ފަހުގެ ޚަބަރު


އިތުރަށް...

ޤާނޫނުއަސާސީއަށް ގޮންޖަހައި ދެވަނަ ބަޣާވާތް ގެނައުމަށް ޕީޕީއެމް ކައުންސިލުން ނިންމައިފި

ލިޔުނީ: ޢަލީ ޔާސިރު - Monday, October 21, 2013 ކޮމެންޓް 0
ޢަލީ ޔާސިރު
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ގޮންޖަހައި އެ ޤާނޫނުގައި އިންތިޚާބަކުން ރާއްޖޭގެ ވެރިޔަކު އިންތިޚާބުކުރުމަށް އޮންނަ މާއްދާއަށް އެއްވެސް ބެލުމެއްނެތި ދެވަނަ ބަޣާވާތެއްގެދަށުން މިހާރު ވެރިކަމުގައި ހުންނެވި ވަހީދު ޙަސަންމަނިކު  މަޤާމުގައި ބެހެއްޓުމަށް ޕީޕީއެމްއިން ނިންމައިފިއެވެ.

ރައީސަކު އިންތިހާބުވެ ހަވާލުވެވަޑައިގަންނަވަންދެން ދުސްތޫރީ އަދި ގާނޫނީ ހާލަތްތަކުގައި އަމަލުކުރުމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވެރިކަމުގެ ބާރުތައް ހަމަޖެހޭ އަދި ސުލްހަވެރި ގޮތަކަށް ބަދަލުކުރުމަށްޓަކައި ރައީސް ވަހީދު މަގާމުގައި ބެހެއްޓުމަށް ނިންމީ ޕީޕީއެމް ކައުންސިލް ބައްދަލުވުމެއްގައެވެ.

ޕީޕީއެމްއިން ރޭ ނެރުނު ނޫސް ބަޔާނެއްގައިވަނީ ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ދީފައިވާ ގައިޑްލައިނަށް ފުރިހަމައަށް ތަބާވާ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ހުރިހާ ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިދޭ ނަޒާހަތްތެރި އިންތިހާބެއް ބޭއްވެން ޖެހޭކަމުގައެވެ.

ޕީޕީއެމްއިން މިގޮތަށް ނިންމިއިރު 11 ނޮވެމްބަރާއި ހަމައަށް ރައީސަކު އިންތިހާބު ނުކުރެވިއްޖެނަމަވެސް މަޤާމުގައި ނުހުންނަވާނެކަމަށް ރައީސް ވަހީދުވަނީ ބޭރުގެ މީޑިއާ ތަކުގައި ވިދާޅުވެފައެވެ. 

ޕީޕީއެމްގެ އަމަލުތަކާއި ބަސްމަގު ހުންނަގޮތުން އިންތިޚާބުގައި ވާދަކުރުމަށް ޖެހިލުންވާކަން ވަރަށް ރަނގަޅަށް އެނގިގެންދާކަމަށް ރައްޔިތުންގެތެރެއިން ގިނަބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް