ލިޔުނީ: Anonymous

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ލިޔުނީ: Anonymous / 10 Mar 2014

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވ...

ލިޔުނީ: Anonymous

ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުވާ އުފުލައިފި

ލިޔުނީ: Anonymous / 10 Mar 2014

ލ. ގަންތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގ...

ލިޔުނީ: Anonymous

އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގެންފި

ލިޔުނީ: Anonymous / 13 Feb 2014

ލ. އިސްދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

ލިޔުނީ: Anonymous

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ލިޔުނީ: Anonymous / 13 Feb 2014

ލ. ގަން ސިނާއީ މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ރުކެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެ...

ލިޔުނީ: Anonymous

ޕީޕީއެމްގެ މަޖިލީސް ޓިކެޓު ޢަބްދުއްރަހީމް ޢަބްދުﷲ އަށް ކަށަވަރު ވެއްޖެ

ލިޔުނީ: Anonymous / 05 Feb 2014

ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 13 މެމްބަރަކަށް ޓިކެޓު ކަށަވަރުވިއިރު ލ. ފޮނަ...

ލިޔުނީ: Anonymous

ތަފާތު ދެ މައްސަލައެއްގައި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ ގިނަ ޕެކެޓްތަކަކާ އެކު 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Anonymous / 03 Feb 2014

ތަފާތު ދެ މައްސަލައެއްގައި ބަނގުރާކަމަށް ތުޙުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ތުޙުމަތުކުރެވޭ އެއްޗެއް...

ފަހުގެ ޚަބަރު

ޚަބަރު

ލ. އަތޮޅު ހުރިހައި ދާއިރާއެއްގެ ބަހުސް އިއްޔެ ބާއްވައިފި

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ގެނެސްދެމުން އަންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބާއްވަމުން އަންނަ 'ރައްޔިތުންގެ ނިންމުން - މަޖިލިސް ބަހުސް' ޕްރޮގްރާމްގައި، ލ. އަތޮޅުގެ ހުރިހައި ދާއިރާތަ...

އިތުރަށް... ޚަބަރު
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް
އިތުރަށް.. ކޮލަމް
އިތުރަށް... ކުޅިވަރު
އިތުރަށް... ރިޕޯޓް

ވާހަކަ

އެއްހާސް އަހަރު – ބާރަވަނަ ބައި

އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަ...

އިތުރަށް... ވާހަކަ

އިތުރަށް... ވާހަކަ

ކެމްޕޭން - 1

ލިޔުނީ: ޑރ. މުސްޠަފާ ލުޠުފީ - Monday, October 21, 2013 ކޮމެންޓް 0
ޑރ. މުސްޠަފާ ލުޠުފީ
ސޭވްކޮށްފައިވާ ކެޓަގަރީ:
ސަމާލުކަމަށް: މި ވާހަކައިގެ ބައެއް ނުވަތަ މުޅި ވާހަކަ ފޮޓޯކޮޕީ ހަދައިގެން، ޗާޕްކޮށްގެން، އިލެކްޓްރޯނިކު ގޮތުން ނުވަތަ އެނޫން ގޮތެއްގައިވެސް، ލިއުނު ފަރާތުގެ (ޑރ. މުޞްޠަފާ ލުޠުފީގެ) ހުއްދައަކާ ނުލައި ވިޔަފާރީގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ. އެލްއޭ ނިއުސްގައި މި ވާހަކަ ޖަހަން މިފެށީ ޑރ. މުޞްޠަފާ ލުޠުފީގެ ދީލަތި އިޒުނަފުޅާއި އެކުގައެވެ.

މިއަދު ވަސީމު ފީނީ، ހަމަ ކުރީދުވަހުވެސް ފީނި ސަރަހައްދަށެވެ. ކުރީދުވަހު އޭނާއަށް ފެނުނުކަހަލަ މިޔަރެއް ފެނޭތޯ އެވެ. އެއީ އެކަހަލަ ހަމަ އެކަނި މިޔަރުކަމަށްވެސް ވެދާނެ އެވެ. އެކަމަކު އެ ކަހަލަ އެންމެ މިޔަރެއް ކަނޑުގައި އުޅެންވީ ކީއްވެގެން ހެއްޔެވެ؟ އޭގެ ކިތަންމެ މިޔަރެއްވެސް އުޅެފާނެ އެވެ. ނަމަވެސް އޭނާ ފޭބިތާ ބައިގަޑިއެއްހާ އިރު ވީއިރުވެސް މިޔަރެއް ނުފެނުނެވެ. އޭނާ މައްޗަށް އަރަންވުމުގެ ކުރިން މިޔަރެއް ފެންނާނެ ނަމަ އޭނާއަށް ރަނގަޅެވެ.

މިޔަރެއް ނުފެނުނަމަވެސް ކަނޑުގެ އަޑިން ދެވުމަކީ ވަސީމު ވަރަށް ހިތްހަމަޖެހޭ ކަމެކެވެ. އެއްގަމުގައި އުޅުމަށްވުރެން އޭނާ އުޅޭހިތްވަނީ ކަނޑުގައެވެ. ކަނޑު އަޑީގަ އެވެ. ކަނޑު އަޑީގައި ދާންބޭނުން ކޮންމެ ދިމާއަކަށް ދެވެއެވެ. ކުރިއަށް ދާން ބޭނުންނަމަ ކުރިއަށް ދާންވީ އެވެ. ފަހަތަށްވެސް ދާންވީ އެވެ. މައްޗަށް ވެސް އަރަންވީ އެވެ. ކައްޗަށްވެސް ދާންވީ އެވެ. ޓްރެފިކް ބައްތި ތަކެއް ނުހުރެއެވެ. އެއާ އެއްގޮތަށް އަމަލުކުރަންޖެހޭ ނިޝާން ބޯޑުތަކެއް ނުހުރެއެވެ. ވަށައިގެންވަނީ ބިއްލޫރިހައި ސާފު ފެންގަނޑެކެވެ. އެ ފެންގަނޑު ހަށިގަނޑު އުފުއްލައިދެއެވެ. ހަށިގަނޑު ލުއިކޮށްދެއެވެ. އެއްޗެއްގެ ތެރޭގައި އިނދެގެން އެއްތަނުން އަނެއްތަނަށް ދާކަށް ނުޖެހެއެވެ. ގުދުރަތީ މާހައުލުގެ ތެރެއަށް ފެތިގެން އޭގެ ބައެއްގެ ގޮތުގައި އުޅެވެއެވެ. ކިތަންމެ ތަނަކަށް ދިޔަޔަސް ދާހިއްލާ ފޯވާގޮތެއް ނުވެއެވެ. ހޫނުވެގެން ބޮލަށް އެނބުރުން އަރާގޮތެއް ނުވެއެވެ. ކުރިއަށް ނުދެވިގެން ހުއްޓި ހުންނާކަށް ނުޖެހެއެވެ. ކަންފަތް ބައް ވާހައި ބާރު އަޑުތަކެއް ނީވެއެވެ. ފަހަތުން އައިސް އެއްޗަކުން ޖައްސަފާނެތީ ނުވަތަ ޖެހިގެންފާނެތީ ބިރުގަންނާކަށް ނުޖެހެއެވެ. ދުމާއި ހިރަފުހެއް ހަށިގަނޑުގެ ތެރެއަކަށް ނުވަދެއެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގި އޭތިމީތި ގޮވަމުން ދާމީހުނެއް ނެތެވެ. ކާލި އަޅަމުން ދާ ޒުވާނުންނެއް ނުފެނެއެވެ. ސާފު، އަމާން، މިނިވަން މާހައުލެކެވެ.

ފަރުތައް ކައިރީގެ މަންޒަރު ނުހަނު ރީއްޗެވެ. މުރަކައިގެ ބަގީޗާތަކެކެވެ. ނެތްކުލައެއް، ނެތް ބައްޓަމެއް، ނެތް ވައްތަރެއް ނެތެވެ. މިރީތި މުރަކައިގެ ބަގީޗާތަކުގައި ދިރިއުޅެނީ އެހާމެ ރީތި މަސްމަހާމެއްސެވެ. ބުނެވޭނީ ހަމަ ނެތް ވައްތަރެއް، ނެތް ސިފައެއް، ނެތް ސައިޒެއް އަދި ނެތް ކުލައެއް ނެތޭ އެވެ. ވަސީމުގެ މަސައްކަތަކީ މި ގުދުރަތީ ހަދިޔާ ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމެވެ. މި ހަދިޔާގެ ފުރިހަމަކަން އެެހެންމީހުނަށް ހާމަކުރުމެވެ. ކަނޑުގެ އަޑީގެ މަންޒަރުތައް ފޮޓޯ ނަގައި ވިއްކުމެވެ. އެކި އެކި މަސްމަހުގެ ފޮޓޯނަގައި އާއްމުކުރުމެވެ. އޭނާ އެންމެ މަޝްހޫރު ވެފައިވަނީ އޭނާ ނަގާފައިވާ މިޔަރުގެ ފޮޓޯތަކުގެ ސަބަބުންނެވެ. މިޔަރާ ބެހޭގޮތުން އޭނާ ލިޔެފައިވާ ތިން ފޮތެއްގެ ސަބަބުންނެވެ. މިޔަރާ ބެހޭގޮތުން ފަތުރުވެރިންނަށް އަމަޒުކޮށްގެން ލިޔެފައިވާ ފޮތްތަކުގެ ތެރެއިން ދުނިޔޭގެ ބާޒާރުގައި އެންމެ ހިނގާ ތިންފޮތަކީ އެއީ އެވެ. ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިޔަކުހެން ރާއްޖެ އައުމުގެ ކުރިން މިއިން ފޮތެއް ހޯދައެވެ. މި ފޮތްތައް ބަލައިފައި ރާއްޖެއަށް ޝައުގުވެރިކަން އުފެދިގެން އަންނަ މީހުންވެސް މަދެއްނޫނެނެވެ.

ދުރުން ކަޅުކުލައިގެ އެއްޗެއް ވަސީމަށް ފާހަގަ ކުރެވިއްޖެއެވެ. އެކައްޗެއްވެސް ނޫނެވެ. ދޭއްޗެވެ. އެދިމާއަށް ބަލަހައްޓައިގެން އޭނާ އޮތެވެ. އެއީ ދެ ފީނާމީހުންނެވެ. އެ ދެމީހުން ވަރަށް ބާރަށް އެ އަންނަނީ ވަސީމާ ދިމާއަށެވެ. ކަނޑު އަޑިން އެހެން މީހުން ފެނުމުން ބައެއް މީހުން އުފާވެދާނެ އެވެ. ނަމަވެސް ވަސީމު އުފަލެއް ނުވެއެވެ. ކަނޑު އަޑީގައި އޭނާ އެންމެ އުފާވަނީ ކަނޑުގެ މަސްތަކާއެކު އޭނާ އެންމެ އެކަނިވާ ވަގުތު އެވެ. އޭނާއަށް ރަނގަޅީ މުޅި ކަނޑު އޭނާއަށް އޮތިއްޔާ އެވެ. އެކަމަކު މިއަދު އެހެންނެއް ނުވި އެވެ. އެ ދެމީހުން އައިގޮތަށް އައީ ވަސީމު ކައިރިއަށެވެ. ހަމައެކަނި ކައިރިއަށް އައީކީއެއްނޫނެވެ. އެތަނުން އަކަކު ވަސީމުގެ ދެއަތުގައި އެއްކޮށް ހިފެހެއްޓި އެވެ. އަނެކަކު ކަޅު ފޮތިގަނޑަކުން އޭނާގެ މޫނު، މޫނުމައްޗާއެކު ބަނދެލި އެވެ. ވަސީމު ގަދަހެދި އެވެ. ނަމަވެސް އެއީ ބިޔަ، ވަރުގަދަ ދެމީހުންނެވެ. އެމީހުން އައީ މިކަމަށް ތައްޔާރުވެގެންނެވެ.

ވަސީމު ހިތަށްއެރި އެވެ. 'އެ މީހުން މި އުޅެނީ ކީއްކުރަން؟ އަހަރެން ކަނޑުއަޑިގައި މަރައިލަންތަ؟ އެހެންކަމަށްވާނަމަ ކަނު ބަންނަންވީ ކީއްކުރަން؟ މި ދެމީހުން މި އުޅެނީ އަހަރެން ކޮންމެވެސް ތަނަކަށް ގެންދަންވެގެން. އެ ގެންދާ ތަނެއް އަހަންނަށް ނުދައްކަންވެގެން ކަނު ބަނީ' އެ ދެމީހުން ވަސީމުގެ ދެކިހިލިފަތްދަށަށް އަތް މަހައިލި އެވެ. ދެމީހުން ދެފަރާތުގައި ދިބެގެން މޫދުގެ އަޑިން އޭނާ ގެންދިޔަ އެވެ. އެމީހުން ދަނީ ދެވުނުހައި ބާރަކަށެވެ. މީހާރު ވަސީމުގެ އޮކްސިޖަން ހުސްވާންވެސް ކައިރިވަނީ އެވެ. އޭނާ ފީނަނީ އާއްމުކޮށް އެއްގަޑިއިރަށް ވާވަރުގެ އޮކްސިޖަން ހިފައިގެންނެވެ. މިހާރު ސާޅީސް ފަސްމިނިޓް ވެއްޖެ އެވެ. ދެންހުރީ އެންމެ ފަނަރަ މިނިޓްގެ އޮކްސިޖަން އެވެ. މި މީހުން މިއުޅެނީ އޭނާގެ އޮކްސިޖަން ހުސްވަންދެން އޭނާ ކަނޑުގެ އަޑީގައި ހިފަހައްޓަންބާވައެވެ؟ އެތައް ހިސާބެއްގެ ދުރުމިނަކަށް އެމީހުން ވަސީމު ގެންގޮސްފައި މަޑުކޮށްލި އެވެ. ހަމަގައިމު އެމީހުން އޭނާ އެގެންދިޔައީ އޭނާގެ ފީނާ ދޯންޏަކަށް ނޫނެވެ. އެ ދޯނި އޮންނާނީ އެއަށްވުރެ މާ ކައިރީގަ އެވެ.

އެމީހުން ވަސީމު ގެންދިޔައީ ފެނުން މަތީގައި އޮތް އެއްޗަކަށް ނޫނެވެ. އެއެއްޗެއް އޮތީ ފެނުތެރޭގަ އެވެ. އެމީހުން އޭނާއާ އެކު ފެނުން މައްޗަށް އެރިއިރު އެއީ ކޮންމެވެސް ކަހަލަ އެއްޗެއްގެތެރެކަން ވަސީމަށް އެނގުނެވެ. އިންޖީނެއްގެ އަޑެއް ނެތް ނަމަވެސް ހިސާބެއްގެ ތުރުތުރެއް ހުއްޓެވެ. އެއީ ކޮންމެވެސް އިންޖީނެއްގެ އަސަރުކަމަށް އޭނާ ހީކުރި އެވެ. ފިނިހޫނުމިނަށްވެސް ބަދަލު އައިކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އެމީހުން ވަސީމުގެ ބުރަކަށީގައި ހުރި ގޭސް ފުޅިއާއި ސާމާނު ގައިން ވަކިކޮށްފިއެވެ. އަދި ފަތާ ފައިވާންވެސް ނައްޓައިލި އެވެ. ނަމަވެސް މޫނުގައި އައްސާފައި ހުރި ފޮތިގަނޑެއް މޮހައެއްނުލައެވެ. ވަސީމުގެ ދެ އަތް ފުރަގަހަށް ގެންގޮސް ބަނދެލި އެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. ވަސީމު އަހައިލިއެވެ. "އަހަރެން މިވަނީ ކޮންތަނެއްގައި؟ އަހަރެން ތި ގެނައީ ކީއްކުރަން؟ އަހަރެން ކޮންތަނަކަށް ގެންދަން ތިއުޅެނީ؟" ޖަވާބެއް ނުލިބުނެވެ. ވަސީމު އޭނާގެ ފައި ތަޅުންގަނޑުގައި ކާއްތައިލި އެވެ. ކުރަކި ކަމެއް ހުރި ތަނެކެވެ. މަޑުމަޑުން ފުންނާބުން ތަޅުންގަނޑުގައި ދެތިން ފަހަރަކު ޖަހައިލި އެވެ. ހަމަ އެވަގުތު އެމީހުން އޭނާގެ ދެފައި އެއްކޮށް ބަނދެލި އެވެ. އެމީހުން އެތިބީ ހަމަ ތައްޔާރަށެވެ.

އިރުކޮޅެއްނުވެ އެ އެއްޗެއް ވަރަށް ބާރަށް ދަތުރުކުރާހެން ވަސީމަށް ހީވި އެވެ. އޭގައި ހުރި ތުރުތުރުއެޅުންވެސް ތަފާތުވެއްޖެ އެވެ. ތަނުގައި ހުރި ވަޔަށްވެސް ބަދަލުއައިހެން އޭނާއަށް ހީވި އެވެ. އަނެއްކާވެސް ވަސީމު ވަރަށް ބާރަށް ބުންޏެވެ. "ކަލޭމެން ތީ ބީރު ބައެއްތަ؟ ކޮންތަނަކަށް އަހަރެން ތި ގެންދަނީ؟" މީހަކު ނޭވާލާ އަޑުވެސް ނީވެއެވެ. އެކަމަކު އެތާނގައި އެމީހުން އެބަތިބިކަން އޭނާއަށް އިޙުސާސް ކުރެވެއެވެ. އެވަގުތު ވަސީމުގެ ހިތަށް އެރިއެވެ. ' އަހަރެން ބައެއްގެ އަތްދަށުވީ. މިއީ ވަރަށް ނުލަފާ ބައެއް.'

ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން އެމީހުން ވަސީމުގެ ފައި މޮހައިލައިފި އެވެ. ނަމަވެސް އަތެއް މޮހައެއްނުލަ އެވެ. ހުރީ ކަނުބަނދެފަ އެވެ. ވަސީމު ލޯންޗަކަށް ބަދަލުކުރި އެވެ. އިރުކޮޅަކު ދުއްވުމަށްފަހު ލޯންޗު ތަނަކަށް މަޑުކޮށްފި އެވެ. ދެމީހަކު އޭނާގެ އަތުގައި ހިފައިފައި އެއްގަމަށް ބޭލި އެވެ. އޭނާ ބޭލީ ލަކުޑި ފާލަމެއްގެ މައްޗަށް ކަން ވަސީމަށް އެނގުނެވެ. އެތަނަށް ދީފައިވާ އަވި އޭނާގެ ގައިގައި ޖެހުނެވެ. ނަމަވެސް އަދިވެސް ފީނާހެދުމުގައި ހުރުމުގެ ސަބަބުން އަވީގެ ހޫނުކަމެއް މާބޮޑަކަށް އިހުސާސެއް ނުކުރެވެއެވެ. ކުޑަ ތަންކޮޅަކަށް ދިއުމަށްފަހު ދެން އެމީހުން އޭނާ އެރުވީ ދުއްވާއެއްޗަކަށެވެ. އޭތި އޮތީ ފާލަން މަތީގައިހެން އޭނާއަށް ހީވި އެވެ. އެއީ އޭނާ ބިންމައްޗަށް ފައިބަން ނުޖެހޭތީ އެވެ. ވަސީމު ދުއްވާއެއްޗަށް އެރިވަގުތު އެއީ ކާރަކަށްވުރެން ބޮޑު އެއްޗެއްކަން އޭނާއަށް އެނގުނެވެ. އޭގެ ތެރެއިން ދުވަނީ އާ ވަހެވެ. ވަގުތުން ދުއްވާލައިފި އެވެ. ދުވެލި ވަރަށް އޮމާނެވެ. ދުއްވާފައި ދިޔައީ ވަރަށް ރަނގަޅަށް ހަދާފައިވާ މަގަކުންނެވެ.

ފަސްވަރަކަށް މިނިޓްގެ ދުއްވުމަކަށްފަހު މަޑުކޮށްފި އެވެ. އޭނާ ބޭލީ އޮމާން ތަޅުންގަނޑެއްގެ މައްޗަށެވެ. އެއީ ހިޔާ ތަނެކެވެ. ތަންގަނޑަކަށް ގެންދިއުމަށްފަހު އެމީހުން އެރީ ދުވާ ސިޑިއަކަށެވެ. ސިޑި ދިޔައީ ތިރިއަށެވެ. ވަސީމަށް އެކަން އެނގެއެވެ. މި ހުރިހައި ތަނަކަށް އޭނާ ގެންދާއިރުވެސް އަދިވެސް އެދެމީހުންކުރެ މީހެއްގެ އަޑެއް އޭނާއަކަށް ނީވެއެވެ. އޭނާ ވެސް މިހާރު އެއްޗެއް ނުބުނެއެވެ. އެމީހުން ގެންދާތަނަކަސް ދަނީ އެވެ. ނުގޮސްކުރާނެ ކަމެއްވެސް ނެތެވެ. ސިޑިން ފައިބާފައި ވަކިވަރަކަށް ހިނގުމަށްފަހު މަޑުކޮށްލި އެވެ. އިރުކޮޅަކު ތަންކޮޅަކަށް ގެންދިއުމަށްފަހު އޭނާ ގޮނޑިއެއްގައި ބޭންދި އެވެ. ކޮންމެވެސް ތަނަކަށް ވެއްދީކަމަށް އޭނާއަށް ލަފާކުރެވެއެވެ. ނަމަވެސް ތަޅެއް ހުޅުވި އަޑެއް ނީވެއެވެ. ދޮރެއް ހުޅުވިހެނެއް ހިއެއް ނުވެއެވެ.

އޭނާގެ މޫނުމަތީގައި އޮތް ފޮތިގަނޑު މޮހާލައި މޫނުމަތި ނައްޓައިފި އެވެ. އޭނާގެ ދެއަތްވެސް މޮހާލައިފި އެވެ. އޭނާއަށް ފުން ނޭވާއެއް ލެވުނެވެ. މޫނުގައި އަތް ކާއްތައިލެވުނެވެ. މޫނުހުރީ ކޮންމެވެސް ވަރަކަށް އައްސިވެސްވެފަ އެވެ. މޫނު ދުޅަވެސް ވެފައި ހުރިހެން އޭނާއަށް ހީވި އެވެ. އޭނާ ވަށައިގެން ބަލައިލި އެވެ. އޭނާ އިނީ ބަންދުކުރެވިފައިވާ ކޮޓަރިއެއްގެތެރޭގަ އެވެ. އެންމެ ދޮރެއްނޫނީ ނެތެވެ. އޭނާ ދެންމެ އެވެއްދީ އެދޮރުންނެވެ. މިހާރު އެ ދޮރު ވަނީ ތަޅުލައިފަ އެވެ. އަތްގަނޑެއް، ތަޅުވަޅެއް ނެތެވެ. ކޮޓަރީގައި އެއްވެސް ކުޑަދޮރެއް ނެތެވެ. އެއްވެސް ތާކު އެއްވެސްކަހަލަ ފަރުދާއެއް ނެތެވެ. އިރުގެ އަލިކަމެއް ވަންނާނެ އެންމެ ތަންކޮޅެއްވެސް ނެތެވެ. ކޮޓަރިއަށް އަލިވަނީ ސީލިންގުނެވެ. ނަމަވެސް އެތަނުން ބޮތްކެއް ނުފެނެއެވެ. މުޅި ސީލިންގު ދިއްލާފައި އޮތްކަހަލަ އެވެ. ކޮޓަރީގެ އެއްފަރާތެއްގައި ފާޚާނާއަކާއި ފެންވަރާތަނެއް ހުއްޓެވެ. އެތަން ވަކިކޮށްފައި ވަނީ ތިރިތިރި ކޮށި ބިއްލޫރިގެ ނިވަލަކުން ނެވެ. ދެން ކޮޓަރީގައި ހުރީ އެކެއްގެ އެނދެކެވެ. އެނދުކައިރީގައި ސޯފާއެކެވެ. އަނެއް ފަރާތުގައި އަލާމާރީއެކެވެ. އައިސް އަލަމާރިއަކާއި ކުޑަ މޭޒެކެވެ. މޭޒުދަށުގައި ހުސްކޮށްހުރި ކުނި އަޅާ ވަށިގަޑެއް ހުއްޓެވެ. ކޮޓަރީގެ ބިތްތަކުގައި ލައިފައިވަނީ މަޑު މުށިކުލައެކެވެ. އަޅައިފައިވަނީ އެކީ އެކައްޗަކަށް އޮތް ގަދަ މުށިކުލައެއްގެ ތަޅުމެކެވެ. އެމީހުން އެތަނަށް ވަންއިރު އެ ތަޅުމުގައި ފައި އަޅަައިލުމުން ކުޑަކުޑަކޮށް ފިތޭގޮތެއް ހުރިކަން ވަސީމަށް އިޙުސާސް ކުރެވުނެވެ. އޭނާގެ ހިތަށް އެރި އެވެ. ' މި ކޮޓަރިއަކީ މީހުން ދިރިއުޅެން ހަދައިފައިވާ ތަނެއް ނޫން. މީހުން އެކަހެރިކޮށް ބައިތިއްބަން ހަދާފައި ހުރި ތަނެއް.  މިތަން މިހިރީ ހީވާގޮތުން ބިމު އަޑީގައި. ނޫނީ ކަނޑު އަޑީގައި ކަމަށްވެސް ވެދާނެ. އެކަމަކު ދިވެހިރާއްޖޭގައި މިކަހަލަ ތަންތަން ތައްޔާރުކޮށްފައި ހުންނަކަމަށް ހީކުރާނީ ކާކު؟ ހީ ނުކުރަންވީ ކަމެއްވެސް ނެތް. މިއީ އައު ދިވެހިރާއްޖެ ވިއްޔާ.'

ވަސީމު ކައިރީގައި ތިބި ދެމީހުން ތިބީ ގައިގެ އެއްވެސް ތަނެއް ނުފެންނަގޮތަށް ހުރި ކަޅުކުލައިގެ ހެދުމެއްގަ އެވެ. އެއިން މީހަކު އަނގަޔަކުން ނުބުނެއެވެ. ވަސީމު ވަރަށް ހިތްވަރުކޮށްފައި އެއްސެވެ. " ތީ ކޮންބައެއް؟ އަހަރެން މިހިރީ ކޮންތާކު؟ އަހަރެން މިތަނަށް ގެނައީ ކީއްކުރަން؟" އެއްވެސް ޖަވާބެއް ނެތެވެ. އެމީހުންނަށް އަޑު ނީވޭ ކަހަލަ އެވެ.

އެ ދެމީހުން ކުރެ އެކަކު ދޮރުގައިހުރި ތަންކޮޅެއްގައި އިނގިލި ޖައްސައިލުމުން ދޮރު ހުޅުވިއްޖެ އެވެ. އެނޫން އެހެން ދޮރެއްވެސް އޭގެ ބޭރުގައި ހުރިތަން ވަސީމަށް ފެނުނެވެ. މިއީ ވަރަށް ސިއްރު އަދި ރައްކާތެރި ތަނެއް ކަމަށް އޭނާއަށް ކަށަވަރު ވެއްޖެ އެވެ. އެދެމީހުން ދޮރުލައްޕާލައިފައި ނިކުތެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ވަސީމު ގޮނޑިން ތެދުވެ ދޮރުފަތުގައި އެމީހާ އިނގިލި ޖެއްސި ތަނުގައި އިނގިލި ޖައްސައިލި އެވެ. އޭނާ އިނގިލި ޖެއްސިޔަސް ދޮރު ނުހުޅުވޭނެކަން ވަސީމަށް އެނގެއެވެ. އެކަމަކު ހަމަ އިނގިލި ޖައްސާލައިހިތްވީ އެވެ. އެއަށްފަހު ކޮޓަރިތެރެ ރަނގަޅަށް ބަލައިލި އެވެ. އޭނާއަށް ބޭނުންވާނެ ހުރިހައި ސާމާނެއް އެބަހުއްޓެވެ. އައިސް އަލަމާރީގައި އޭނާއަށް ބޭނުންވާނެ ހެދުމާއި ފެންވެރުމަށް ބޭނުންވާނެ ހުރިހައި ސާމާނެއް ފާޚާނާގައި ބަހައްޓާފައި ވެއެވެ. މި ތަކެތި ބަލައިފައި އޭނާގެ ހިތަށް އެރި އެވެ. ' އަހަރެން މިތަނަށް ގެނައިބަޔަކު މިތާންގައި އަހަރެން އެތަކެއް ދުވަހު ބަހައްޓަން ބޭނުންވާކަން އެބަ އެނގޭ. ކޮންތަނެއްގައި ހުރި ކޮން ބައެއްގެ ކޮންތަނެއްކަންވެސް ނޭނގޭ ތަނެއްގައި އަހަރެން ބަންދުވީ. މި ނުވާނެ އެމް ޖޭ ޕީ (މޯލްޑިވިއަން ޖަސްޓިސް ޕާޓީ) ގެ ކަމަކަށް ނޫނީ. އިންތިޚާބު ނިމެންދެން އެމީހުން އަހަރެން މިތާ ބަހައްޓާނެ. އަހަރެން ނެތުމުން އަހަރެމެންގެ ޕާޓީއަށްވެސް ވަރަށް ދެރަވާނެ. އަހަރެމެން އައީ ހާދަ ވަރަކަށް ޖައްސަމުންނޭ. އަދި ކުރިޔަށް އަހަރެމެން ރާވާފައިވާ ކަންތައް ހިންގައިލުމުން އަހަރެމެންނަށް ކާމިޔާބުވާނެކަން ކަށަވަރު. އެމީހުންނަށް އެކަން އެނގޭ. އެހެންވެ އަހަރެން މި ބަންދުކުރީ.'

ފީނާ ހެދުން ބާލާފައި ފެންވަރައިގެން އެތާނގައި ހުރި ހެދުންތަކުގެ ތެރެއިން ޖީންސަކާއި ޓީޝާޓެއް ލައިފި އެވެ. އޭނާ ބަނޑުހައިވެފައި ހުރިވަރު އިހުސާސްވީ އަދި ކިރިޔާ އެވެ. އައިސް އަލަމާރިން ކޯކު ދަޅަކާއި ކޭކު ފޮއްޗެއް ނަގައިގެން އެނދުކައިރީގައި ހުރި ސޯފާގައި އިށީނދެއްޖެ އެވެ. އޭނާގެ ހިތަށް އެރި އެވެ. ' ޔަގީން. އަހަރެން މި ބަންދުކުރީ އަހަރެމެންގެ މަސައްކަތުން އެމް. އޭ. ޕީ (މޯލްޑިވްސް އެކްޝަން ޕާޓީ) ކުރި އަރަމުންދާތީކަން. އެ އުޅެނީ އެކަން ހުއްޓުވަން. މިފަހަރު އަހަރެމެންގެ ޕާޓީއަށް ކާމިޔާބު ވެއްޖެނަމަ ހަމަ ގައިމު އަހަރެން ދޫކޮށެއް ނުލާނެ. މިކަމުން  އަހަރެމެންގެ ޕާޓީއަށް އިތުރު ޕޮއިންޓު ހޯދާކަށް އަހަރެން ދޫކޮށެއް ނުލާނެ. އަހަންނަށް ދެން ދުނިޔޭގެ އަލިކަން ފެނުނަސް ފެންނާނީ އިންތިޚާބުގައި އެމީހުންނަށް ކާމިޔާބު ވިއްޔާ. އެކަމަކު އަހަރެން ދޫކޮށްލައިފައި އެމީހުން ބުނާނީ ކީކޭ؟ އެއްޗެކޭ ބުނަންޖެހޭނެތަ؟ އޭރު އޮންނާނީ ހުރިހައިކަމެއް ނިމިފަ. އަހަރެންގެ ވާހަކައެއް އަޑުއަހަން ބޭނުންވާނެ މީހަކު ނުހުންނާނެ. އިންތިޚާބުގައި އެމީހުންނަށް ވެރިކަން ލިބިއްޖެނަމަ އަހަރެންގެ ޕާޓީގެ މީހުންގެ ކިބައިގައިވެސް އެހަރެންގެ ވާހަކައެއް އަޑުއަހައިގެން އެކަމާ ކަމެއްކުރަން އުޅޭނެހާ ހިތްވަރެއް ވެސް ނުހުންނާނެ. އެމީހުން ކާމިޔާބު ވިޔަސްވެސް ކީއްކުރަން އަހަރެން ދޫކޮށްލަންވީ؟ އަހަރެން ނައްތައިލީމަ ނިމުނީއެއްނު؟ މިހާރުވެސް އަޑު ފަތުރާފައި އޮންނާނީ އަހަރެން ކަނޑު އަޑިޔަށް ގެއްލުނުކަމަށް. ކަނޑުގެ އެތަންމިތަން ހޯދާނެ. ހޯދުމަށްފަހު ނުފެންކަމަށް އިއުލާނުކުރުމުން އެންމެންވެސް ގަބޫލުކުރާނީ އަހަރެން ދުނިޔޭގައި ނެތްކަމަށް. އެހެންވީމާ ކީއްކުރަން އެމީހުން އަހަރެން ދެން ދޫކޮށްލަންވީ؟

އަނެއްކާ މި ނުވާނެބާ އަހަރެން ހޯދި މިޔަރާ ގުޅުންހުރި ކަމަކަށް؟ އެހެންކަމަށްވިޔަސް އަހަންނަށް ވަރަށް ނުރައްކާވެދާނެ.' އޭނާގެ ހިތުގައި ނާއުއްމީދުގެ ސާލެއް ލެވުނެވެ.

ނުނިމޭ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް