ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގަތްޔޫމްގެ “30 އަހަރުގެ ނުފޫޒުން” ދިވެހި ރާއްޖެ ސަލާމަތް ކޮށްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށް ޑީއާރުޕީގެ ލީޑަރ އަދި 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ރަނިންމޭޓަކަށް ނުކުމެވަޑައިގެންނެވި އަޙްމަދު ތަސްމީން އަލީ މިރޭ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން މިރޭ ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ “30 އަހަރުގެ ނާޖާއިޒް ފައިދާ ނެގިމީހުންގެ ނުފޫޒުން” އަދިވެސް ރާއްޖެ ސަލާމަތް ނުވާކަަށެވެ.
ތަސްމީން ވިދާޅުވީ ރައީސް މައުމޫން 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތުމުން އެމަނިކުފާނު ޑިމޮކްރަސީގެ ފުރިހަމަ ނިޒާމެއް ރާއްޖެއަށް ގެންނަވާނެ ކަމަށް ބަލައިގެން ރައީސް މައުމޫނުގެ ފަހަތުން ވަރަށްގިނަ ބަޔަކު ނުކުތް ކަމަށެވެ. އޭގެތެރޭގައި ޚުދު ތަސްމީންވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ޑިމޮކްރަސީގެ ނިޒާމް ފުރިހަމަނުވީ 30 އަހަރު ނާޖާއިޒް ފައިދާ ނެގި މީހުންގެ ނުފޫޒުން ސަލާމަތް ނުވެވުމުން ކަމަށް ތަކުރާރުކޮށް ތަސްމީން ވިދާޅުވިއެވެ.
ތަސްމީން ވިދާޅުވީ ޑީއާރުޕީގެ ލީޑަރޝިޕް 2008 ށް ފަހު ބަދަލުވުމުންވެސް މަސައްކަތް ކުރެއްވީ 30 އަހަރުގެ ނާޖާއިޒް ފައިދާ ނެގި މީހުންގެ ނުފޫޒުން ސަލާމަތް ވުމަށް ކަމަށާއި ނަމަވެސް ޑީއާރުޕީއަށްވެސް އެކަން ހާސިލް ނުކުރެވުނު ކަމަށެވެ. ތަސްމީން ވިދާޅުވި ގޮތުގައި ޑިމޮކްރަސީގެ ފުރިހަމަ ނިޒާމް ގެނައުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ވަރުބަލިފުޅުވާނެ ބޭފުޅެއް ނޫނެވެ.
ތަސްމީން ވަނީ މާޒީގައި ކަންކަން ވެފައިވާ ގޮތަށް ނުބެލުމަށާއި އަދި މާޒީގައި އެމްޑީޕީ މީހަކު ތިމާއާ ދިމާލަށް ބުނި އެއްޗަކާހުރެ މިމުހިންމު މަސައްކަތަށް ނުނުކުމެ ނުހުރުމަށްވެސް ގޮވާލައްވާފައެވެ. ތަސްމީންވެސް މިރޭ ވިދާޅުވީ ހޮނިހިރު ދުވަހު އެމްޑީޕީ “އެއްބުރުން” އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

No comments: