ފަހުގެ ޚަބަރު


އިތުރަށް...

ކުރަނގި ހެލިކޮޕްޓަރ މަރާމާތަށް އިންޑިޔާއަށް ގެންގޮސްފި

ލިޔުނީ: ޢަލީ ޔާސިރު - Monday, October 21, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްއެންޑީއެފް އެއަރ ވިންގ ގައި ބޭނުންކުރަމުންގެންދާ ކުރަނގި ހެލިކޮޕްޓަރ މަރާމާތަށް އިންޑިޔާ ކޯސްޓްގާޑް މަނަވަރެއްކަމަށްވާ އައިސީޑީއެސް ސަންގްރަމް ގައި އެމްއެންޑީއެފް ސަދަން އޭރިއާއިން އިންޑިޔާއަށް މިއަދު ގެންގޮސްފިއެވެ.

ކުރަނގި ހެލިކޮޕްޓަރ މަރާމާތަށް އިންޑިޔާއަށް ގެންގޮސްފައިމިވަނީ ރޫޓިންގ ކޮށް ކޮންމެ އަހަރަކުވެސް ކުރަމުންގެންދާ މަރާމާތުތައް ކުރުމަށެވެ. ކުރަނގި ހެލިކޮޕްޓަރ މަރާމާތަށް އިންޑިޔާއަށް މިހާރު ގެންގޮސްފައިވާއިރު، އިންޑިޔާ ކޯސްޓްގާޑުންވަނީ އެހެން ހެލިކޮޕްޓަރެއް އެއަރ ވިންގ ގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ރާއްޖެ ގެނެސްފައެވެ. އަދި މިހާރު މިހެލިކޮޕްޓަރުދަނީ އެމްއެންޑީއެފް އެއަރ ވިންގ ގެ އޮޕަރޭޝަންތަކުގައި ކުރަނގި ހެލިކޮޕްޓަރެކޭ އެއްފަދައިން ބޭނުން ކުރެވެމުންނެވެ. އެންމެ ފަހުން ކުރަނގި ހެލިކޮޕްޓަރު މަރާމާތަށް އިންޑިޔާއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު އެވެ.

އިންޑިޔާގެ ކޯސްޓްގާޑް ސަންގްރަމް އެމްއެންޑީއެފް ސަދަން އޭރިއާ އަށް ޒިޔާރަތް ކުރުމުން، ސަދަން އޭރިއާގެ އެކްޓިންގ ކޮމާންޑަރ ކާނަލް ވައިސް ވަހީދު އެޝިޕަށް ޒިޔާރަތް ކުރައްވާފައިކަމަށް އެމްއެންޑީއެފް ސަދަން އޭރިއާއިން މަޢުލޫމާތު ދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް