އިންތިޚާބުގެ ތާރީޚެއް ކަނޑައެޅުމަށް
އިންތިޚާބުގައި ވާދަކުރާ ޕާޓީގެ މަންދޫބުންގެ މެދުގައި މިރޭ ބޭއްވި
ބައްދަލުވުން ވަކި ގޮތެއް ނުނިމި ނިންމާލައިފިއެވެ.
މިރޭ އިރާކޮޅު ފެށި ބައްދަލުވުން މެދުކަނޑާލުމަށްފަހު، 12 ޖެހިއިރުގައި އަލުން މިބައްދަލުވުން ކުރިއަށް ގެންގޮސް، ނިންމާލާފައިވަނީ އިންތިޚާބު ބޭއްވުމަށް ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީން ގިނަ ޝަރުތުތަކެއް ކުރުމުންނެވެ.
ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީން ބުނީ އިންތިޚާބު ބޭއްވުމުގެ ކުރިން ދެޕާޓީން އެދޭ ޕަސެންޓޭޖުގެ ފިންގަރ ޕްރިންޓްތައް ވެރިފައިކުރަން ޖެހޭނެކަމަށެވެ. ޕީޕީއެމުން ބުނީ، ފިންގަރ ޕްރިންޓްތައް ވެރިފައިކުރުމަށް ކުރު މުއްދަތެއް ނަގާނެކަމަށް ސަރުކާރުގެ އިދާރާތަކުން ބުނެފައިވާކަމަށާއި، އެހެންކަމުން އެމަސައްކަތް އިންތިޚާބުގެ ކުރިން ކުރަން ޖެހޭނެކަމަށް ބުނެފައެވެ.
މީގެއިތުރުން، ޕީޕީއެމުންވަނީ އިލެކްޝަންސް ކޮމިޝަނުގެ ސާރވާގެ ކޮންޓްރޯލް އޮންނަން ޖެހޭނީ ސަރުކާރުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައިކަމަށް ބުނެފައެވެ.
އިންތިޚާބު ބާއްވާނެ ތާރީޚުތަކާއި މެދު 3 ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ވެއެވެ.
އެގޮތުން ޕީޕީއެމްއާއި ޖުމްހޫރީ ޕާޓިން ބޭނުންވަނީ އަންނަ މަހު ދޭއްގައި ފުރަތަމަ ބުރު ބޭއްވުމަށް ފަހު ދެވަނަ ބުރު އަންނަ މަހުގެ ނުވައެއްގައި ބޭއްވުމަށެވެ.
އަދި ބާތިލްކުރި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓް ހޯދި އެމްޑީޕީން ބޭނުންވަނީ ފުރަތަމަ ބުރު މިމަހުގެ 30 ގައި ބޭއްވުމަށްފަހު، ދެވަނަ ބުރު އަންނަ މަހުގެ ހަތެއްގައި ބޭއްވުމަށެވެ.
އެހެންނަމަވެސް އިލެކްޝަން ކޮމިޝަންއިން ބުނީ އެންމެ އަވަހަށްވެސް އިންތިޚާބު ބޭއްވޭނީ އަންނަ މަހުގެ 9 ވަނަ ދުވަހުގައި ކަމަށެވެ.
ނަމަވެސް މިރޭ 12 ޖެހިއިރުގައި ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ވަނީ ފިންގަރ ޕްރިންޓްތައް ވެރިފައި ކޮށްފައި، މިމަހުގެ 30 ވަނަ ދުވަހަށް އިންތިޚާބު އަވަސްކުރިނަމަވެސް އެޕާޓީން އެކަމަށް އިއުތިރާޒް ނުކުރާނެކަމަށް ބުނެފައެވެ.
މިހުރިހާ ކަމަކާއި ގުޅޭ ގޮތުން އެމްޑީޕީން ބުނެފައިވަނީ އިންތިޚާބާއި ގުޅޭ ގޮތުން ވީޓޯ ކުރުމުގެ ބާރު އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް އޮވެގެނެއްނުވާނެކަމަށެވެ. އިންތިޚާބެއްގެ ހުރިހާކަމަކީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އެކޮމިޝަނުގެ ޒިންމާއެއްކަމަށް އެމްޑީޕީން ބުނެއެވެ. އަދި ސާރވާގެ ފުލް ކޮންޓްރޯލް އޮންނަން ޖެހޭނީ އިލެކްޝަނަސް ކޮމިޝަނުގެ ކޮންޓްރޯލްގައި އެކަނިކަމުގައިވެސް އެމްޑީޕީން ބުނެއެވެ.
މީގެއިތުރުން އެމްޑީޕީން ބުނީ، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވަން ކަނޑައަޅާ ތާރީޚަކަށް އެމްޑީޕީން އެއްބާރުލުން ދޭނެކަމަށެވެ.
3 ކެންޑިޑޭޓުންގެ ފަރާތުން ހުށަހެޅި ތާރީޚާއި އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ތާރީޚަށް ބަލާފައި، ސަރުކާރާއި އިތުރަށް މަޝްވަރާކޮށް، އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައަޅައި، އިއުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުންޏެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރުގެ ފަރާތުން މިބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާ މަންދޫބު، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފައިވެއެވެ.
އިލެކްޝަންސްގެ ސެކިއުރިޓީއާއި ފިންގަރ ޕްރިންޓް ވެރިފައިކުރުމާއި ގުޅޭ ގޮތުން ސަރުކާރަށް ދެވޭނެ އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން އެއްބާރުލުން ނުލިބިގެން އިންތިޚާބު ނުބޭއްވި ނުދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވެފައިވަނީ އިންތިޚާބު ވީހާވެސް އަވަހަށް ބޭއްވުމަށް ސަރުކާރުން އެއްބާރުލުން ދޭނެކަމަށާއި ސަރުކާރުގެ ބޭނުމަކީ ނޮވެމްބަރު 11 ވަނަ ދުވަހުގައި އިންތިޚާބީ ވެރިއަކު ހުރުންކަމުގައެވެ.
މިމަޝްވަރާތަކަށް ބަލާފައި، އިންތިޚާބު ދެން ބާއްވާނެ ތާރީޚެއް މާދަމާ ދިވެހި ރައްޔިތުންގެ ލިބިގެންދާނެކަމަށް ބެލެވެއެވެ.

No comments: