ފަހުގެ ޚަބަރު


އިތުރަށް...

އިސްދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ލިޔުނީ: Unknown - Monday, October 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. އިސްދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން ބަންގްލަދޭޝްގެ 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެކެވެ. މިހާތަނަށް ބެލިބެލުމުން އެނފައިވާގޮތުގައި މި ދެމީހުންނަކީވެސް ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ދެ މީހުންނެވެ.

މިދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެރޭ 19:25 ހާއިރު ލ. އިސްދޫއިންނެވެ.

މި މާރާމާރީގައި އަނިޔާވެފައިވަނީ 19 އަހަރުގެ މީހާއަށެވެ. މިމާރާމާރީގެ ސަބަބުން އޭނާގެ ބޯ ފަޅައިގެން ދިއުމުގެ ސަބަބުން އޭނާއަށް ލ. އިސްދޫ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން  ތަހުޤީޤު ކުރަމުން ގެންދަވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް