.ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުގެ މީހެއްކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންޑޭރިކޮށި 124 ގައި ދިރިއުޅޭ ވ.ފެލިދޫ ޒަމާނީ ވިލާ އުމުރުން 18 އަހަރުގެ ޔޫސުފް އަޒާޒް އިބްރާޙީމާއި ބަންޑޭރިކޮށި 152 ގައި ދިރިއުޅޭ ހުޅުމާލެ ދަފްތަރު 10118 އުމުރުން 25 އަހަރުގެ އަހްމަދު ޖައުފަރެވެ.
ރާއްޖެ ޓީވީ އަށާއި ރާއްޖެ ޓީވީ ހުންނަ އިމާރާތަށް އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންކަމަށާއި، އަދި މިފަދަ މައްސަލަތައް ތަހުޤީޤު ކުރުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށް ފުލުހުން ބުނެއެވެ.
No comments: