އެއްވެސް މުއައްސަސާއެއް އަދި އެއްވެސް ބަޔަކު ބޭނުންކޮށްގެން ރައްޔިތުންގެ ވޯޓު އަތުލައިނުގަނެވޭނެކަން އަންނަ ހޮނިހިރު ދުވަހު އަނެއްކާވެސް މުޅި ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށް ދައްކާދޭނެ ކަމަށާއި އެމްޑީޕީން ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާޅުގަނޑު ސަރަހައްދުގައި ގިނަ އަދަދެއްގެ ބަޔަކާއިއެކު އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިބީ ވޯޓު ކަށަވަރުކުރުމަށާއި ހޮނިހިރު ދުވަހުގެ އިންތިހާބަކީ ހަމައެކަނި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުކުރާ އިންތިހާބެއް ނޫން ކަމަށެވެ.
“ހޮނިހިރު ދުވަހުގެ އިންތިހާބަކީ ރާއްޖޭގެ ރައްޔިތުން ވޯޓު ކަށަވަރުކުރާ ދުވަސް، ވޯޓު ކަށަވަރުކުރާ އިންތިހާބު، އެއްވެސް މުއައްސަސާއެއް އަދި އެއްވެސް ބަޔަކު ބޭނުންކޮށްގެން ރާއްޖޭގެ ރައްޔިތުންގެ ވޯޓު އަތުލައިނުގަނެވޭނެކަން މިއަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ރައްޔިތުން އަނެއްކާވެސް މުޅި ދިވެހިރާއްޖެއަށާއި މުޅި ދުނިޔެއަށް އިރާދަކުރެއްވިއްޔާ ދައްކާދޭނެ.” ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެން އިންތިހާބުތައް އައީ އޮޅުވާލަމުން ކަމަށާއި އެ އިންތިހާބުތައް އޮޅުވާލުމުގެ ފަލްސަފާ ދިގު ތިރީސް އަހަރުގެ ބޭފުޅުން ޕޯޑިއަމްތަކުގައި ވިދާޅުވަނިކޮށް އިވޭ ކަމަށާއި ވޯޓު އޮޅުވާލަމުން ގެންދަވަނީ އާންމު މަސްލަހަތަށާއި ދީނާއި ގައުމަށްޓަކައި ކަމަށް އެބޭފުޅުން ވިދާޅުވާ ކަމަށެވެ.
މިއަދު ރައްޔިތުން ބަލައިގެންފައިވާ ގާނޫނު އަސާސީގެ އެންމެ މުހިންމު މަސްދަރަކީ ވޯޓުލުމުގެ ހައްގު ކަމަށާއި މި ގާނޫނު އަސާސީގެ އެންމެ މުހިންމު ބޭނުމަކީ އިންސާފުވެރިކަމާއިއެކީގައި ދެފުށްފެންނަ ގޮތުގައި އިންތިހާބެއް ބޭއްވި އެ އިންތިހާބުގެ ނަތީޖާއިން ސަރުކާރެއް އުފެއްދުން ކަމަށާއި އެ މަސައްކަތަށް ހުރަސް އެޅުމަށް މަދުމީސްކޮޅެއް އުޅުނު ކަމުގައިވިޔަސް ރާއްޖޭގެ ރައްޔިތުން ތިބީ ދީއްލާލާކަށް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ “ކޮބައި ކޮބައި މަގޭ ވޯޓް” މި ގޮވެލި ގޮވާތާ ދެ އަހަރުވެއްޖެ ކަމަށާއި ހިތްތަކުގައި ބިންވަޅު ނެގިފައި ވަނީ “މަގޭ ވޯޓަށް ބާޣީން ވަނީ އަރައިގެންފަ” ކަމަށެވެ. ނަމަވެސް ރާއްޖެގެ ރައްޔިތުން ތިބީ އެވޯޓް ދޫކޮށްލައިގެން ނުތިބެ ރައްޔިތުން ވޯޓް ކަށަވަރު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

No comments: