ފަހުގެ ޚަބަރު


އިތުރަށް...

ޖޭޕީ ޖަގަހައެއްގެ ތެރޭގައި ދަންޖެހިގެން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ

ލިޔުނީ: ޢަލީ ޔާސިރު - Monday, October 21, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
ލޮނުޒިޔާރަތް މަގުގައި ހުންނަ ޖުމްހޫރީ ޕާޓީ (ޖޭޕީ) ޖަގަހައެއްގެ ތެރޭގައި ދަންޖެހިގެން މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ފުލުހުން ބުނީ ޖޭޕީ ޖަގަހައެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 8:30 ހާއިރު ކަމަށާއި ލަފާކުރެވެނީ އޭނާ މަރުވެފައި ވަނީ ދަންޖެހިގެން ކަމަށެވެ.

މިހާރު އެސަރަހައްދުން އޭނާގެ ހަށިގަނޑު ގެންގޮސްފައި ވާއިރު ފުލުހުން ބުނީ ތަޙްޤީޤް ކުރިއަށް ދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވިކަން ފުލުހުންނަށް އެނގީ އޭނާގެ ލޯބިވެރިޔާއެވެ.

މީހަކު މަރުވެފައި އޮއްވާ ފެނުނު ޖަގަހައަކީ އާންމުކޮށް މީހުންނަށް ވަދެނިކުމެވޭ ގޮތައް ހުންނަ ތަނެކެވެ.

މިކަމާއި ގުޅިގެން ޖޭޕީން އަދި ވަކިއެއްޗެކޭ ނުބުނެއެވެ. އަދި މަރުވިވެފައި އޮއްވާ ފެނުނީ ކާކު ކަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް