ފަހުގެ ޚަބަރު


އިތުރަށް...

ވޯޓާސް ލިސްޓު ޗެކްކޮށް ސޮއިކުރަން ބޭނުންވާނެ ކަމަށް ޕީޕީއެމުން ބުނެފި

ލިޔުނީ: Unknown - Thursday, October 17, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ ލިސްޓުގައި ސޮއިކުރުމަށް މަދުވެގެން 72 ގަޑިއިރު ބޭނުންވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ނަސަންދުރަ ޕެލެސް ހޮޓަލުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް އެ ޕާޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ޕާޓީއަށް ބޭނުންވޭ އޭގަ [ވޯޓާސް ލިސްޓުގައި] ސޮއިކުރަން 72 ގަޑިއިރު. 72 ގަޑިއިރު ލިބިގެން އަޅުނގަޑުމެން ބޭނުންވާ ވަރަށް އެ ޗެކްކޮށް މަންދޫބުން ސޮއިކޮށް ފިންގާ ޕްރިންޓް ޖަހައި ނިމޭނީ. އަޅުގަނޑުމެން އެދޭނަން އިލެކްޝަން ކޮމިޝަން ކައިރީގައި ދޭށޭ ލިސްޓުގައި ސޮއިކުރަން 72 ގަޑިއިރު،" އޭނާ ވިދާޅުވި އެވެ.

ޕީޕީއެމުގެ ފަރާތުން ރިޔާސީ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ބޭނުންވާ ކަމަށް ވިދާޅުވަމުން އަބްދުއް ރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބު ފެށެން އެއް ދުވަހަށްވެފައިވާ އިރު، 10،000އަށްވުރެ ގިނަ ސޮފްހާ އެކުލެވޭ އެ ލިސްޓުގައި ތިން ކެނޑިޑޭޓުން ވަކިވަކިން ސޮއިކޮށް، މާދަމާ އިރުއޮއްސުމުގެ ކުރިން އިލެކްޝަން ކޮމިޝަނަށް ހުށަހެޅޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

"އަޅުނގަޑުމެން ބޭނުން 19ގައި އިންތިހާބު ބާއްވަން. ނަމަވެސް އިންތިހާބު ބާއްވަން ބޭނުންވަނީ އެކަންތައް ފުރިހަމަ ކޮށްފައި [ސުޕްރީމް ކޯޓުގެ ގައިޑްލައިންތައް]. އަޅުގަނޑުގެ އަމިއްލަ ނަފްސެއް ގަބޫލެއް ނުކުރެވޭ 10،000 ސޮފްހާ އޮތް ލިސްޓެއް މާދަމާ އިރުއޮއްސުމުގެ ކުރިން ހުރިހާ ކެނޑިޑޭޓުން ސޮއިކުރުމަށްފަހު އިލެކްޝަންސް އާއި ހަވާލުކުރެވިދާނެ ކަމަކަށް. އެ ލިސްޓު ހަވާލު ކުރެވިގެން ނޫނިއްޔާ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުން އިންތިހާބު ބޭއްވޭކަށް ނެތް،" މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ އަބްދުއްރަހީމު ވިދާޅުވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް