ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނޮވެމްބަރު 9ގައި އަދި ދެވަނަ ބުރު
ނޮވެމްބަރު 16ގައި ބާއްވަން އިލެކްޝާން ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ހާމަކޮށްފައިވަނީ، ރިޔާސީ އިންތިހާބު ގެ ބުރެއް އެންމެ އަވަހަށް ބޭއްވޭނެ
ދުވަހެއް ހޯދުމަށް އިލެކްޝަންސްގެ ޓެކްނިކަލް ސްޓަފުންނާއި
މަޝްވަރާކުރިކަމަށާއި، އެގޮތުން ޓެކްނިކަލް ސްޓާފުންގެ ފަރާތުން އެންމެ
އަވަހަށް އިންތިހާބުގެ ބުރެއް ބޭވޭނީ 9ގައި ކަމަށް ހާމަކޮށްފައިވާކަމަށެވެ.
” އެއީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ބޭއްވޭނެ ތާރީހު، ކެމްބްރިޖު
އިމްތިހާނުތައް ނޯންނާނީ އާދިއްތަ އަދި ހޮނިހިރު، އޯލެވެލް އިމްތިހާނު
ނުހުއްޓުވޭނެ، ބޭނުންވި ނޮވެމްބަރު 11 ގެ ކުރިން ބާއްވަން، އެކަމަކު އޭރުން
ގިނަ ބައެއްގެ ހައްގުތަކެއް ގެއްލިގެން ދާނެ” ނޫސްވެރިންގެ
ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުގެ މެމްބަރު މަނިކު ވިދާޅުވިއެވެ.
އިންތިހާބު ކުރިޔަށް ދަނީ ޤާނޫނާއި ސުޕްރީމް ކޯޓުގެ ހުކުމާއި އެއްގޮތަށް
ކަމަށާއި، ރީރަޖިސްޓަ ފޯމުތަކުގައި ފިންގަ ޕްރިންޓު ޖަހާނެ، އަދި ވެރިފައި
ކުރަން ޖެހިއްޖެ ނަމަ އެކަމަށް ފަހި ކޮށްދޭނެ ކަމަށް ސަރުކާރުން
ހާމަކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.
No comments: