ ސީދީގެ "ދިއްލީގެ އިބްރާހިމް ދީދީ ގެ ވާހަކަ" އާއި "މާމަކުނުދޫ ބޮޑު އީސަ ވާހަކަ" އާއި އަދި މުޙައްމަދު އިސްމާޢީލު ދީދީގެ 'ގެއްލުނު ފުރާވަރު" ފަދަ ދިވެހި ވާހަކަތައް ވެސް ކިޔައިފި އެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖެއާ ބެހޭގޮތުން ބޭރުގެ އެކި އެކި ލިޔުންތެރިން ލިޔެފައިވާ މަޒުމޫނުތަކާއި ބަޔާންތައްވެސް ދިރާސާކުރި އެވެ.

މިފަދަ ލިއުންތައް ކިޔައި ދިރާސާކުރުމުގެ އިތުރުން ލިބޭ ކޮންމެ ޗުއްޓީއެއްގައި ރާއްޖެ އައިސް އެކި އެކި އަތޮޅުތަކަސް ދިޔަ އެވެ. އަތޮޅުތަކުގެ މީހުންނާއެކު މަހަށްގޮސް އެމީހުން ކުރާ މަސައްކަތުގައި ބައިވެރިވެ އެމީހުންގެ ދިރިއުޅުމާއި އުޅުން ދަސްކުރިއެވެ. އަމީހުންގެ ޚިޔާލާތު ހުރިގޮތް އޮޅުންފިލުވިއެވެ. އެމީހުންގެ ޝުޢޫރުތަކާއި އިހުސާސްތަކުގެ ވިންދު އޭނާއަށް އެނގުނެވެ. ދިވެހީންނަކީ ވަރަށް އާދައިގެ ގޮތަކަށް ފެނުނުނަމަވެސް އިޖުތިމާޢީ މުއްސަނދިކަމެއް ލިބިގެންފައިވާ ބައެކެވެ. އެމީހުން އެންމެ އަގުކުރާ ސިފަތަކުގެ ތެރޭގައި އިޖުތިމާޢީ ސިފަތަކާއި ދީނީ ސިފަތައް ހިމެނެއެވެ. އެމީހުންނަކީ އިސްކޮށްތިބޭ މީހުންގެ ބަސް އަހާ ކިޔަމަންތެރި ބައެކެވެ. ސުލްހަވެރި ޚުލްގު ހެޔޮ ބައެކެވެ. އެމީހުންގެ ކިބައިގައި ލިބޭ މިންވަރަށް ޝުކުރުކޮށްގެން ތިބުމުގެ އާދައެއް ހަރުލައިފައި ވެއެވެ. ވެރިކަމުގައި ތިބޭ މީހުންނަކީ އެމީހުންގެ ޚާދިމުންކަމެއް އެމީހުން ނުދަނެއެވެ. އެބައިމީހުން ދެކެނީ އޭގެ އިދިކޮޅަށެވެ. އެބައިމީހުން ދެކެނީ އެމީހުންނަކީ ވެރިންގެ ޚާދިމުންކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ކަންކަން ހިނަގަމުން އައިސްފައިވަނީ އެގޮތުގެ މަތީންނެވެ.

ޢަބުދުއްރަޙުމާނު ދިވެހިރާއްޖޭގެ ވެރިކަމަށް އަންނަން ބޭނުންވާ ސަބަބު މިހާރު އޭނާއަށް މާބޮޑަށް ސާފުވެއްޖެ އެވެ. އެއްދުހަކު ރަށެއްގެ ގޮނޑުދޮށުގައި އޭނާ އިންއިރު އޭނާއަށް ޚިޔާލުކުރެވުނެވެ.
'ރާއްޖޭގެ ޖަޒީރާތައް އުފެދުނީއްސުރެން އެ ޖަޒީރާތަކުގެ ދޮންވެލި ގޮނޑުދޮށްތަކަށް ރާޅުތައް ބީއްސަމުންދަނީ މިނިވަންކަމާއި ސަލާމަތްކަމާއި އެކުގައި. އެ ޖަޒީރާގައި ހެދިފައިވާ ގަސްތަކުގައި އެކި ކަހަލަ ދޫނިތައް ލަވަކިޔާ އުފާކުރަނީ މިނިވަންކަމާއި ހިތްހަމަޖެހުމާ އެކުގައި. ޖައްވުގައި ހުރި ރޯޅިތައްވެސް އެ ގަސްތަކުގައި ފިރުމަމުންދަނީ އެއްވެސް ހުރަހެއްނެތި މިނިވަންކަމާއެކުގައި. އެހެންނަމަވެސް އެ ގުދުރަތީ އަޖައިބެއްފަދަ ރީތި ޖަޒީރާތަކުގައި ދިވެހީން އުޅެމުން އައިސްފައިވަނީ މިނިވަންކަމެއްނެތި. ރާއްޖޭގައި އޮތީ ދިގުދެމިގެން އައިސްފައިވާ ރަސްކަމެއް. ޖުމްހޫރިއްޔަތަކަށް ބަދަލުވިއިރުވެސް ރަސްކަމުގެ އެތައް ސިފައަކާއި އެތައް ކުލައެއް ވަނީ ވާރުތަކޮށްފައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތް. ރައްޔިތުންގެ ވެރިކަމާމެދު ރައްޔިތަކަށް ނުރުހުމުގެ ބަހެއް ނުބުނެވޭ. ނުލިޔެވޭ. ރައްޔިތުންގެ ވެރިކަން ހިންގުމަށް ރައްޔިތުން ހޮވާފައިހުރި މީހަކާމެދު ނުރުހޭ އެއްޗެއް ނުބުނެވޭ. ނުލިޔެވޭ. މުޅި ދުނިޔެ ގަބޫލުކުރާ އިންސާނީ ހައްގުތަކެއް ރައްޔިތުންނަށް ލިބިފައެއް ނުވޭ. މިކަންކަމެއް ދިވެހީންގެ ތެރެއިން ގިނަބަޔަކަށް ނުވެސް އެނގޭ. ދިވެހީންވަނީ މިނިވަން މާހައުލެއްގައި އަޅުވެތިވެފައި.' ޢަބުދުއްރަޙުމާނު ވެރިކަން ބޭނުންވަނީ ދިވެހީންނަކީ މިނިވަން ބަޔަކަށް ހެދުމަށެވެ.

ޔުނިވަރސިޓީގެ މުސްލިމު ޖަމްޢިއްޔާއާ ގުޅިގެން ޢަބުދުއްރަޙުމާނު އިސްލާމީ ހަރަކާތްތައް ހިންގަން ފެއްޓި އެވެ. ޔުނިވަރސިޓީ މިސްކިތުގެ މުދިންކަން ހޯދި އެވެ. އިމާމުވެ ހުކުރު ކުރަން ފެއްޓި އެވެ. ދީނީ ޢިލްމުގެ ތެރެއަށް އޭނާ ވަންނަންފެށީ އެހިސާބުންނެވެ. ދީނީ ޢިލްމަކީ އޭނާގެ ދެވަނަ ދާއިރާ އެވެ. އޭނާގެ މައިގަނޑަކީ ސިޔާސަތެވެ. އޭނާ ޚާއްޞަވީ އިސްލާމީ ޑިމޮކްރެސީގެ ރޮނގުންނެވެ. ޢަބުދުއްރަޙުމާނާ ދިވެހިސަރުކާރާ އެންމެފުރަތަމަ ޖެހުނު މައްސަލައަކީ މިއީ އެވެ. އިންޖިނިއަރިން ހަދަން ގޮސްފައި ޕޮލިޓިކްސް އަށް ބަދަލުކުރުމެވެ. ނަމަވެސް އެކަން ހުއްޓުވޭކަށް ނެތެވެ. އެމެރިކާ ސަރުކާރުން ރާއްޖެއަށް ދިން ސްކޮލަރޝިޕެއްނަމަވެސް ކިޔަވާ ކުއްޖަކަށް އެ ކުއްޖަކު ބޮޑަށް ބޭނުންވާ ރޮނގަކަށް ކޯސް ބަދަލުކުރެވިދާނެ އެވެ. ޢަބުދުއްރަޙުމާނު ސިޔާސީ ރޮނގުން ކިޔަވަމުންދިޔައިރު ޔުނިވަސިޓީގެ ކިޔަވާކުދީންގެ އެސޯސިއޭޝަނުންނެރޭ ނޫހަކަށް ޕޮލިޓިކްސްއާ ބެހޭގޮތުން ކޮލަމެއް ލިޔަން ފަށައިގަތެވެ. އަދި އެތަނުގެ ނޫހަކަށް ދިވެހިރާއްޖެއާ ބެހޭގޮތުން މަޒުމޫނު ލިޔަން ފެއްޓިއެވެ. މިކަންވީ ދިވެހި ސަރުކާރަށް ވަރަށް ދަތިވި ކަމަކަށެވެ. އެހެނީ މީގެ ކުރިއަކުން ކިޔަވަންގޮސްހުރި ކުއްޖަކު ރައްޖެއާ ބެހޭގޮތުން އެފަދަ ފާޑުކިއުމުގެ ލިޔުންތަކެއް ލިޔެފައެއް ނުވެއެވެ. މި ލިޔުންތަކަކީ ގާނޫނީގޮތުން އޭނާ ކުށްވެރިވާފަދަ ލިއުންތަކެކެވެ. ނަމަވެސް އޭނާ އަކީ މާލޭގެ ނުފޫޒުގަދަ މީހެއްގެ ކުއްޖަކަށްވާތީއާއި ކިޔަވާކުއްޖަކަށްވާތީ އޭނާއަށް އެކި ގޮތްގޮތުން އަދި އެކި މީހުންމެދުވެރިކޮށްގެން ނަސޭޙަތް ދިނުމަށްވުރެ އިތުރުކަމެއް ސަރުކާރަކުން ނުކުރެވެއެވެ. ނަމަވެސް ޢަބުދުއްރަޙުމާނުގެ ކިޔެވުމުގެ ދައުރުގެ ފަހުކޮޅުގައި އޭނާއަކީ ނުރައްކާތެރި މީހެއްކަމުގައި ބެލެވިއްޖެއެވެ.

ޢަބުދުއްރަޙުމާނު ސިޔާސީ ޢިލްމުން މާސްޓަރސް ފެންވަރަށް ކިޔަވައިގެން ރާއްޖެ އައީ އޭނާ ކޫށްވެރިވާނެކަން އެނގިހުރެއެވެ. އައިތަނުން ކުށްވެރިވި އެވެ. ޖަލަށްލި އެވެ. ޖަލުގައި ތިން އަހަރު ހޭދަކުރިއެވެ.

ނުނިމޭ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް