ފަހުގެ ޚަބަރު


އިތުރަށް...

ވޯޓް ކަރުދާސްތަކާއި ވޯޓްލާމީހުންގެ ލިސްޓްތައް ވޯޓް ނަގަން ހަމަޖެހިފައިވާ ގަޑިއަށް ހުރިހާ ރަށްރަށަކަށް ނުގެންދެވުމަކީ އެކަށީގެންވާ ކަމެއް - ޕޮލިސް

ލިޔުނީ: Unknown - Friday, October 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އަތޮޅުތަކަށް ވޯޓް ކަރުދާސްތަކާއި ވޯޓްލާމީހުންގެ ލިސްޓްތައް ގެންދިއުމަށްފަހު ވޯޓް ނަގަން ހަމަޖެހިފައިވާ ގަޑިއަށް ހުރިހާ ރަށްރަށަކަށް އެތަކެތި ނުގެންދެވުމަކީ އެކަށީގެންވާ ކަމެއްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިލެކްޝަންސް ކޮމިޝަނުން އެދިލައްވާފައިވާ ގޮތުގެ މަތިން ވޯޓް ކަރުދާސްތަކާއި ވޯޓްލާމީހުންގެ ލިސްޓްތައް މާލެއިން އަތޮޅުތަކަށް ފޮނުވުމަށްޓަކައި 2013 އޮކްޓޯބަރު 16 ވަނަ ދުވަހުން ފެށިގެން ޕޮލިސް ސަރވިސްގެ ލޯންޗްތައް ވަނީ ތައްޔާރީ ޙާލަތަށް ގެނެސްފައި ކަމަށެވެ. ނަމަވެސް މިއަދުގެ 07:00 އާއި ހަމަ އަށްވެސް ވޯޓް ކަރުދާސްތަކާއި ވޯޓްލާމީހުންގެ ލިސްޓްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އަދި ފެށިފައެއް ނުވާކަން ފުލުހުން ފާހަގަކުރެއެވެ..

2013 އޮކްޓޯބަރު 18 ވަނަ ދުވަހުގެ 07:30 ގެ ކުރިން ވޯޓް ކަރުދާސްތައް ހިފައިގެން މާލެއިން އަތޮޅުތަކަށް ފުރޭގޮތަށް ހަމަނުޖެހިއްޖެނަމަ މިހާރު ރާއްޖޭގެ އަތޮޅުތަކުގެ މޫސުން ހުރިގޮތުންނާއި ދަތުރަށް ހޭދަވާނެ ވަގުތަށް ރިޢާޔަތްކުރުމަށްފަހު މި ދެންނެވި ވަގުތުގެ ފަހުން މާލެއިން ފުރައިގެން އަތޮޅުތަކަށް ވޯޓް ކަރުދާސްތަކާއި ވޯޓްލާމީހުންގެ ލިސްޓް ގެންދިއުމަށްފަހު ވޯޓް ނަގަން ހަމަޖެހިފައިވާ ގަޑިއަށް ހުރިހާ ރަށް ރަށަކަށް އެތަކެތި ނުގެންދެވުމަކީ އެކަށީގެންވާ ކަމެއްކަން ފުލުހުންގެ ފަރާތުން މިހާރު ވާނީ އިލެކްޝަންސް ކޮމިޝަނަށް އަންގާފައެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް