ފަހުގެ ޚަބަރު


އިތުރަށް...

ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ގޮތްކިޔާ ކަންކަން ނިންމުމުގެ ބާރެއް ބޭރުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވޭ - ވަހީދު

ލިޔުނީ: Unknown - Monday, October 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ގޮތްކިޔާ ކަންކަން ނިންމުމުގެ ބާރެއް ބޭރުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމަށް ރައީސްކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަންމަނިކުވިދާޅުވެއްޖެއެވެ. ވަހީދު މިހެން ވިދާޅުވެ ބައިނަލްއަގުވާމީ ފަރާތްތަކަށް ވަނީ ގޮންޖައްސަވައިފިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގެ ކަންކަން ކުރެވޭނެކަމަށާއި ރާއްޖޭގައި ތިބީ ބޭރުގެ ގައުމުތަކުގައި ތިބި މީހުންނަށްވުރެ ދެރަ މީހުންނޫންކަމަށެވެ. ރާއްޖޭގެ މީހުންނަށް ބޭރުގެ ފަރާތްތަކާއި އެއްހަމައެއްގައި ފައި ހަމަކުރެވޭނެކަމަށްވެސް ވަހީދު ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ އެހެންކަމުން ރާއްޖޭގެ ރައްޔިތުން ކަން ކުރަންވީގޮތް ބޭރުގެ ފަރާތްތަކުން ކިޔާދޭން ނުޖެހޭނެކަމަށެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ޕްރެސް ކޮންފަރެންސްއެއްގައި ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮންޖައްސަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ފިލާވަޅު ކިޔައިދޭން އަންނަ މީހުންނަށް ވުރެ ގިނަ މާހައުލުތަކުގައި އެމަނިކުފާނު އުޅެފައިވާކަމަށެވެ.

އެހެންކަމުން ރާއްޖެއަށް ކުރިމަތިވާ ނުރައްކަލާ ރާއްޖެއަށް އޮތް ފުރުސަތުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށްވެސް ރައީސް ވަހީދު އިތުރަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަންކަން ކުރައްވަމުން ގެންދަވަނީ ބޭރުގެ ފަރާތްތަކުގެ މަޝްވަރާގެ މަތިންކަމަށް ކަމަށާއި އެހެންނަމަވެސް ކަންކަން ނިންމަވާނީ އެމަނިކުފާނުކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް